އައްޑޫ ސިޓީ ގަމާއި ފޭދުއާ ދެމެދު އޮންނަ ކޯޒުވޭ ގައި ބާރުސްޕީޑުގައި ދުއްވައިފައިދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން މޫދަށް ވެއްޓިއްޖެއެވެ.
މިހާދިސާ ހިނގީ ރޭގެ ވަގުތެއްގައެވެ. ކާރު މޫދަށް ވެއްޓުނީ ފޭދޫ އިން ގަަމަށް ދަތުރު ކުރަމުން ދަނިކޮށެވެ. ކާރު މޫދަށް ވެއްޓުނު އިރު ކާރުގައި އިނީ އެންމެ މީހެކެވެ. އޭނާ ވަނީ ކާރު މޫދަށް ވެއްޓުމާއި އެކު ސަލާމަތް ވެފައެވެ.
ނަމަވެސް އޭނާ މޫދުން އަރާ ކާރުގައި އިތުރު މީހަކު އިންކަމަށް ބުނުމުން ފުލުހުންނާއި އާއްމުން ވަނީ ކާރުގައި ވަލެއް ޖަހައިގެން ކާރު ރަށާއި ކައިރިއަށް ގެނެސް ކާރުގެ އެތެރެ ބަލާފައެވެ. އޭގައި އިތުރު މީހަކު ނެތިގެން އެސަރަހައްދުގެ މޫދު ވެސް ބެލިއެވެ.
ފަހުން އެނގުނު ގޮތުގައި ކާރުގައި އިން ކަމަށް ބުނި މީހާ އޮތީ ގޭގައި ނިދާފައެވެ.
އެހެންވީމާ ހަމަޔަކު ނޫންތާ އޭނަ އިނީކީ؟ ޓެސްޓް ކުރާންޖެހޭ.
މަދީ ބޮވޭލެއް
ދުއްވްން އިންމީހާ އިނީ ހަމަޔަކު ނޫންތާ!
އެހެންވީމާ އޭނާ ކާރުދުއްވީ ނިދާފައި އިނދެގެންކަމަށް ވަރަށްބޮޑަށް ބެލެވޭ. އަދި ހުވަފެނެއްގެ ތެރޭގައި އިންކަމަށް ވައްތަރީ
ޑްރައިވަރަށް ކާރުގައި 4 ފުރޮޅު އިންކަން އެނގޭބާ؟
ކާރު ވެއްޓުމާ ގުޅިގެން ޑްރައިވަރު ބޯ ސަކަރާތްވީ ތޯއްޗެ.. ފުލުހުން ލައްވާ އެހާ ބުރަ މަސައްކަތް ކުރާކައް ނުވާނެއެއްނު.. ކާރު ވެއްޓުނު ގަޑީގަ ގޭގަ ނިދަން އޮތް މީހަކު ފެނުނީމަ ހަމަ ހެވެނީ....
އައްޑޫ ސިޓީގެ ގިނަ މީހުންނަކީ ވަރަށް ރީދޫ މީހުން އެހެންވެ އެވެދާނެ މިއަދު މީޑިއާއަށް ފެނުނު މަންޒަރެއްކަމުގައި ވިއަސް ކުރިން ފެނުއަޑީގައި ބޭއްވި ވަޒީރުންގެ މަޖިލަށް މިނިސްޓަރުން ގެންދިޔަކާރުކޮޅުކަމަށް ދަތުރުތައް ނިންމާލަފައި އަނެއްދިވެހިރާއްޖެއިން އަދިކިރިޔާ އެނބުރި އާދެވިނީ ކަމުގައި
ކާރު އަވަހަށް ނަގަންވެގެން
އައްޑޫ މީހުން ބުރާންތި ވިޔަސް ތިހާވަރަށް ބުރާންތި ވާނެކަމަށް މީގެ ކުރިއަކުން ހިއެއް ނުކުރަން....
ތަ ބެރާންތި ވަރަ ދެރައީ..ބޮލައް ހަތްބެރަ ވެއްޓިގޮސް ހިށް އެއްތައްތޭ
އަޅެފަހެ ކާރުގަ އެހެން މީހަކު އިންނާނެކަމަށް ބުނީމަ ކައޭމެން ޤަބޫލުނުކުރަނީ.... އިސްތިއުފާ ދިނީ ބޮލުގަ ބަޑިޖެއްސީމައޭ ބުނީމަވެސް ޤާބޫލުކުރީމެންނު....
ހާދަ ދިގު ކޯޒުވޭ އެކޭ ބާރު ސުޕީޑުގަ ދުއްވަން
ތިވާނީ އެއްކަލަ ދެރަށް ދޭތެރޭން ފެންނަ ކުއްޖާކަމަށް
ގަހު ކުރިޔައް އަރާ ތިހުންނަނީ.. ކާރުވެސް ހަމައިންނެއްޓިފައި ތިހުރީ.
މީހަކު އިންވާހަކަ ބުނީމާތާ ކާރު އަވަހަށް އެއްގަމަށް ގެނެވޭނީ. ގުޑްއައިޑިއާ.