ފުވައްމުލަކުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެ އެކެއްގެ ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން އެބަދެެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ ސައިކަލަކާއި ބައިސްކަލެއް ޖެހިގެންނެވެ. ސީރިއަސް އަނިޔާތަކެއް ލިބުނީ ބައިސްކަލް ދުއްވަން އިން ބަންގްލަދޭޝް މީހަކަށެވެ.

އެކްސިޑެންޓްވި ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ނަމަވެސް ސައިކަލް ދުއްވަން އިން މީހާގެ ހާލު ސީރިއަސްއެއް ނޫނެވެ.

އެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ހާލަތާއި ގުޅޭގޮތުން ފުވައްމުލަކު ހޮސްޕިޓަލްގެ ބަހެއް އަދި ނުލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލުން ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ބަހެއް ވެސް މިއެކްސިޑެންޓާއި ގުޅޭ ގޮތުން ނުލިބެއެވެ.

ރޭ ވެސް ފުވައްމުލަކުގައި ދެ ސައިކަލެއް ޖެހިގެން ތިން މީހަކަށް އަނިޔާވިއެވެ.