ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ރީރެޖިސްޓްރޭޝަން ކޮށްދިނުމުގެ އިންތިޒާމު ހަރުގޭގައި ކުރިއަށް ދާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބަށް ރީ ރެޖިސްޓްރީ ވާނެ ފަހު ތާރީހަކީ އެކެއް މާޗަށް ވާއިރު ހުރިހާ ބޭފުޅުން ވެސް މި ތާރިހުގެ ކުރިން ރީ ރެޖިސްޓްރޭޝަންގެ ކަންތަށް ނިންމާލުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"ރީ ރެޖިސްޓްރޭޝަން ކުރަވަން ބޭނުންފުޅުވާ ބޭފުޅުނަށް ހަރުގޭގައި މިހާރު އެ އިންތިޒާމް ވާނީ ހަމަޖެހިފައި" އަފްޝަން ވިދާޅުވިއެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އެބޭފުޅަކު ވޯޓުލީ ތަނެއްގައި ވޯޓުލާން ބޭނުންފުޅުވާ ބޭފުޅުން، ރީ ރަޖިސްޓްރީ ނުކޮށް ރަޖިސްޓްރީ ކޮށްފައިވާ ތަނެއްގައި ވޯޓް ލެވޭނެ ކަމަށެވެ.

މަޖިލިސް އިންތިހާބު ގައި ވޯޓު ލުމަށް ހައްގުލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާއެއް ވާނަމަ، ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ އެންމެ ފަހު ފުރުސަތު ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ.

އީސީން ވިދާޅުވީ، މިފަހަރުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 264589 އެވެ. މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މުޅީން އަލަށް 2336 މީހަކަށް ވޯޓު ލެވެއެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 87 ދާއިރާ އަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ރީރަޖިސްޓްރީކުރުން މިފަހަރު ކިހާވަރަކުން ދާނެބާ؟؟ކިތައްފަހސރު ރިޕީޓްކުރަންޖެހޭނެބާ؟؟ ރިޝްވަތު ޑޮލަރުފުންޏަކަށް އީސީ ޝަރީފޫ ޓީމު ގަނެލެވެންދެން