އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމް ގޭގައި މަޑުކުރަން އަންގަވައިފި އެވެ.

ބެލެވޭ ގޮތުގައި މައުސޫމު ގޭގައި މަޑުކުރައްވަން އެންގެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އޭނާ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެފައިވާތީއެވެ.

މައުސޫމު ފެން ކުންފުނީގެ ޗެއާމަނަކަށް އައްޔަނު ކުރެއްވުނީ މިމަހު ހަވަ ދުވަހުއެވެ.

އޭސީސިއިން ނެރުނު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި ވާގޮތުން ގ. ޕްލެޒެންޓް ވޭވްސް އަހުމަދު މައުސޫމުގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް ގިޔާނަތުގެ ފައިސާއިން އަށް ލައްކަ ޑޮލަރު ޖަމާކޮށްފައި ވެއެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ގޭގައި މަޑުކުރައްވަން ވެސް ރައީސް ވަނީ އަންގަވައިފައެވެ.

އޭސީސީއިން އާއްމުކުރި ރިޕޯޓްގައި، ހިޔާނާތްތެރިވި ފައިސާ ނެގުމަށް ފަހު ޖަމާކުރި އެސްއޯއެފް އެކައުންޓަށް ފައިސާ ޖަމާ ކުރިކަމަށް ވަނީ ބަޔާންކޮށްފައެެވެ. އަދި އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކުރި އެކައުންޓުތަކުގެ މައުލޫމާތު ހިމަނާފައިވެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފް އިން ދީފައިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ގިނަ ބަޔަކާއި އެބޭފުޅުންގެ ހިއްސާ އޮންނަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ.

އޭސީސީގެ ރިޕޯޓާއި ގުޅިގެން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އޭސީސީގެ ރިޕޯޓުގައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކުރަން ފޮނުވައި، އަދި ކުށްވެރި ނުވާ ފަރާތްތަކުގެ ކުށެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އޭސީސީ އަށް ގޮވައިލައްވާ ކަމަށެވެ. އަދި އެކަންކަން އެގޮތަށް ނުކޮށްފި ނަމަ، އިތުރު މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭސީސީން އެރިޕޯޓު އާއްމު ކުރުމަކީ ރަނގަޅުކަމެއް ކަމަށެވެ. އަދި އެމުއާމަލާތުގައި ހިމެނޭ ވަކިވަކި މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އޭސީސީއަށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖާދު

    ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވައިލަދިނުމަށް އީސީގެ ރައީސާއި އެތަނުގެ ހަތަރު މެމްބަރުންގެ އެކައުންޓްތަކަށް 7 މިލިޔަން ޑޮލަރު ޖަމާވިކަން އެނގޭ ލިޔެކިޔުންތަކާ ބޭންކް ޑޮކިޔުމަންޓްތައް ލީކުވީއިރު މިކަމާ އަޅާލަބަލާ ވޯޓުވަގާ!

  2. މަސްވެރިޔާ

    މައުސޫމުއަކީ އަމިއްލަ މަސައްކަތުން ވަރަށްބުރަކޮށް އުޅުއްވާ މުއްސަދިވި ބޭފުޅެއް. 3 ވަނަ ފަރާތަކަށް ހަވާލްކުރަން ޑިޕޮސިޓް ކުރި ފައިސާއަށްވަނީ. އަނެއްކާ ނޝދ އެބަ ކިޔާތަ.

  3. ޖޮއްބެ

    މައްސަލަ ކުރިޔަށް ގެންދެވޭކަށް ނެތެއްނު؟ ޚިޔާނާތުގައި ޝާމިލްވާ ރީނދޫ މީހުން މާގިނަ. ޙީލަތެއް ހަދައިގެން ރީނދޫމީހުންކޮޅު ސަލާމަތްކުރެވޭ ވަރަށްވުރެވެސް ގިނަ.

  4. މިއަދު

    ތިކުދިން ދެރަނުވޭ މިއީ ޕީޕީ އެމް އާއި ޖޭޕީ ގެގުޅުން ވަރުގަދަވަމުން އަންނާތީ އެމްޑީޕީ ވެރިން ފިއްކަޑައިގެން ގޮސްގެން ފެށިކަމެއް މިހާރު އެމްޑީޕީގެ ފިކުރުގައި ތިބި އެއްމެންވެސް ރީތިކޮށް އެމަޤަމްތަކަށްގެންދާނެ މިއުޅެނީ މަޖިލިސް އިންތިޚާބުގެ ކުރިން ޕީޕީއެމް ކުޑަކަކޫޖެއްސުމަށް ފަށައިގެންއުޅޭ ދެއުޅިއެއްނުވާ ގޭމެއްކުޅެން މިއީ އިބޫސާލިހު ސައިޒުކުރުމަށް އަންނި ރާވާ ޕްރަޕަގެންޑާއެއް

  5. ހަހާ

    ކޮން ފިޔަވަޅައެއްއެޅޭނީ..ހުސްޑޮލަރު ގަންނަމީހުން

  6. ހިޔަނި

    އެމްއެމްޕީއާރުސީ ޚިޔާނާތަކީ އެމްޑީޕީ އަޑީގަ އޮވެގެން، އަދީބުއާ ގުޅިގެން ކުރި ވައްކަމެއްކަން މިހާރު މިދަނީ ހާމަވަމުން، މުސްކުޅިން ބުނާތީ އަހަން، ވަގުންގެފޮށި ބާރަށް ބަންނާނޭ، ޔާމީނަކީ ފަހުގެ ތާރީޚެއްގައި ދިވެހިން ދެކެފައިނުވާވަރުގެ ވެރިއެއް، އެހެނީ ޔާމީނު، މައުމޫނުހެން ދައޮލަތުގެ ފައިސާއިން ވައްކަންކުރި މީހުންނަށް ބޮޑެތި މަޤާމުތަކެއްނުދޭ، ނަޝީދުހެން އިސްލާމް ދީނާއި މިއުމްމަތުގެބިއްޔާ ސައްލައްﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރައެއް ނުކުރޭ، އިބޫހެން ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންފަދަ ބޮޑެތި ކުއްވެރިން މިނިވަނެއްނުކުރޭ، މައުމޫނުހެން އަނބިދަރިން އޮރިޔާން ނިވާނުކޮށެއް ނުގެންގުޅޭ، ނަޝީދުހެން ޒިނޭ ހުއްދަކުރަން ވާހަކައެއް ނުދައްކާ، އިބޫހެން ބޭރުގެ އަޅުވެތިކަމަށް ޤައުމު ހުށައެއްނާޅާ، މިހާރުވެސް މިސަރުިާރުގެ މަތީފަޑީގައި އެބަތިބި ދައޮލަތުގެ ފައިސާއަށް ބޮޑެތި ޚިޔާނާތް ވެފަތިބި މީހުން، މައުސޫމް ވިއްޔާ 100މ ވެސް ހަމަނުވޭތާ އޮޑިޓް ރިޕޯޓްތައް ބަލާބަލަ، އަސްލަމްވެސް އޮންނާނެ 715މ....