ރައީސް ޞާލިހަށްވެސް އެކަށީގެންވާ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ދަ ހިންދޫ ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޞާލިހަށްވެސް އެންމެ އެކަށީގެންވާ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމުގައި ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެ ވެރިކަމުގެ ނިޒާމާއި ބެހޭ ގޮތުން ގޮތެއް ނިންމުން ރައީސް ޞާލިހަށް ދޫކޮށްލާފައިވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އިތުރަަށް ވިދާޅުވީ ދިވެހިރާއްޖޭގެ އިސްތިގްލާލް އަލުން އަނބުރާ ޗައިނާގެ އަތުން ގަންނަން ޖެހިފައިވާ ހާލަތަކަށް އައިސްފައިވާކަމަށެވެ.

"ކުރީގެ ރައީސް ޔާމީން ވަނީ ޗައިނާއަށް ގައުމު ވިއްކަވާލައްވާފައި, ޗައިނާއިން ލިބުނު ފައިސާތަކާއި އެ ފައިސާތައް ޚަރަދުކުރެވުނު ގޮތް ބަލަން ދަނީ އޮޑިޓެއްކުރަމުން " ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޗައިނާއަށް ދޭންޖެހޭ ފައިސާ ދޭނެކަމަށާއި އެކަމު ދިވެހިން އެންމެ ލޭތިއްކެއްވެސް އެގައުމަށް ނުދޭނެކަމަށެވެ.

" ދިވެހިން އެދޭފަދަ މުޖުތަަމައުއެއް ބިނާކުރެވިގެންދާނީ އިންޑިޔާއާއި އެކު ގާތް ގުޅުންތަކެއް ބޭއްވިގެންސަަަބަަބަކީ ޗައިނާ އަކީ ރާއްޖޭގެ ޑިމޮކްރަޓިކް ޚިޔާލުތަކާއި ކުޑަކޮށް ބީރައްޓެހި ގައުމަކަށްވުމުން، އެކުގައި މަސައްކަތްކުރުން ދަތިވާނެތީ " ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މީނަމީ

    މީނަމީ ހާދަ ބަރުލަމާނީއާ ދޯޅު މީހެކޭދޯ!

    10
    1
  2. Anonymous

    ރައްޔިތުން ބިކަކޮށްލަން ވެގެން ބަރުލަމާނީ ނިޒާމޭ މިކިޔަނީ. ދިވެހިންމަށް ނުވިސްނޭ ކަމަކީ މުޅި އުމުރު އިނގިރޭސިވިލާތުގަ ހޭދަ ކޮށްފަ އަންނަ މީހާ ދިވެހިންގެ މައްޗަށް ލޯތްބެއް ނޯންނާނެކަން.

    18
  3. Anonymous

    އިންޑިޔާއިން މިސަރުކާރަށް ދިން ލާރިގަނޑުން ދިވެހިންނަށް ކޮށްދިން ކަމެއް ދައްކަބަލަ؟ ދޮގުހެދުމަކީ ކަލޭ ދުނިޔޭގަ އުޅުމުގެ މަގްސަދަށްވީމަ އިބިލީސް ހެދިގެން ތި ދޮގުހަދާ ނަގަނީ. ކަލޭގެ ދުލުގައި ގޮށްޖެއްސެވުމަށްވެސް ކުޅަދުންވަންތަ އިލާހެއްވާކަން ކަލޭ ހަނދާނެއްނެތް

    19
  4. Anonymous

    ޗައިނާ މީހުން ދިން ލާރިން ބުރިޖްހެދީ. އެމީހުންދިން ލާރިން 25 ބުރީގެ ހޮސްޕިޓަލެއް ހެދީ. އެމީހުންދިން ލާރިން 25 ބުރީގެ 16 ޓަވަރު ހުޅުމާލޭގަ އެހަދަނީ. އެމީހުންދިން ލާރިން 25 ރަށް ހިއްކާފަ އެއޮތީ. ކަލޭ ޖމރ އަށް އެއަރޕޯޓް ވިއްކާލަފަ ނެގި ލާރިގަނޑު ކޮންތާކަށްލީ؟

    23
    1
  5. Anonymous

    ދިވެހިންނޭ ހޭއަރާ. މީނަ މިއުޅެނީ، އިންޑިޔާއާ އިނދެގެން. އިންޑިޔާއިން އެނަގާ ލޯނުތަށް ދައްކަނީ ކޮންތާކުން ނެރޭ ލާރިއަކުން؟ އެލާރިތަށް ތަޅާ ބުރުވަނީ މުޅިން ގޭ ކުދިންނަށް ބޮޑެތި މަގާމުތައްދީ އެމީހުންގެ މުސާރައަށް. މަކަރާހީލަތުން ދިވެހި ގައުމު އިންޑިޔާގެ އަޅުވެތިކަމަށް މިގެންދަނީ.

    17
  6. ޢަފްލާ

    ޢެހެންވެ މޯދީވެސް ބުނި ޕާކިސްތާނުގެ މުސްލިމުންނައް އޮތީ ހަތިޔާރު ބެހެއްޓުމޭ އެހެންނޫނީ މަރުވުމޭ މިދެގޮތްވެސް މިބޅއް ރަނގަޅު

  7. ބެއްޔާ

    ދިވެހިންގެ އެންމެ ލޭ ތިކެއްވެސް އިންޑިޔާއަކަށް ނުދެވޭނެ. ބަރުލަމާނީވެސް މިގައުމަކަށް ނުގެނެވޭނެ. ތިއުޅެނީ ރައްޔިތުންގެ ތާއީދެއްނެތި ވެރިކަމަށް ފާވެގަންނަށް. ތީ ވެރިކަން ދޫކޮށްފަ ފިލިމީހެއް. ކަލެއަށް ނުވާނެ ވެރިކަމެއް. މިގައުމު އިންޑިޔާއަށް ވިއްކާލެވިދާނެ.

  8. ޢަޖައިބު

    ބޮޑު ވަޒީރު ކަމަށް ހިފާފަ. އެވެސް ދެވި

  9. އަހުމަދު

    ރައްޔިތުނޭ އަދިވެސް ނިދިން ހޭލާކަށްނުވޭތަ ރައްޔިތުން ރޯންޖެހޭނެ ކުރީގަ މިކަމުން ސަލާމަތް ނުވެވިއްޖެނަމަ މީ ޔަހޫދީންގެ ޕްރޮޕެގެންޑާރ އާދޭސްކޮށްފަ ރައްޔިތުންނޭ މިކަމުން ސަލާމަތްވޭތޯބަލާ

  10. އަހުމަދު

    އެކިފަހަރުމަތިން ކުރިންވެސް މީނަދައްކާފަ ހުރިވާހަކަތަކަށް ވިސްނާލާ މީހަމަ ޔަހޫދީން މިތަނަށް ފޮނުވާފަހުރި ޔަހޫދީއެއް ރައްޔިތުންނޭ އާދޭސްކޮށްފަ ތިޣާފިލްކަންދޫކޮށް ވިސްނާލާ

  11. ހައިރާން

    ރައީސް ސޯލިހުގެ އަނގަފުޅު ނެތީބާ؟