ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެންގުޅުއްވަނީ އެންމެ ފޭސްބުކް އެކައުންޓެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ރައީސްގެ ފޭސްބުކް އެކައުންޓް ހިއްސާ ކުރައްވައި ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އާންމުކޮށް ފޭސްބުކް ބޭނުންފުޅު ނުކުރައްވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވަނީ އެންމެ ފޭސްބުކް އެކައުންޓެއް ކަމަށެވެ.

"އެމަނިކުފާނު ގެންގުޅުއްވާ ހަމައެކަނި އެކައުންޓްކަން ސާފުކޮށްދެއްވުމަށް އެމަނިކުފާނު އަޅުގަނޑުގެ ކިބައިން އެދިވަޑައިގެންނެއްވި ރައީސްގެ ނަންފުޅުގައި ހިންގާ އެހެން އެކައުންޓް ތަކަކީ އެމަނިކުފާނާ އެއްވެސް ގުޅުމެއްވާ އެކައުންޓްތަކެއް ނޫން" ހޫދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަމުގައި ހިންގަމުންދާ ފޭކް ފޭސްބުކް އައިޑީތައް ރައްޔިތުންގެ ސަމާލުކަމަށް ގެނެސްދީފައިވާއިރު މީސް މީޑިއާ ޕްލެޓް ފޯމް ފޭސްބުކްގައި ރައީސް ސޯލިހުގެ ރަސްމީ ފޭސްބުކް އެކައުންޓް ކަމަށް ދޭހަވާ ގޮތަށް ފޭސްބުކްގައި ބައެއް އެކައުންޓްތައް ވަނީ ހަދާފައެވެ.

ރައީސް ސޯލިހު އަކީ އާންމުކޮށް ފޭސްބުކް ބޭނުންފުޅު ކުރައްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ރައީސް ޓްވިޓަރ ބޭނުންފުޅު ކުރައްވައެވެ. ރައީސްގެ ރަސްމީ ޓްވިޓަރ އެކައުންޓަށް 48.2 ހާސް މީހުން ފޮލޯ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަސީދު

    ފޭސް ބުކް ގެން ގުޅޭކަން އިސްތިހާރު ކުއްލީ
    މިވެސް ވައުދެއް

    12
  2. އަހުން

    ފޭކު ވެރިއެއް ދޮގުހަދަންދަންނަ ވެރިއެއް އިބޫގެ އެކައުންޓު ބޭންކުތަކުގައިވެސް ހުރޭ ދެން ފޭސްބުކު އޮންނަނީ އެންމެ އެކައުންޓެކޭ ބުނާއިރު ފޭސްބުކު ކޮމްޕުލީޓުވެސް ކުރެވޭނީ ގޫގުލް އެކައުންޓެއް ނޫނީ ހޮޓުމެއިލް އެކައުންޓެއް ހުޅުވިގެން ރައްޔަތުންނަށް އޮޅުވާލުމުގެ ނަމޫނާ ތި ދައްކަވަނީ ރައްޔަތުން ގުނބޯ ނުހެއްދުމަށް ރައީސް މީހާއަށް ގޮވާލަން

    13
    1
  3. ކަލޯ

    އާނދޯ؟ހުސް ވައުުދު...