ސަރުކާރުން ބަހަން ނިންމާފައިވާ 5000 ހެލްމެޓް ބެހުމަށް ބާއްވާ ހާއްސަ ޕްރޮގްރާމެއް އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެ ޕްރޮގްރާމަކީ މަގުމަތީގެ ރައްކާތެރިކަން ރައްޔިތުންނަށް ހޭލުންތެރި ކުރުމުގެ ގޮތުން ބާއްވާ މައުލޫމާތުގެ ފޯރުކޮށްދިނުމަށް ބާއްވާ ޕްރޮގްރާމެއް ކަމަށެވެ.

އަދި ހެލްމެޓް ބެހުމަށް ނިންމާފައި ވަނީ، އުޅަނދު ދުއްވުމުގައި މަގުމަތީގެ އަހްލާގާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ޓަކައި ބާއްވާ ދެގަޑި އިރުގެ ތަމްރީން ސެޝަންގައި ބައިވެރިވާ ފަރާތްތަކަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި އެ ޕްރޮގްރާމްގެ ބޭނުމަކީ އުޅަނދު ދުއްވާ ފަރާތްތަކުގެ ހުނަރާއި ގާބިލްކަން އަދި މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދިނުމާއި، އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލް ބަޔަކަށް ހެދުމާއި ސްޕީޑް ކުރުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާކަމެއްކަން އުޅަނދު ދުއްވާފަރާތްތަކަށް އަންގާދިނުން ކަމަށެވެ.

އަދި ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުންވެސް ހިމެނޭކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމްގެ މާލޭގެ އިތުރުން، އައްޑޫ ސީޓީ އާއި، ހައްދުންމަތީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނަށާއި އެ ސަރަހައްދުތަކުގައެވެ.

އަދި މި ޕްރޮގްރާމް ބައިވެރިވުމަށް ނަންނޯޓުކުރުން ޖެހެއެވެ. އެކަމަށް އެދި ވެބްސައިޓް ގައި މާދަމާ ހުޅުވާލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތޯތާ

    ހެލްމެޓް ލިބޭނީ ކޯހެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ބުނެފި

    1
    1
  2. ގަންޏާ

    ކޮބާ އަހަރެމެން ނިކަމެތި ރާއްޖެތެރޭގެ ރައްޔިތުންގެ ހައްގު. ރައްޔިތުން ތިބީ މާލެއާއި އައްޑޫ ގައެއް ނޫން

    1
    1
  3. ހާމާން

    ޢައިޝާ މެޑަމް ގެ އަތުން ބަހާނަމަ...ޝީޒް ސްމޯކިން ހޮޓް...