އެމްއެމްޕީއަރސީގެ ޚިޔާނާތުގައި ފައިސާ ލިބުނު ކަމަށް ތުޙުމަތު ކުރެވޭ، ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ދިފާޢުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް، އެސްއޯއެފުން 6.1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީ ރިޕޯޓުގައިވެއެވެ. ފެން ކުންފުނީގެ އެމްޑީކަން މިހާރު ކުރައްވަމުން އަންނަ މަޢުސޫމް ވަކި އެއްޗެއް އަންގަންދެން ގޭގައު މަޑު ކުރަންވަނީ އަންގާފައެވެ. މައުސޫމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ޝީފް އޮފް ސްޓާފްގެ މަގާމު ފުރުއްވި ބޭފުޅެކެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަޙްމަދު މައުސޫމްވަނީ އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޓްއިން މީގެ 20 އަހަރު ކުރިން ވަކިވެފައި ކަމަށެވެ. އަދި ޚިޔާނާތުގެ ފައިސާ ވަދެފައިވަނީ އެކުންފުންޏަށް ކަމަށެވެ. މީގެ އިތުރުން، އެމަނިކުފާނުގެ އޮފީސްގެ ޗީފް އޮފް ސްޓާފްގެ މަޤާމް އަދާ ކުރަމުން އަންނަ މަޢުސޫމަށް ފުރިހަމަ ތާޢީދު އެބައޮތް ކަމަށާއި މަޢުސޫމްއަކީ ނަޒާހްތްތެރި ބޭފުޅެއް ކަމަށެވެ.

އޭސީސީގެ ރިޕޯޓާއި ގުޅިގެން މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އޭސީސީގެ ރިޕޯޓުގައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކުރަން ފޮނުވައި، އަދި ކުށްވެރި ނުވާ ފަރާތްތަކުގެ ކުށެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އޭސީސީ އަށް ގޮވައިލައްވާ ކަމަށެވެ. އަދި އެކަންކަން އެގޮތަށް ނުކޮށްފި ނަމަ، އިތުރު މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަފްލާ

    8ފެބްރުއަރީ 2012 ވެސ މިކަލޭގެ ބުނީ މިހެން

    21
    1
  2. އަހުމަދު

    ވެއްޓޭކަށް ނެތް ވެއްޓިއްޖެ

    26
    3
  3. ނެރު

    ޔަގީނެން ނުވޭނު އެހެންވީމަ ޔަގީން ކުރަން ކަންނޭގެ އެއްނު

  4. ސައްތާރު

    މޮޔަގެރިއަކު ބުނާކޮންމެ މީހަކީ ނަޒާހަތްތެރި މީހަކަށް ވެފަ، ކުއްވެރިއެކޭ ބުނާ ކޮންމެ މީހަކީ ކުއްވެރިއެއްް ކަމުގަ، މިގައުމުގެ ރައްޔިތުންގަބޫލު ކުރަންޏާމް ރައްޔިތުންގެ ގަމާރުކަން ކުޑަކަމަކަށް ބެލޭކަށް ނޮއޮންނާނެ!

  5. އަބޫ އަމް

    މީ މިގައުމްގެ ހަލާކު. !!!އެެއްވެސް ކަމެއް ގާނުނާ އެއްހޮތަށް މިގައުމްގައި ނުހިންގޭނެ ބައެއް ވެރިންގެ މައްޗަށް!! މީނައާއި މިކަހަލަ ބައިގާނޑެއް އުޅޭން ގާނުނަށްވުރެ މަތީގައި. ޚިހިނެއް މިފަދަ މީހުން ވެރިކަމުގަ ތިބެގެން ގާނޫނީ ވެރިކަން ހިނަގާނީ؟؟ މިކަލޭގެ ބުނެފި ކަމެއް ރައީސް މީހާއަށްވެސް ނުކެރޭނެ ހުއްޓުވާކަށް. ޢެކަމު ގާނޫނީ ވެރިކަމެކޯ މި؟؟ ހަޔާތްކުޑަ. ލަދު ކުޑަ ޖަނަވާރު ޔަހޫފީ ބައިގަނޑެއް މީ. !! މާތް ﷲ މިކަލޭގެ އާއި މީކަލޭގެ އަށް ބައިއަތު ހިފާ ބަޔަކަށްވެސް ކާމިޔާބު މިފަހަރު މިންވަރު ނުކުރައްވާންދެއެވެ.

    11
  6. ދުންމރި

    ނަޒާހަތްތެރި ކިހަ ރީތި ބަހެއްތޯ؟ އަންނިއަކވެސް ބޮޑު މުޖުރިމެއެް އެހެންވީމަ މުޖުރިމުންނަށް އިތުބާރު ކުރާނީ މުސްކުޅި ހަރު ބަހެއްގަ އޮވޭ ލަނޑަޔާ ވާނީ ލަނޑަޔާއޭ އެހެންވީމާ މިފެންނަނީ ހަމަ އެ މަންޒަރު ބޮޑ މަންޒރު ފެންނަމުންދާވަރަކަށް މި އެނގެނީ ދައުލަތުގެ ފައިސާ ބޭނުންކުރީ ސިޔާސީ އިސް ފަރާތްތައްކަން ކެޔޮކޭވަރު އެނގޭނީ ބިތު ފަންގިނެެެެެގީމައޭ ބުނެ އުޅޭ އަޑުއިވޭ ކޮނުނުވަރަކަށް ފަސް ގިނަވާނޭ ބުނެ އުޅޭ އެހެންވީމާ ހިޔަނާޓުގެ ހަޤިޤަޔް ހަމަޔަށް ފަޅާއަރާއިރު އެމްޑީޕީ ގެ އިސް މީހުން ބޮޑުބައި ބޭނުންކޮށްފަ ހުންނާނީ މިހާރުވެސް އެފެންނަނީ އެމަންޒަރުގެ ބައެއް

  7. ބުރޯ

    ވަރަށްނަޒާހަތްތެރި ކިތަށް ކޮންޓެއްިނާ ސިގަިރޭޓް އެންމ ކޮންޓެއިނާ އަކަށްހަދާ ކުޅުދުއްފުއްޓަށް ނަސީދު ގެ ވެރިކަމުގާ ބޭލީ .އޯޑިޓް އޮފީހުން ޗެކް ކޮށްގެން ފަޅާ އެރީ ތަިޔައީ ނަސީދުގެ ބައިވެރި އެއްކަން އެގޭ.

  8. އަހުމަދު

    ރައްޔިތުންނޭ ގަމާރުކަން ދޫކޮށްލާ ވިސްނާލާ މީކީ ރަގަޅުބައެއް ނޫންކަން ދައްކާވާހަކަތަކުގެ ތެކޮޅެއްވެސް ނުޖެހޭ (ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތެއްގެ ދިފާޢުގައި ރައީސް ނަޝީދު ނުކުމެވަޑައިގެންފި ) (އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ރައީސް އަމަލު ކުރައްވާ ގޮތަށް ނަޝީދުގެ މަރުހަބާ )

  9. މިއަދު

    އޭސީސީގެ ރިޕޯރޓްގައި ވާމީހުންގެތެރެއިން ތަހުޤީގުކޮށް ނިމިފައުހުންނެވި ރައިސްނަޝީދު ޖަލަށްގެންދެވީ ހެއްކަށްނުފޫޒުފޯރުވާތީކަމަށްބުނާއިރު އެއްކަށްނުފޫޒުފޯރުވޭނީ ތަހުގީގުކޮށް ނިމިފައިވާމައްސަލަތަކުގެތޯ ނޫނީ ބަލަމުންގެންދާ މައްސަލަ ތަކުގެތޯ ސުވާލުކޮށްލަންޖެހޭ ތަހުޣީގުކުރާ އެއްމެން ހެއްކަށް ނުފޫޒުފޯރުވުމަށްތިއްބެވީ މިނިވަންކަމާއެކު ގޭގައި ބޭނުންއިރަކު ބޭނުންމީހަލަށްގުޅައަދި ކައިރިއަށްގޮސް ބޭނުންވާހަކައެއް ދެއްކޭ ރައިސްޔާމީނުގެ ތަހުގީގު ނިމި ކަރުދާސް ބިރިންޓްކުރެވި ސޮއިކުރެވިފައިވާ މައްސަލައިގެ ހެއްކަކީ ކަތުރާހުގައި ލިއެވިފައިވާ އެއްޗަކަށްވާއިރު ލިއުންތަކުގެ ދެލިގަނޑަށްވެސް ރައިސްޔާމީނުގެ ފާރު ފޯރުވަނީ 2018 ގައިގެ އިންތިޚަބަށް ޗާޕްކުރި ވޯޓުކަރުދަހުގެ ފާހަގަ ވެއްޓޭ އުސޫލުންތޯ؟