ތިލަފުށީގައި ވެހިކަލެއްގެ ޓަޔަރެއް ފަޅައިގެން ގޮސް ދެމީހަކަށް އަނިޔާވެއްޖެއެވެ،

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 10:00 ހާއިރު ތިލަފުށީ ބޯޓް ޔާޑްގައި ވެހިކަލެއްގެ ޓަޔަރަކަށް ވައި ޖަހަނިކޮށް ޓަޔަރު ފަޅައިގެން ގޮސް ވިއްސައިގެން ދިއުމުގެ ސަބަބުން ދެމީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އަނިޔާވެފައިވަނީ ދިވެއްސަކަށާއި ބިދޭސީއަކަށެވެ.

މިދެމީހުން ފުލުހުންގެ ލޯންޗެއްގައި މިހާރު ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާދިސާގައި އަނިޔާވެފައިވަނީ 44 އަހަރުގެ ދިވެއްސަކަށާ 20 އަހަރުގެ ބިދޭސީ އަކަށް ކަމަށެވެ. އެދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވިއެވެ.

މިހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜ

    މިދެމީހުން ފުލުހުންގެ ލޯންޗެއްގައި މިހާރު ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ

  2. Bulbul

    25 aharu nu aa meehunah ves mihaaru masakkathu aadheveytha.