ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި އަދި ދެބޭފުޅުންގެ ދެމެދުގައި އެއްވެސް ޚިޔާލުތަފާތުމެއް ވެސް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ "ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

ނަޝީދުގެ އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންނެވުމުން ރައްޔިތުން މަޖިލިސް މެދުވެރިކޮށް ޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރެއްވީ ރައީސް ޞާލިހް ކަމަށާއި އެހެންކަމުން މިހާރު މަޖިލިސް ތެރެއިން ރައީސް ޞާލިހަށް ހުރިހާ ތާއީދެއް ހޯއްދަވަން އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މާކުރިއްސުރެއް އެމަނިކުފާނާއި ރައީސް ޞާލިހް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އެހީތެރިވަމުން ގެންދެވި ކަމަށެވެ. "އަޅުގަނޑުމެން އެކަކު އަނެކެއްގެ އާއިލާގެ ކަންކަން ވެސް ކޮށްދެން. އަޅުގަނޑާއި ރައީސް ޞާލިހާއި ދެމެދު އެއްވެސް މައްސަލައެއް ނެތް. ހާއްސަކޮށް އެއްވެސް ސިޔާސީ ޚިޔާލު ތަފާތުވުމެއް ނެތް." ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާއި ބެހޭ ގޮތުން ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް ޞާލިހް ވެސް ގަބޫލު ކުރައްވާ ގޮތުގައި ރާއްޖެއަށް އެންމެ އެކަށީގެންވާ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށެވެ. ނަމަވެސް ރައީސް ޞާލިހަށް ދަތިވާ އެއްވެސް ކަމެއްކުރައްވަން ގަސްދު ނުކުރައްވާ ކަމަށާއި ވެރިކަމުގެ ނިޒާމާއި ބެހޭ ގޮތުން ގޮތެއް ނިންމުން ރައީސް ޞާލިހަށް ދޫކޮށްލާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ކޮންމެ ސަރުކާރެއްގައި ވެސް ހައްޔަރު ކުރަނީ އަޅުގަނޑު. ޖަލަށް ލަނީ އަޅުގަނޑު. ރާއްޖޭގައި ރައްކާތެރިކަން ނެތިގެން ގައުމުން ބޭރަށް ދިރިއުޅުން ބަދަލު ކުރަން ޖެހުނީ އަޅުގަނޑުގެ ދަރިން. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރަން އެބަޖެހޭ. އަޅުގަނޑު ޔަގީންކުރާނަން އަޅުގަނޑަށް ދިމާވި ކަންތައްތައް އަޅުގަނޑުގެ ދަރިންނަށް ދިމާނުވާނެ ކަން." ނަޝީދު ވިދާޅުވިއެވެ.

ޗައިނާއަށް ވިދާޅުވާ ފާޑުކިޔުންތައް ތަކުރާރު ކުރައްވަމުން ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ރާއްޖެ ޗައިނާއަށް ވިއްކާލާފައި ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ޗައިނާ އަތުން ގަންނަން ޖެހިފައި." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުރީ ސަރުކާރުގެ ވެރިކަމުގައި ޗައިނާ އަތުން ނަގާފައިވާ ފައިސާގެ އަދަދު ދެނެގަތުމަށް ސަރުކާރުން އޮޑިޓެއް ހަދަމުންދާ ކަމަށެވެ. އެއޮޑިޓްގައި ޗައިނާ އިން ލިބުނު ފައިސާއަށް ވީގޮތެއް ބައްލަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އޮތީ ޗައިނާ އަތުން ގަންނަން ޖެހޭފަދަ ހާލަތެއްގައި ކަމަށް ނަޝީދު ވިދާޅުވިއިރު ރައީސް ޞާލިހް އިންޑިއާ އާއި އެކު އަސްކަރީ ގުޅުން މާބޮޑަށް ބަދަހި ކުރާތީ ގިނަ ރައްޔިތުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ރަސީދު

    ނޫޅޭނަމަ ތިވާހަކަ ދެއްކުމުގެ ބޭނުމެއް ނެއް

    29
  2. ހެޔޮބަސް

    ސާލިހު ނަޝީދުވިދާޅުވެލެއްވީ ތެދުވާހަކަފުޅެއްނަމަ ނަޝީދުދެއްކެވި ވާހަކަފުޅެއްގައި ޒިނޭކުރުމަށްހިތްވަރުލިބޭގޮތަށް ދެއްކެވި ވާހަކަފުޅާމެދުވެސް ސާލިހާއި ނަޝީދުއާ ދެމެދު ޚިޔާލުތަފާތުވުމެއްނޯނާނެތޯ ސާލިހު މުސްލިމެއްގެގޮތުގައި ހުންނަވާ ނަޝީދުގެ ދެއްކެވިވާހަކަފުޅާ ޚިޔާލުތަފާތުވުމެއްނެތްނަމަ ސާލިހުއަކީ ފުރިހަމަމުސްލިމަކުކަމުގައި ވާނެތޯ މިކަމުގައި ނަޝީދުއާ ޚިޔާލުތަފާތުވުމެއްއޮތްކަމަށް ސާލިހުހާމަނުކުރައްވާނަމަ ބެލެވޭނީނަޝީދު ދެއްކަވާމިޒާތުގެ ވާހަކަފުޅުގައިވެސް ސާލިހާނަޝީދުޢާ ޚިޔާލުތަފާތުވުމެއްނެތްކަމުގައި އެހެންކަމުގައިވާނަމަ އިސްލާމީ ގައުމެއްގެ ވެރިކަމުގައިހުންނަވަން ސާލިހު އެކަށީގެންނުވޭ އަޅުގަނޑު އިސްލާމީ ދިވެހިދަރިއެއްގެ ހައިސިއްޔަތުން ޝޭޚުންނަށްގޮވާލަން ތިބޭފުޅުންނަކީ
    އިސްލާމްދީނަށް ލޯބިކުރައްވާ ފުރިހަމަމުސްލިމުންކަމުގައިވާނަމަ އިސްލާމީގައުމެއްވެރިކަމުން
    ސާލިހުދުރުކުރަން މަސައްކަތްޕުޅުފެއްޓެވުމަށް

    30
  3. ޖަހާންގީރު

    ކަލޭމެން އިންޑިއާ އަށް ވިއްކާލުން އޯކޭ ތަ ހޭބައްޔާ

    36
  4. ނަސީދު

    ޢޮތަސް އަހަރުމެންނަކައް ކީއްތޯ އަހަރުން ގެ ވެރިޔަކީ ސޯލިހު

    12
    14
  5. ސަޓޯ

    ނޯންނާނެތާ ދޯ ؟؟؟ އިބުރޭސޯލިހުއަކީ ރާބޯން ގޮވާ ގަންޖާ ނަޝީދުގެ ޕަޕެޓެއް ވިއްޔަ

    34
  6. ހާސް

    ކޮންމެވެސް މައްސަލަތަކެއް އުޅެނީބާ

    34
    • ދދދދދދ

      މަށަށްވެސް ހީވެއްޖެ ތިހެން

      19
  7. ނަސީދުބެ

    މިސްކިތު ހުޅުޖެހިމީހާ ބުނާހެން ތިވަނި އެހެންވީމާ އެބައުޅެ މައްސަލަ

    17
  8. އަލީހަމީދުއައްޔަ

    މީނަ އަޅެ ބޯހަމަޖެހެތަ ދައަކާވަހަކަ ބޮޑަށް ފާޑީ ބީތާއިން ދައްކާކަހަލަވަހަކައާ ވެދާނެ އަބަދު ބީތާވެފަ ހުންނަނީކަމަށް

    19
  9. ނަފާ

    ވަރަށްބޮޱެތިމސްއަލައެބައުޅެ ވަރައްއަވަހައްފަޅާއަރާނެ އަތްޖަހންތށްޔާރައްތިބެ

    5
    1
  10. މިގޭ

    ކޮބާ ބޮޑު ގަންޖާބޯ. ހިކި ހުރިހާއެއްޗެއް، ދިޔާ ހުރިހާއެއްޗެއް، ބޮމުން އެއްޖިންސްކައިވެނިކުރުމާ، ޒިނޭކުރުމަށް އަދި ލާދީނީ ފިކުރު ހިންގުމަށް މިރާއްޖޭގެ މީހުނަށް ބާރު އަޅަނީ މިވަގު ކަލޭގެކަން ނޭނގެނީ ކާކަށް.

    11
    1
  11. ހުސޭނުބޭ

    މީނާ ބުނާނީ ދިމާ އިދިކޮޅަށް! މިހާރު ރަގަޅަށްވިއްޔާ ދެކޮޅުވެރިވެގެން ހުޅުފަޅައިގެންދާން ކައިރިވެފައި އޮންނާނީ!

  12. މަނާފު

    އެހެންވެގެންދޯ އިބޫ އޮފީހަށްދިޔައިރު ރައީސްގެ ގޮޑިކޮޅޫގައި އިނީ

  13. ސުހައިލް

    އިސްތިއުފާ ދެވި ރައީސް ނަޝީދު މިގައުމު އެންމެ ފުރަތަމަ އިންޑިއާ އަށް ވިއްކާލީ މީހަކީ އެކަމުން ސަލާމަތް ނުވެވިގެން އުޅެނިކޮށް އަނެއްކާވެސް ބޮޑު އަގަކަށް ތިވިއްކާލީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ކޮންމެ މީހަކު ވެސް މި އަންނަނީ.

    5
    1
  14. އަބޯ

    ފޮޓޯ އަށް ބަލާ އިރު ނަސީދު ހުންނެވީ ގަދަކަމުން ހީލާފަ. އިބޫ ހުންނެވީ ހިތްހަމަ ނުޖެހުމެއްގަ ގާސިމް ހުންނެވީ ހަމަޖެހިފައެއް ނޫން ސާހިދު ހުންނެވީ ވަރަށް ބޮޑު ފިކުރެއްގެތެރޭ އޮޔާގޮސް. ވީމަ ނަސީދު ތިޔަ ވިދާޅުވިގޮތަށް ހާލަތު އޮތް ކަމަކަށް ނުފެނޭ.

  15. ކޭ ބީ

    ހިލާފެއް ނެތްނަމަ އެވާހަކައެއް ނުދެއްކީސް