ފަނޑިޔާރުގެ އިސްލާހު ވާނީ ކިބުރުވެރިކަމެއް ނެތް އިލްމީ ފަނޑިޔާރުން އައްޔަނުކޮށްގެން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ނުފޫޒު ފޯރުވަން އުޅޭހާ ހިނދަކު ފަނޑިޔާރުގެ މިނިވަން ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވަނިކޮށް ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެ އިސްލާހުވާނީ ބޮޑާ ކަމާއި ކިބުރުވެރިކަމެއް ނެތް، އާންމު ފަރުދުންގެ އިހްސާސްތަކާއި ދަތިތައް އެނގޭ އިލްމުވެރި ފަނޑިޔާރުން ކޯޓުތަކަށް އައްޔަން ކުރެވިގެން ކަމަށެވެ.

"ފަނޑިޔާރުގެ އިސްލާހުވާނީ ބޮޑާ ކަމާއި ކިބުރުވެރިކަމެއް ނެތް، އާންމު ފަރުދުންގެ އިހްސާސްތަކާއި ދަތިތައް އެނގޭ އިލްމުވެރި ފަނޑިޔާރުން ކޯޓުތަކަށް އައްޔަން ކުރެވިގެން" ސުއޫދު ވިދާޅުވިއެވެ.

https://twitter.com/hsuood/status/1097776248011538434?s=19

ގަޟާއީ އާ އަހަރުގެ މަސައްކަތް ފެށުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޯޓުތަކުގެ ހިންގުން ހަރުދަނާކޮށް އަދުލު އިންސާފަށް ވާސިލުވުމުގެ ގޮތުން ކޯޓްތަށް ހިންގަމުންދާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން، މިހައިތަނަށް ވެސް އަދި މިހާރުވެސް، އަދުލު އިންސާފަށް ވާސިލުވެ، އަދުލު އިންސާފަށް ވާސިލުވުމުގެ އަވަސްކަން އިތުރު ކުރުމާ އެކު، ޝަރުއީ ދާއިރާ ހިންގަމުން ގެންދާ ނިޒާމު ހަރަދަނާ ކުރުމުގެ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށްވެސް ޖަލްސާގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

އެހެން ކަމުން ޝަރުއީދާއިރާގެ ނިޒާމް ހިގަމުންދާ ގޮތާއި ބެހޭގޮތުން އާންމު ރައްޔިތުން ހޭލުންތެރި ކުރެއްވުމަށްޓަކައި، ޝަރުއީ ދާއިރާއާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމުތައް ގެނެސްދިނުމާއި، ޝައުރީ ދާއިރާގެ ޕާފޯމަންސް ރިޕޯޓުތަކާއި، ކޭސް މެނޭޖްމެންޓު ރިޕޯޓުތައް ޝާއިއުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ބަޔެއްކަހަލަ މައްސަލަތަކުގެ ހުކުމްތައްވެސް އާންމުންނަށް ފެންނަ ގޮތަށް ހަދާފައިވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މަސީޙު

    ސޠދަށްވުރެ ވަކިންބޮޑު ކިބުރުރުވެރިއެއް މިގައުގައިވެސްނެތް!

  2. އިންސާފު

    ކަލޭ އެކަނި ތި ބުނާ ގޮތައް ޝަރުތު ހަމަވަނީ ހުރިހާ ފަޑިޔާރުން އިސަތިއޖފާދީ ސޫދު އެކަނި އައްޔަން ކުރޭ އޭރުން އޯކޭ ވާނެ

  3. 2018 ކާފަބޭ

    ތިބޭޅާކަހަލަބޭފުޅުންތޯ؟ މިހާރުވެސްގިނަފަނޑިޔާރުން މާސްޓަރސްހައްދަވާފަ އަނެއްބައިބޭފުޅުން މިސެމިސްޓަރނިމުމުން ޕީއެޗްޑީއަށްފައްޓަވާނެ ދެން ވިދާޅުވާންތިއުޅުއްވަނީކީކޭތޯ؟ ވެރިންއަންގާގޮތަށް ކަންކަންބަދަލުޖުރަންޖެހޭގޮތަށް އޮނިގަނޑުރާވަނީ ހަމަތިޔަބޭފުޅުންގެ އެއްބާރުލުމާއެކުގަނޫންކަމަށް ދައްކަވަންއުޅުއްވިއަސް ގިނަބަޔަކުމިހާރުޤަބޫލެއް ނުކުރާނެ

  4. އަލްޖިބްރާ

    އިލްމު ހުރެފަ ، ކިބުރުވެރިކަމެއް ނެތަސް ފައިސާއަށް ދަހިވެތި ވެއްޖެ ބަޔަކު ތިބެގެން ޝަރުޢީ ނިޒާމް ރަގަޅެއް ނުވާނެ !

  5. ނާޒީ

    ތިޔަބުނީ ކާކުގެ ވާހަކައެއްތޯއެވެ؟ މިހާރުވެސް އެތިބީ ޢިލްމުނެތް ޤާބިލްނޫން ފަނޑިޔާރުންނެއް ނޫނެވެ. ޢިލްމީ ޤާބިލްކަމާ ދާއިރާގެ ތަޖްރިބާވެސް ނެތީކީނޫނެވެ. މައްސަލައަކީ މާއްދިއްޔަތަށް ޢަބުރު ވިއްކާލުމެވެ. ރުފިޔާ ގިނައިންދޭ ކޮޅަކަށް މައްސަލަތައް ނިންމައިދިނުމެވެ. ކަލޭވެސްތީ އޭގެ މީހެކެވެ.

  6. ސައިންޓިސްޓް. ކޭ

    ޤާޟީންނަކީ މަޖިލިސްމެންބަރުން ފަދަ ސިޔާސީ ބޭފުޅުން ވިކޭ ގޮތަށް ހެޔޮއަގެއްގައި ވިކޭ ބަޔަކަށް ނުވާތީ، އިސްލާހޭ ޝަރުޢީ ނިޒާމޭ މިކިޔަނީ... ފުރަތަމަ ދައުލަތް ހިންގުމުގެ ނިޒާމާއި މަޖިލިސް އިސްލާހުކޮށްބަލަ. މީ ވަރަށް ވާހަކަ...

  7. ރާފު

    ފަނޑިޔާރުގެ އިސްލާހު ވާނީ ކިބުރުވެރިކަމެއް ނެތް އިލްމީ ފަނޑިޔާރުން އައްޔަނުކޮށްގެން - ސުއޫދު
    އެމީހަކީ ކަލޭބާ؟ ކަލޭ ތީ އަބަދުވެސް ރިޝްވަތު ދީގެން ރިޘްވަތު ނަގައިގެން ބޮޑެތި މަގާމުތައަ ހޯދާ މީހެއް ކަމަށް އެންމެން ބުނޭ. އޭގެ ތެރޭގައި ފައިސާގެ ރިޝްވަތާ މަގާމު ރިޝްވަތު ހިމެނޭ.

  8. އަހުމަދު

    ސުއޫދު ފަނޑިޔާރު ގޭގައި ހުރި އިރު ވަރަށް ބޮޑާ ކަމަށް މީހުން ބުނޭ އަނެއްކާ އެކިފަހަރު އެކި ގޮތަށް މައްސަލަ ނިންމަމުން ދިޔައީ ކީއްވެތޯ ތިޔަހާ ނަޒާހަތްތެރި ބޭފުޅަކު އަމިއްލަ އަށް ފަނޑިޔާރު ކަން ދޫކޮށްލެއްވީ އެކަން ރައްޔިތުންނަށް ސާފުކޮށް ކިޔާ ދެއްވަ ބައްލަަވަ

  9. ދދދދދދ

    ހަމަ ފިސާރި ތެދެއް މިބުނީ. ކަލެއަށްވުރެ ކިބުރުވެރި އިންސާނަކު މަ ނުދެކެން.

  10. ނާޞިރާ

    މީނާއަށް މުޅި ޖުޑިސެރީ ދޭށޭކަންނޭގެ އެ ބުނަނީ! ތާކުހުރި ކަނޑުކޮހެއް!

  11. ޢަލީ

    މީނަ ނޫނީ ދެން މިރާއްޖެއަކު ނެތް ޤާނޫނު އެނގޭ މީހެއް. މި ހީވަނީ މަތިން ޤާނޫނު ކިޔަވައިގެން އައިސްހުރި މީހެއްހެން. ފަނޑިޔާރުގެ އިސްލާޙްވާނީ ސިޔާސީ މީހުންގެ އިތުރުން މިކަހަލަ މުނާފިޤު ވަކީލުންވެސް އެއްފަރާތްވެގެން. މިއީ ކޯޓުތަކުން މީނާ ވަކާލާތު ކުރާ މައްސަލަތަކުގައި ބޭނުންވާ ހުކުމްތައް ހޯދުމަށް ފަނޑިޔާރުންނާ ނަހަމަގުޅުން ބާއްވާކަމަށް ވަރަށް މަޝްހޫރު، އެރޮނގުގައި ފުންނާބު ނިކަން އުސް ވަކީލެއްކަމަށް ވާހަކަ ދެކެވޭ މީހެއް.

  12. ސްކޯރޕިއަން

    ފަނޑިޔާރުން އިސްލާޙްކުރެވޭނީ ލޯފާރމްތަކުން ވަކާލާތުޔ ކުރުމުގައި ދެކޮޅުން ކާން ވެގެން އުސްތާޒު ސުޢޫދުމެންގެ އާއިލާތައް ފަނޑިޔާރުންގެ ތެރެއިންނާއި ދައުލަތުގެ ޖުޑީޝަރީތެރެއިން ބޭރުވެގެން. އުސްތާޒު ސުޢޫދު ވަކާލާތުކޮށްގެން ޓަނުން ޑްރަގްއެތެރެކުރިމީހާވެސް ހިފާހައްޔަރުކޮށް ތަޙްޤީގުނިންމާ ފުލުހުންގެ އިދާރާއިން، ޕީޖީ އޮހީހުން އައިސް ދައުލަތުގެ ބަންޑާނައިބު އޮފީހުން ދައުވާ ކުރަން ކޯޓަށް މައްސަލަވަނުމާއެކު ނެރޭނީ ސާބިތުވާވަރަށް ހެކިނެތުނީމަ ދައުވާ ކުރެވެމްްުލަސުު