ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްގައި އެވިޑް ކޮލެޖުން ބައިވެރިވެފައެވެ.

ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔެވޭނީ ސަރުކާރުގެ ދެ ޔުނިވާސީޓީން އެކަންޏެވެ. އެއީ ގައުމީ ޔުނިވާސީޓީ އާއި އިސްލާމިކް ޔުނިވާސިޓީއެވެ. އަމިއްލަ ކޮލެޖުތަކުގައި ފުރަތަމަ ޑިގްރީ ހާސިލުކުރާ ދަރިވަރުންގެ ކޯސް ފީގެ ބޮޑު ބައި ސަރުކާރުން ދައްކައިދޭނެއެވެ.

މިއަދު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގައި އޮތް ރަސްމިއްޔާތެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އެވިޑް ކޮލެޖާއި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ޑިރެކްޓަރ ޖެނެރަލް އަބްދުއްރަހީމް ހަސަންއެވެ. އަދި އެވިޑް ކޮލެޖުގެ ފަރާތުން ސޮއިކުރީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދުއެވެ.

އެވިޑް ކޮލެޖަކީ، ސަރުކާރުގެ އެ ޕްރޮގްރާމްގައި ބައިވެރިވި ފުރަތަމަ ޕްރިވައިޓް ކޮލެޖެވެ. އަދި މިހާރުން ފެށިގެން އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް ހުޅުވާލާފައިވާކަމަށް އެ ކޮލެޖުން ބުންޏެވެ. އެކަމަށް އެދި ފޯމް ހުށަހަޅަން ޖެހެއެވެ.

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތުގެ އުސޫލުގައި ބުނެފައިވާގޮތުގައި، އަމިއްލަ ކޮލެޖުތަކުންވެސް، މި ފުރުޞަތުގެ ދަށުން ކިޔެވުނުކަމުގައިވިޔަސް، އެތަންތަނުގައި ކިޔަވާ ކުދިންނަށް ސަރުކާރުން ދޭނީ ޓިއުޝަން ފީއެކެވެ. މި ޓިއުޝަން ފީ އަކީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި މިންވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޫސަ

    މިހާރު ނޫސްތަކުގައިވެސް ލިޔަނީ ފުރަތަމަ ޑިގްރީއަށް އެކަމަކު ވަޢުދު ވެފައިވަނީ ފުރަތަމަ ޑިގްރީއާ ހަމައަށް ނޫސްވެރިން ވެސް މިހަޤީގަތް އޮޅުވާލަން މަސްކަތް ނުކުރައްވާ

    6
    1
  2. މޫސަ

    މި ގޮތަށް މިކަން ކޮށްފަ ވެސް ބުނާނެ ވަޢުދު ފުއްދައިފީމޭ. މިހާރު ތިޔަ ފުއްދާގޮތް އެންމެ ވައްތަރީ ޔާމީނުގެ ބެޔަސް ނުބެޔަސް ވައުދާއި ކޮންމެ ޢާއިލާއަކަށް ޑޮކްޓަރެއް ދިނުމުގެ ވައުދާ. ސޯލިހު މީހަގެ ބަހާ ޢަމަލު ވެސް ދިމާވާން ޖެހޭނެ ވައުދު ވެފައި އޮތީ ޑިގްރީއާ ހަމައަށް ހިލ ެ

  3. މޫސަ

    ރައީސްގެ ވަޢުދާ އެއްގޮކަށް ނޫން އެކަން އެކުރަނީ

  4. މިއުރާޖް

    ވަޢުދުވީ މަތީތަޢުލީމު ހިލޭކުރުން. ހަމައެކަނި ސަރުކާރުގެ ތަންތަނުން ފުރަތަމަ ޑިގްރީއަށް ކިޔެވުމެއްނޫން. މަތީތަޢުލީމަކީ ޑިޕޮލޮމާއިންފެށިގެން ޕީއެޗްޑީއާ ހަމަޔަށް! އެ ވައުދު އެބަ ފުދޭތޯ؟ ވަޢުދުވީ ހުރިހާދަރިވަރުންނަށް ހެނދުނުގެ ނާސްތާދިނުމަށް. އެ ވަޢުދު އެބަ ފުދޭތޯ؟ ޕޮއް

  5. ހ

    ވައުދުވީ ފުރަތަމަ ޑިގުރީއަށް ކިޔަވާ އެންމެންނަށްވެސް ދޭން. އެކަމު މިހާރު އެވެސް އޮތީ 3 ބައިކޮށްފަ އެއްބަޔައް ދޭން. ފުރިހަމަޔައް ކަންކަން ނުކުރެވެޔާ ކަންކަން ކުރާން ވައުދު ނުވާނީ.