މާލޭގައި މެދު އުމުރުގެ އަންހެނެއް ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓް ވުމުން ވެސް ސައިކަލް މަޑުނުކޮށް ފިލައިފިއެވެ.

އެކްސިޑެންޓް ހިނގި އިރު ސައިކަލްގައި ދެ ޒުވާނުން ތިބި ކަމަށް ވެއެވެ. އަންހެން މީހާގެ ގައިގާ ސައިކަލުން ޖެހުނީ އަމީނީމަގު އެވިޑް ކޮލެޖް ކައިރިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 21:50 ކަން ހާއިރު ކަމަށެވެ. މިހާރު ފުލުހުން ވަނީ ސައިކަލް ދުއްވަން އިން ޒުވާނާ އާއި އޭނާ ދުއްވި ސައިކަލް ހޯދާ، ސައިކަލް ޓޯވ ކޮށްފައެވެ.

މިއެކްސިޑެންޓްގައި އަނިޔާ ވެފައި ވަނީ 54 އަހަރުގެ އަންހެނަކަށެވެ. އޭނާގެ ގައިގާ ޖެހުނު ސައިކަލް ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތެވެ.

އެކްސިޑެންޓްގައި އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.

އަންހެންމީހާގެ ވާއަތުގެ ދެ ތަނަކުން މަށައިގެން ގޮސް އަރިކައްޓަށާއި އުނަގަނޑަށް ތަދުވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ސައިކަލަކުން ޖެހި ރޭ އަންހެނަކަށް އަނިޔާ ވެފައި ވާއިރު މީގެ ހަފްތާއެއް ކުރިން މަގު ހުރަސް ކުރި އަންހެނެއްގެ ގައިގާ ކާރަކުން ޖެހި ވަނީ ވަރަށް ބޮޑަށް އަނިޔާ ވެފައެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސް އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާ

    ތިހާ ހުޝިޔާރުކަމާއެކު އަތުލައިގަތީތީ އުފާކުރަން.

    23
    1
  2. ދައްލަ

    މި ނަހުލާ އަކައް ޓްރާންސްޕޯޓް މިނިސްޓަރ ކަން ދިން ފަހުން އެ ދައްކާ ދޮގުވާހަކަތަކާ އުޅޭ ފޮނިގޮތުން މީހުން މިހާރު ޤަވާއިދު ތަކައް އިޚްތިރާމް ކުރުން ކުޑަވެއްޖެ. މަންޖެދެން ފައިބާ.

    4
    3
  3. ސާބެ

    ސާބަހޭ ޕޮލިސް. ހަމަ ތިޔަ ބާރު ސްޕީޑުގައި ޑްރަގް އެތެރެކޮށްއޭގެ ވިޔަ ފާރިކުރާ މަތިފަޑީ މީހުންވެސް އަތުލައިގަންނަންވީއެވެ. އަދި ކުއްތާ ސްކޮޑްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންވީއެވެ. ރައީސް އިބުއަށް ދަންނަވާލަން އޮތީ އުމަރު ނަސީރުފަދަ ބޭފުޅަކު ޕޮލިސް ކަމިޝަނާއަކަށް ޢައްޔަންކޮށް ޕޮލިސް މިނިވަންކަމާއެކު މަސައްކަތް ކުރަން ދޫކޮށްލައި ޤައުމު އަމާން ކުރުމުގެ ޤައުމީ އޮޕަރޭޝަނެއް ފައްޓަވާށޭއެވެ.

    13
  4. ކުޑަބަޖަރާ

    ލައިސަންސް ނެތި ދުއްވާމީހާ ވަގުތުން ޖަލަށް ގެންދޭބަލަ. ގެންދަންވި ސަބަބެއްކަމަށް ޕޮލިހުން ހުށަހަޅާނީ ހެއްކަށް ނުފޫޒު ފޯރުވާނެތީކަމަށް ސުވާލެއްވެސް ނުކޮށް 3މަސްދުވަހު ޖަލުގައި ބާއްވާފަ ދޫކޮށްލާ.އޭރުން ހުންނާނެ އަލާ ފިލާފާ.