ރައީސްކަން ކުރާ ކޮންމެ ބޭފުޅަކު ޖަލަށް ލުމުގެ ސަގާފަތް ދޫކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސްކަން ކުރާ ކޮންމެ ބޭފުޅަކު ޖަލަށް ލުމުގެ ސަގާފަތް ދޫކޮށްލަން ޖެހޭ ކަމަށް ލަތީފް ވިދާޅުވި އިރު މިހާރު ދުނިޔޭގައި ތިއްބެވި، ރާއްޖޭގެ ކުރީގެ ރައީސުންގެ ތެރެއިން ވެރިކަމުން ވަކިވެ ވަޑައިގެންނެވި ފަހުން ޖަލަށް ނުލާ ހަމައެކަނި ބޭފުޅަކީ ރައީސް ވަހީދެވެ.

ރައީސްކަން ކުރާ ކޮންމެ ބޭފުޅަކު ޖަލަށް ލުމުގެ ސަގާފަތް ދޫކޮށްލަން ޖެހޭ ކަމަށް ލަތީފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލާ ކުރެއްވި ޓްވީޓެއްގައެވެ.

ކުރިން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ލަތީފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ޔާމީނުގެ ބާރާއި ނުފޫޒުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް ދިން އަނިޔާ ހިތުން ނުފިލާނެ ކަމަށެވެ.

"ރައީސް ޔާމީނުގެ ބާރާއި ނުފޫޒުން 12 މެމްބަރުންނަށް ދިން އަނިޔާ ހިތަކުން ނުފިލާނެ. ނަމަވެސް މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލަން. ރައީސްކަން ކުރާ ކޮންމެ ބޭފުޅަކު ޖަލަށް ލުމުގެ ސަގާފަތް ދޫކޮށްލަން ޖެހޭ،" ލަތީފް ވިދާޅުވިއެވެ.

ލަތީފްގެ ޓްވީޓްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން އާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމާއި ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލް ޓެގް ކުރައްވާފައި ވެއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު އަމުރު ކޮށްފައެވެ. ޔާމީން ބަންދުގައި ބަހައްޓަން ކުރި އަމުރު ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް އިސްތިއުނާފް ޝަރީޢަތް ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ލަތީފު

    ޔާމީން ބަންދު ގައި ބަހައްޓައިގެން ޝަރީޢަތް ކުރަންވީ އެއްވެސް ސަބަބެއް ނެތް.

    53
    14
    • ހާޖީ

      އޭގެ ސަބަބު ވަރަށް ސާފު. ރައީސް ޔާމީން ޖަލަށްލުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް. އެއީ ބޭއިންސާފުންކަން ކަންކަން ހިންގާނީ ދިވެހިންނަށް އަންގާލުމަށް ފާޅުގައި ހިންގި ޖަރީމާއެއް. އިންސާނިއްޔަތު އެއްކިބާވެ ދިވެހިންގެ މޫނުމަތީގައި ޖެހި ތަފާލެއް. އެއީ އިންޑިޔާގެ ގެރިސަރުކާރުން އެދިގެން ދިވެހި ގައުމުގެ ނަން ހުތުރުކޮށް މުސްލިމުންގެ ލީޑަރުންނަށް ޖެހޭ ހާލުކަން ދުނިޔެއަށް ދައްކާލުމަށް މިސަރުކާރު ލައްވާ ކުރުވި ބޮޑުވެގެންވީ ނުބައި ނުލަފާ އަމަލެއް.

      35
      7
  2. އަޙައްމަދުބެއްޔާ

    ހާދަ އަސަރެއްކޮށްފިދޯއެވެ ބޭބެ ޖަލުގައި އޮންނެވިއިރު ލަތީފު ތިޔަވާހަކައެއް ނުދައްކަވައެވެ

    10
    44
  3. މަކަރު ވެރިޔާ

    ލަތީފުގޮވާލިއަސް ރަންއިތުންގެ ފައިސާ ހިޔާނާންތެރިވި މީހަކު ދޫކޮންލާފަ ބެހެންޓީމަ ހެކިވެރިންނަން ބިރުދަންކާ ހާދާ.މުޖުތަމައު ބިރުވެރިކަން އުފަންދާ.ނެން ގޭގަ ބެހެންޓޭކަން.ލަތީފު އަށްވެ ޔަމިނު ލާރިކޮޅެން ލަވާލީތަ.

    8
    45
    • ސާރި

      ރައްޔިތުންގެ ފައިސާއެއްނޫންބާ، އެމްޑީޕީ ސަރުކާރުގެ ދުވަސްވަރުގެ އޯޑިޓް ރިޕޯޓުތަކުގައި އެހުރީ. ޖީއެމްއާރަށް އެއަރޕޯޓް ވިއްކާލުމަށްފަހު ނެގި 78 މިލިއަން ޑޮލަރު ދައުލަތުގެ ރެކޯޑުން ފެންނަންނެތުމީ ރައްޔިތުންގެ ފައިސާ މޑޕ ސަރުކާރުން ކެއުމެއްނޫންބާ. ރައީސް ޔާމީން އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި ފައިސާއަކީ ހަމައެކަނި ދިވެހިންގެ ފައިސާއަށްވެފައި އެސްއޯއެފްގެ އެކައުންޓުން އިލްޔާސް ލަބީބުއާއި މަހުލޫފަށް ޖަމާކުރި ފައިސާއެއީ ރައްޔިތުންގެ ފައިސާއަށް ނުވީ ކީއްވެބާ؟ ބަލަ މިހުންނަނީއޭ ސަދޫމުގެ ވެރިން ހުކުމްކުރާގޮތަށް ހުކުމް ކުރުމަކީ. އެއްކަމެއްގައި ފެންނަންހުރި ހެކިތަކާއެކުވެސް ބޭނުންވާ މީހާ ކުއްވެރި ކުރުމަކީ އެންމެ ނުލަފާ، އިންސާފުން އެއްކިބާވެ ވަލުޖަނަވާރުންގެ ތެރެއަށްވަދެ ތިބެ ހުކުމް ކުރުމެއްނޫންތަ؟

      33
      2
  4. Anonymous

    ގައުމުގެ ނަމަށްވެސް ލިބޭހުތުރެއް އެއީ. އެމެރިކާއާ ޔޫރަޕްގެ ތަހުޒީބު ގައުމުތަކުގައި ވެރިކަން ކޮށްފައިތިބޭ މީހުންނަކީ އެންމެމަތިވެރި ދަރަޖަދީފަ ގައުމުގެ ފަހުރުގެ ގޮތުގައި ބައިތިއްބާ ބައެއް. އެކަމަކު، އެމެރިކާއާ ޔޫރަޕުގެ މީހުން ބޭނުންވަނީ މުސްލިމު ގައުމުތަކުގެ ވެރިން ގަލުގެ ތޭރިތަކުގެ ތެރެއަށްލާން. މިފަދަ މިސާލުތަށް މިސްރާ މެލޭޝިޔާއިން އެފެންނަނީ. ދެން އެމީހުންނާ ދެކޮޅު ހަދާ ކޮންމެ މުސްލިމު ލީޑަރެއް ޖެހޭނީ މިދުނިޔެއާ އަލްވަދާއުކިޔަން. އޭގެ މިސާލަކީ، ސައްދާމް ހުސައިންއާއި ގައްޒާފީ ފަދަ ބޭފުޅުން. ދިވެހި މުސްލިމުން މިކަންކަމުން އިބްރަތް ހާސިލްކުރާނީ މިގައުމު ނެތިގޮސް ދިވެހިންކޮޅު މަރާ ހުސްކޮށްލީމަތަ؟

    30
    4
  5. ސާބެ...

    ރައީސް ކަން ކުރާ މީހުން ވަރިހަމަ ދޯ މުޅި ގައުމު ގެ ފައިސާ ބޭނުންކޮއްފަ ހުއްޓަސް...ރައީސް ކަން ކޮއްފައޭ ކިޔާފަ އަރާމުގަ އެ ފައިސާ އިން އެޅެން ބަހައްޓަންވީ އެއްވެސް މައްސަލައެއް ނުބަލާ...ދެން ރައްޔިތުން އުޅެންވީ ހާލުގަ...މޮޔަ ތަ ތި ގޮވަނީ....

    7
    20
    • Anonymous

      އަހަރަކު 100 ބިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީގެ ގޮތުގައި ލިބޭ ސަރުކާރަކުން، 1 މިލިއަން ޑޮލަރު ނަގާނެކަމަށް ގަބޫލު ކުރުމާއި އަދި އެއީވެސް އަމިއްލަ މީހެއްގެ އެކައުންޓަކުން ޖަމާކުރިއެއްޗަކަށްވާއިރު، އެއީ ރައީސް ޔާމީން ރައްޔިތުންގެ ފައިސާ ވަގަށް ނެގުންކަމަށް ގަބޫލުކުރާނީ، ދުވަހަކު އިލްމެއް ހާޞިލްކޮށްފަނެތް. އަދި އަމުދުން ބުއްދިއަށް ހަސަދައިގެ ބަލިޖެހި އަމިއްލަ ބުއްދި ޝައިޠާނާއާ ހަވާލުކޮށްފައިތިބޭ ބަޔަކު ނޫނީ ގަބޫލުކުރާނެ ކަމެއްނޫން. އެންމެ އެއްމިލިޔަން ޑޮލަރަކީ ވެރިއަކަށް ހުންނަމީހާ ފުއްޓަތްކެއް ޖަހާލިޔަސް ނަގުދު ފައިސާއިން ނެގޭނެ އެއްޗެއް. ޗެކަކުން އަމިއްލަ އެކައުންޓަށް ޖަމާނުކުރާނެކަން ދުނިޔޭގެ އެންމެން ގަބޫލުކުރާނެ.

      25
      1
  6. ޖުމެ

    ވެރިކަމުގަހުރެގެން ރައްޔިތުންގެފާސާއިން ވައްކަންކޮށް އަނިޔާވެރިވީމަ ޖަލައްވެސްލާނެ. މިވަރުނުދަންނަ ޖާހިލަކު ރައްޔިތުންގެ މަޖިލީސްއަށް ހޮވަންހެޔޮނުވާނެ.

    3
    24
  7. އަލްޖިބްރާ

    ވެރިކަމުގައި ހުރެގެން އާއްމުންގެ ލޭބޯމީހަކު ދޫކޮށްލާފަ ބަހައްޓައިގެން ނުވާނެ !

    5
    21
  8. ހިއްވަރު

    ރާއްޖޭގައި އަށަގަނެފައިވާ ހުރިހާ ވިއާނުދާކަންކަން
    ރާއްޖެއަށް ގެނައީ ނަޝީދެވެ ވެރިންނަށް
    ކިޔަމަންނުވުމާއި މައިންބަފައިންނަށް އަޅާނުލުމާއި
    ވައްކަމާއި މާރާމާރީއާއި ދީނީ އިންތައްފަހަނައަޅައި
    ދިއުމާއި މިފަދައެތައްކަމެއް ޑިމަކްރަސީގެ ނަމުގައި
    އޭނާވަނީ ރާއްޖެއަށް ތައާރަފް ކޮށްފައެވެ މީނާގެ އަތް ދަށުން ދިވެހިން ސަލާމަތްވާން އެބަޖެހެއެވެ

    33
    3
  9. ބަނާނަ މޭން

    ވެރިކަންކުރީމާ ދެންއެމީހެއްގެ މައްޗައްގާނޫނު ނުހިނގަނީތަ؟ މިވަރުވީމަ މަޖުލީހަކައް ހޮވާކަށް ކަމަކުނުދޭ

    1
    18
  10. އަހުމަދު

    އަޅުގަނޑު ހައިރާން ވަނީ 1 ފެބްރުއަރީގެ ފަހުން މިރާއްޖޭގައި ކަރަޕްޝަންގެ މައްސަލަ އަށަގަނގެގެން އުޅޭތި .. އެފް ޕީ އައި ޑީގެ މައްސަލަ އެކަން ތަހުގީގް ކުރި އޮޑިޓަރުން އަދިވެސް ދުނިޔޭގައި އެބަތިބި އެމީހުން މިއަދުވެސް އެބުނަނީ އެމް އެމް ޕީ އާރުސީ ގެ ޚިޔާާނާތައް ވުރެ އެކަން މާ ބޮޑޭ ދެން 78 މިލަޔަން ޑޮލަރ ކޮބާ ...ކޮބާ ރަށްރަށުގެ ރައްޔިތުން އެއްކުރި ފައިސާ ކޮޅު އެމް ޑީ ޕީ މީހުން ބޭނުން ކުރީ އެފައިސާ މާ ގިނަ އެކަން ބާލާކަށް ނުކުރޭނެ އިލްޔާސް ވެސް ރުޅި އައީ އަދި މައުމޫން ވެސް ރުޅީ އައީ އެކަން ބަލަން އުޅުނީމާ އެހެންވެ ސުޕުރިމް އަމުރު ނެރުނީ އިލްޔާސް ވެސް ބައިވެރި ވެގެން. ނަޝީދު 1990 ގައި ގޮވި އިލްޔާސް ވަރުގެ ޚިޔާނަތް ތެރެއެއް ދިވެހި ގައުމުގައި ނުއުފެދެއޭ ... އެކަމު އިހަށް ދުވަހު އޭނާ އިލްޔާސް އާއި ބައްދަލް ކޮށްފައި ބުނަނީ އެވަރުގެ ތެދުވެރި އިޚްލާސް ތެރެއެއް ނުއުފެދެއޭ..........އޮޑީޓް އޮފީހުގައި އުޅުއްވާ މަނިކު ކައިރިން ސުވާލު ކޮށްލައްވާ އެފް ޕީ އައި ޑީގެ މައްސަލަ......

    22
    2
  11. ދަރި

    ވެރިކަން ކުރެއްވިއަސް ގާނޫނުގެ ކުރިމަތީގައި ހަަމަހަމަވުން ރަަގަޅު ނަމަވެސް ހިތާމައަކީ ކުށްވެރިންގެމެދުގައި ތަފާތުކުރައްވާތީ މިހެންދަންނަވާލީ ވެރިކަންކުރެއްވި ބޭފުޅަކު ތުހުމަތަކަށް
    ޖަލަށްލެއްވުމަށްވުރެ ބޮޑުވޭ ވެރިކަން ކުރެއްވި ބޭފުޅެއް ފާޅުގާ ކުށްކުރައްވާ އެކުށްސާބިތުވެ
    އެތަށްއަަހަރުތަކެއްގެ ޖަލުހުކުމެއްއައިސް ހުކުމްއައިބޭފުޅާ އުޅުއްވިގޮތަކުން ހުކުމްތަންފީޒްނުވަނީސް
    މިނިވަންކުރައްވާ ބޭނުންގޮތަކަށްއުޅުއްވަން، ބޭނުންއެއްޗެއް ކިޔުއްވަން ( ޒިނޭކުރަން ހިތްވަރުދީ)
    ދޫކުރައްވާފައިވާކަން

    16
    2
  12. އަބޯ

    ރައީސް ކަންކުރާ މީހާ ވެސް އެމީހާ ޖަލަށް ވަންނަން ނުޖެހޭގޮތަށް ކަންކަން ކުރެއްވުމުން ޖަލަށް ވެދެ ވަޑައިގަންނަވަން ނުޖެހޭނެ ދޯ ؟ޕާޓީ ކުދިން ހިތްހަމަ ޖައްސާދިނުމަށް ޖަލު ގޮޅިޔަށްލުން އެއީ އެހެންކަމެއް އެއީ ކޯޓުން ޕާޓީ ކުދިންނަށް ދޭ ހިދުމަތެއްކަމަށް ވެދާނެ.

    2
    3
  13. ނަމަ

    ލަތީފް ރައީސްކަން ކުރާ ކޮންމެ ބޭފުޅަކު ޖަލަކަށް ނުލާނެއޭ ތެދުވެރިކަމާ އެކު ގާނޫނު އާއި ހިލާފު ނުވެ ވެރިކަން ކުރީމަކާ

    2
    6
  14. ޝަހީދު

    ރައީސް ޔާމީނު ހައްޔަރު ކޮށްފައިވަނީ އިޖުރާއަތްތަކާ ޚިލާފަށެވެ.

    10
  15. ފެންނަގޮތް

    ކަލޭމެން ރާވައިގެން ޤައުމު ވިއްކާލާ ހުރިހާ ކަމެއް ކޮށްފަ ދެން އަނގައެއް އަރުވާކަށް .. ކެވުނުލެއް އަދިވެސް މަދީދޯ ..

  16. Anonymous

    ބަލަ ރައީސްކަން ކުރިޔާ ހުދު ފޮތިކޮޅަކަށް ވޭތަ...ކުރި ކުށަށް އަންނި، މައުމޫން، ޔާމިން އަށް ވެސް އަދަބު ލިބެށް ޖެހޭނެ...ނިކަމެތި މީހާ އަށް އެކަނި ޢަދަބު ހައްގުވާ ގާނޫން ރާއްޖޭގަ އޮންނަނީ

  17. މަލިން ބޭ

    އަހަންނަކީ ރ ޔާމީނަށް ، ތާއީދު ކުރާ މީހަކީމެއް ނޫނެވެ، އެކަމަކު ހިތާއި ހަށިގަނޑުން އެބޭފުޅާ ގެންނެވި ތަރައްގީ އަސް ސަޕޯޓް ކުރާ މީހަކީމެވެ ، ކުރު މުއްދަތެއްގެ ތެރޭގައި ގައުމަށް ގެންނެވި ތަރައްގީ އެވެ ، ގައުމު ތަރައްގީގެ ނާރެހުގައި ސުވިޗް ކޮއްލި ގޮތް އެއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. މިއަދު ގ މާލެ ޒޯނުން މިފެން ނަ ތަރައްގީ ގެ ހައްގު ވެރިޔަކީ ޔާމީން ކަން ގަބޫލުކުރަން ޖެހެއެވެ. ތިމާމެންގެ ހާލަތު އެން ހާލަތުން އަނެއް ހާލަތަށް ކުރު މުއްދަތެއް ގައި ބަދަލް ކޮށްލެވޭނީ ހަރުދަނާ ލީޑަރުން ނެވެ ، ދިވެހީން ނަކީ ވާ ހާދަ ނުވިސް ނޭ ބައެކެވެ.

  18. ވެރި

    ކަތަިފް ދެންކާކުމީ ވެރިމީހާ ހެޔޮދޯ ވައްކަން ކުރިޔަސް މީހުންމެރިޔސް ދައުލަަތުގެ ހަޒާނާ ދަވާލިޔަސް ހަމަ އިއްޒަތާ ސަރަފުދޯ ނުވިތާކަށް މުޅި އުމުރު ސަރުކާރުން ބަލަން ޖެހޭނެދޯ. އަނެެއްކާ މަރުނުވާނެތޯ؟
    ވެރިކަމެއްނޫން ކުރަންވީ.