އެމްއެމްޕީއާރުސީ ގެ ރިޕޯޓް އޭސީސީން ހާމަކުރިފަހުން، ރައީސުލްޖުމޫހުރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހް އެޅުއްވި ފިޔަވަޅުތަކާއި ގުޅިގެން، "ޒީރޯ ޓޮލަރެންސް އޮން ކޮރަޕްޝަން" މި ސްލޮގަން ވެރިކަންކުރާ އެމްޑީޕީގެ އެކްޓިވިސްޓުންގެ ޓްވީޓް ތަކުގައި ވައިގައި ހިފާފައިވާއިރު، ނިމިދިޔަ ސަރުކާރުގައި އެތައް ބަޔަކަށް ފްލެޓް ދޭނެ ކަމަށްބުނެ، ވަގު ރަޖިސްޓްރީ ހައްދައިގެން ފައިސާ އަތުލި މައްސަލަ، ހަމަ މިދެންނެވި ޒީރޯ ޓޮލަރަންސް އޮން ކޮރަޕްޝަންގެ ދަށުން ތަޙްޤީޤް ނުކުރެވެނީ ކީއްވެބާއޭ ސުވާލު އުފެދެއެވެ.

ފްލެޓް ދޭނެ ކަމަށް ބުނެ ފައިސާ އަތުލާފައި ހައުސިން މިނިސްޓްރީގެ ނަމުގައި ވަގު ރަޖިސްޓްރީތަކެއް ހަދައިދޭތީ، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް 2018 ވަނަ އަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ. އެނޫސް ބަޔާނުގައިވަނީ މިމައްސަލައާއި ގުޅިގެން، މިކަމުގައި ބައިވެރިވެފައިވާ މިނިސްޓްރީ މުވައްޒަފުންނާއިމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާއިބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ބުނެފައެވެ.

މި ނޫސް ބަޔާނާއި ގުޅިގެން ހަމަ އެދުވަހު ހައުސިން މިނިސްޓްރީގެ ދެ ކޯޑިނޭޓަރަކު ރައީސުލްޖުމުހޫރިއްޔާ ވަކިކުރައްވާފައިވެއެވެ. އެމީހުން ވަކިކުރެވިފައިވަނީ ކޮން ސަބަބަކާހުރެ ކަމެއް ރައީސް އޮފީހަކުން އަދި ހައުސިން މިނިސްޓްރީން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހައުސިން އިން ވަކިކުރެވުނު ދެ ކޯޑިނޭޓަރުންނަކީ ހދ. ހަނިމާދޫ އަށް ނިސްބަތްވާ ނާސިރު އާއި ގއ.ގެމަނަފުށީ އަޖުވަދު މުޙައްމަދެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ދެކޯޑިނޭޓަރުން ވަކިކުރެވިފައިވަނީ ފްލެޓްތައް ދޭނެ ކަމަށްބުނެ، އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލި މައްސަލައިގައެވެ.

ރައްޔިތުންގެ ޙައްޤަށް އަރައި، ޚާއްސަކޮށް ދައުލަތުގެ މުއައްސަސާއެއް ބޭނުންކޮށްގެން މީހުން "ފޭރިގަންނަ" މީސްމީހުންނާއިމެދު ފިޔަވަޅު ނޭޅުމަކީ ދައުލަތުގެ މުއައްސަސާތަކާއިމެދު ރައްޔިތުންގެ އޮންނަ އިތުބާރު ކުޑަވާ ސަބަބެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފްލެޓް ދޭނެ ކަމަށްބުނެ އޮޅުވާލައިގެން މިމީހުން ވަނީ ގިނަ އަދަދެއްގެ ފައިސާ އެތައް ބައެއްގެ އަތުން އަތުލައިފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، މިމައްސަލައަކީ ދައުލަތުގެ މުއައްސަސާ އެއްގެ ނަން ބޭނުންކޮށް ހިންގާފައިވާ ބޮޑު ޚިޔާނާތުގެ އަމަލަކަށްވާތީ، މިކަން އަވަހަށް ތަހްޤީޤްކޮށްދެއްވައި ނިންމަވައި ދެއްވުން އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ މިހާރުގެ ޕޮލިސް ކޮމިޝަނަރގެ އަރިހުގައި އެދިފައެވެ.

ނަމަވެސް "ވަގުތު" އިން މިކަމާއި ބެހޭ ގޮތުން ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުން އަދި މިހާތަނަށް މައްސަލައިގެ ތަޙްޤީޤާއި ބެހޭ މައުލޫމާތު ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަސްވެރިޔާ

    ތިމަށްސަލަ ޕޮލިހުން ވާނީ ރ.ޔާމިންގެ ވެރިކަމުގައި ޕޖ އަށް ޖީއަށްނުވާފަތާ.. ނަމަވެސް ޕީޖީ ޕިޖެއޮން އަކަށްވީމަ ވާގޮތް. ސިޔާސީ ރީދޫ ލީޑަރުން ފަނޑިޔާރުންގެ އިސްތަށިފުޅުގައި ބަދުނާމުއަޅުވާއިރު ޕީޖީގެ ތިއްބެވި ޕޮރޮސިކިއުޓަރުންގެ އޮތީ އަޅެފަހެ ހަމަ ފަސްބާހަމަ ސާފް ހުދު ފޭރާމެއްތޯ. ރާއްޖޭގެ ޕީޖީއަކަށް ބިޝާމާ ހުރެގެން ރަގަޅުކުރެވޭނެ އެއްވެސްކަމެއްނެތް. އޭނަޔަކީ ހުރިހާ ދިޔަވަރަކަށް ބަރާބަރަށް ފެތިގެން ރައްޔިތުންގެ ހައްގުތަކަށް ނުބަލާ މީހެއް. ރ.ނަޝީދު.ރ.މައުމޫން. ދެން އެއިރު ތިއްބެވި ބޭފުޅުންނާއިމެދު އަދި މިހާރު ރ ޔާމިނާއި މެދުވެސް ހައްގުނޫން ދައުވާތަކެއް މަގާމުގެ ދިފާއުގައި އުފުލާފައިވާ ބޭފުޅެއްކަމަށް ރައްޔިތުން ދެކޭ.

    18
    2
  2. ތިލަދުންމަތި

    ތީ ނިމިދިޔަސަރުކާރުން މުއިއްޒު އަޑީގަހުރެގެން ހިންގާފަ އޮތް ބޮޑު ޖަރީމާއެއް.

    5
    27
  3. ޙުސެން

    ތިކަނ ވެސް އަދި ބަލާނެ. މަޑުކޮށްލާ.

    5
    12
    • އަން

      މައްސަލަ ބަލާފައި ވަޒީފާއިން ކަނޑާލި ދެމީހުންނަށް އަލުން ވަޒީފާދީފައި އަދި ވޭތުވެދިޔަ މުއްދަތުގައި މުސާރަ ނުދެވިހުރި ފައިސާވެސް އެއްފަހަރާ ދިނީމާ ހުންނާނީ ޒީރޯ ޓޮލަރެންސް ވެފައި. ދިވެހި ރައްޔަތުން ފެލާލާގެން ޖީއެސްޓީގެ ނަމުގާ ނަގާ ފައިސާއަށް ހަދަނީ ހަދާނެގޮތެއް. ޔާމިނު ކެޔަސް ގައުމު ތަރައްގީ ކުރި. ރައްޔަތުންނަށް ލުއިފަސޭހަގޮތް ހޯދާދިން. މިވެރިން ކަނީ ރައްޔަތުންނަށް އުދަގޫ ކުރަމުން ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން އަމިއްލަ ޖީބު ބަރުކުރަނީ

  4. މުގުރާން

    އެކަލޭގެ ބުނާ އެއްޗިހި ފަތުރަން ސައިކަލާ ކާރާއި މުސާރަ ދީފައި މީހުންލާފައި ތިބޭ ހެޔޮނުބައި އޮޅުވާލަން!

    8
    1
  5. އަފީ

    ފްލެޓް ދޭނަމޭ ކިޔާފަ ހައުސިންގ މިނިސްޓްރީގެ ކުރީގެ މުވައްޒަފު ނާސިރު ވަނީ އަޅުގަނޑު އަތުން 325،000 ރ ނަގާފއި އަދި ވަގު ރަޖިސްޓްރީ ދީފައި. ޖުމުލަ މީނަ ވަނީ 28 މީހުން އަތުން މިގޮތަށް ފައިސާ ނަގާފައި. މީނަ ހުރީ މިހާރު މީނަ ރަށުގައި ހަނިމާދޫގައި ފިލާ.

  6. މަރީ

    މި ނާސިރު ވަނީ އަހަރުން އަތުންވެސް ފްލެޓް ދޭނެކަމަށް ބުނެ 275،000 ރ ނަގާފައި ވަގު ރަޖިސްޓްރީ އެއް ދީފައި. މިކަން ބެލެންޖެހޭ މީ ވަރަށްބޮޑު އަނިޔާއެއް

  7. ހިދޫ

    ހައުސިންގ މިނިސްޓްރީގެ މި ދެ މީހުން ވަނީ މަގޭ އަތުން 275،000ރ ނަގާފައި ފްލެޓް ދޭނަމޭ ބުނެ މިހާރުވަނީ ފިލާފައި، މި މައްސަލަ ބެލެންޖެހޭނެ ސަރުކާރުން މި ފައިސާ މި ރައްޔިތުންނަށް ހޯދާ ދޭންޖެހޭނެ.

  8. އައިސަތު

    މަގެ އަތުން ވެސް ވަނީ 275،000 ރުފިޔާ ނަގާފައި،. މިކަން ބެލެބްޖެހޭ

  9. ސުނޭ

    އަހަރެން މަންމަ އަތުން ވަނީ 250،000 ރުފިޔާ ނަގާފައި

  10. ކިންގފިޝަރ

    ކޮންމެ ސަރުކާރަކުން ފައިސާގައި ޖެހިފައިވީނަމަވެސް އެމައްސަލަ ބެލެންޖެހޭނެ. ކުރީގެ ސަރުކާރުތަކުގެ މައްސަލަތައް ހުދުކާފޫރަށްވެފައި ވަކި މީހެއްގެ ސަރުކާރެއްގެ މައްސަލަ ބަލަން ހިފާފައިހުރުމުން ދޭހަވަނީ ޒާތީ ތަޢައްޞުބެއް އޮވެގެން ކުރާކަމެއްކަަށް. ހަަމަހަމަ އުސޫލުން ޒީރޯ ޓޮލެރެންސް ތަންފީޒުވާންޖެހޭނީ.