މިއަދު އައިޖީއެމްއެޗްގެ އެތެރެއަށް ޕެޕަ ސްޕްރޭ ޖެހުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކުން ދިފާޢު ވުމަށް ފުލުހުން ބަޔާނެއް ނެރެފިއެވެ. ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ވަނީ އައިޖީއެމްއެޗްގެ އެތެރޭގައި މިއަދު ހަވީރު ތިބި ކުރީގެ ރައީސް ޔާމީންގެ ސަޕޯޓަރުންގެ ގަޔަށް ޕެޕަ ސްޕްރޭ ޖެހިކަމަށް އެއްބަސްވެފައެވެ.

މިއީ ހޮސްޕިޓަލެއްގެ ތެރެއަށް ފުލުހުން ޕެޕަ ސްޕްރޭ ޖެހި ފުރަތަމަ ފަހަރެވެ.

ފުލުހުން ވިދާޅުވީ އައިޖީއެމްއެޗްގައި ހިންގަން އުޅުނު ހަމަނުޖެހުން ހުއްޓުވަން ފުލުހުން ޕެޕަރ ސްޕްރޭ ބޭނުން ކޮށްފައި ވަނީ އެހާލަތުގައި ބޭނުން ކުރަން ޖެހުނު އެންމެ ކުޑަ މިންވަރަކަށެވެ.

ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވީ ޔާމީން ޑޮކްޓަރަށް ދެއްކެވުމަށް ގެންނެވި ވަގުތު އެމަނިކުފާނަށް ތާއިދު ކުރާ ބަޔަކު ހޮސްޕިޓަލްގެ ހުޅަނގު ގޭޓުން ވަދެ، ހޮސްޕިޓަލްގެ ކާރޑިއޮލޮޖީ ސެންޓަރުގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމުން ފުލުހުން ތަކުރާރުކޮށް އެސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ނުވަނުމަށް އެންގުމުން ވެސް ނުކިޔަމަންތެރިކަން ދައްކާ އަޑުގަދަކޮށް، ގަދަކަމުން ހޮސްޕިޓަލްގެ ތެރެއަށް ވަދެގަތުމަށް އުޅުމުން އެކަން ހުއްޓުވާ ކޮންޓްރޯލް ކުރަން ޕެޕަރ ސްޕްރޭ ބޭނުން ކުރަން ޖެހުނު ކަމަށެވެ.

ފުލުހުން ވިދާޅުވީ ހޮސްޕިޓަލް ފަދަ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ތެރޭގައި އެއްވެ އަޑުގަދަކޮށް ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ކަންކަން ކުރުމަކީ އެތަންތަނުގައި ތިބޭ ބަލި މީހުންނަށާއި ހިދުމަތް ފޯރުކޮށްދެ ފަރާތްތަކަށް ވެސް އުނދަގޫވެ، ޚިދުމަތް ދިނުމަށް ހުރަސް އެޅޭކަމެއްކަމަށް ވާތީ އާއި ހޮސްޕިޓަލްތަކަކީ އެއްވެސް އުޅުމާއި ބެހޭ ޤާނޫނުގައި ވެސް އެއްވުން މަނާ ތަނެއްކަމަށް ކަނޑައަޅާފައިވާ ތަންތަނަށް ވާތީ އެއްވެސް ފަރާތަކުން ހޮސްޕިޓަލް ތެރޭގައި އެއްވެ އަޑުގަދަކޮށް ހަޅޭއްލަވާ ނުހެދުމަށް ދަންނަވާ ކަމަށެވެ.

އަދި ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ވެސް ހޮސްޕިޓަލްގެ މެނޭޖްމަންޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި ސަލާމަތީކަންކަން ބަލަހައްޓާ ފަރާތުން ދޭ އިރުޝާދާއި އެއްގޮތައް އަމަލު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އައިޖީއެމްއެޗްގައި ފުލުހުން ޕެޕަރ ސްޕްރޭ ބޭނުން ކޮށްފައި ވަނީ އެހާލަތުގައި ބޭނުން ކުރަން ޖެހުނު އެންމެ ކުޑަ މިންވަރަކަށް ކަމަށް ފުލުހުން ބަޔާނުގައި ވިދާޅުވި ނަމަވެސް ފުލުހުން ވަނީ ފުލުހުން ބާރުގެ ބޭނުންކުރާ ހާލަތްތަކުގައި ބާރު ބޭނުން ކުރެވުނު ގޮތް ރިވިއު ކުރުމަށް އެކުލަވާލެވިފައިވާ "ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީ" އިން މިއަދުގެ ހާދިސާގައި ވެސް ފުލުހުން ބޭނުން ކުރި ބާރާއި އެބާރު ބޭނުން ކުރެވުނު ހާލަތު ދިރާސާކޮށް ރިވިއު ކުރާނެ ކަމުގެ ކަށަވަރުކަން ބަޔާނުގައި ދީފައެވެ.

މިއަދު އައިޖީއެމްއެޗްގައި ތިބި މީހުންގެ އަދަދާއި އެމީހުންގެ ހަރަކާތްތައް ހުރި ގޮތައް ބަލާއިރު އެއަށް ވުރެ މާގިނަ މީހުން އެއްވެފައި އޮންނަ މާބޮޑަށް ރުޅިވެރިކަން ފާޅުކުރަމުންދާ އެއްވުންތައް ވެސް ފުލުހުން މީގެ ކުރިން ޕެޕަ ސްޕްރޭ ބޭނުން ނުކޮށް ރޫޅާލާފައިވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިއަދު ފެޕަ ސްޕްރޭ ބޭނުން ކޮށްފައި ވަނީ މިއަދު އައިޖީއެމްއެޗްގައި ހަރަކާތްތެރިވެފައި ވަނީ ތަޖުރިބާ މަދު ވަރަށް ޒުވާން ފުލުހުންތަކަކަށް ވާތީ ކަމަށް ބެލެވެއެވެ.

މިއަދު އައިޖީއެމްއެޗްގައި ޕެޕަ ސްޕްރޭ ބޭނުން ކުރުމުން ފާޑުކިޔަމުން ދާތީ އެކަށީގެންވާ ވަރަށް ބޮޑަށް ބާރުގެ ބޭނުން ކުރާ ފުލުހުންގެ މައްސަލަތައް ބަލާނެ ކަމަށް އެކްޓިން ކޮމިޝަނަރ މުހައްމަދު ހަމީދު ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. ޖަންގަލީ ޖަނަވާރު

    ސެންޓު ޖެހީ

    14
    1
  2. ފަތްމިނި

    ކަލޭމެންގެ ކަންތައް ދުނިޔޭގެ އެންމެ ހައްދުފަހަނަ އަޅާފައިވާ މީހުންނަށްވެސް ނުބައިވެއްޖެ، މިއީ ބައިނަލްއަޤުވާމީ މިންގަނޑު ތަކާއި ޚިލާފަށް ހިންގާފައިވާ ބޮޑުޖަރީމާއެއް، ގައުމުދެކެ ލޯބިވާ ދަރިއެއްގެ ހައިސިއްުޔަތުން މި ޖަރީމާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން، އަދި މިފަދަ ޢަމަލުތައް ތަކުރާރު ނުކުރުމަށް ގުޅުންހުރި މުއައްސަސާތަކަށް އިލްތިމާސްކުރަން، މިއީ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންގެވެސް ގައުމު. މާތްﷲ މިލޮބުވެތި ވަޠަން މިނިވަންކަމާއި ސުލްޙަވެރިކަންމަތީ ދެމިއޮތުމުގެ ހެޔޮތައުފީޤު މިންވަރުކުރައްވާށި.

    20
    1
  3. Anonymous

    މިގައުމުގައި ސިޔާސީ ކަންކަން ހުއްޓުވުން ނޫންކަމެއް ނުކުރެވެ.

    15
  4. ބޮއިކަޓް ޢަލީ

    މިގައުމުގައި ސިޔާސީ ކަންކަން ހުއްޓުވަން އެކަނި ފުލުހުނަށް މަސައްކަތް ކުރެވެނީ، ސަރުކާރުންވެސް ސިމެންތި ބަސްތާ ވެއްޓުމުން 1 ދުވަހަށް ފޯރި އެރުވި، ގަލެއް ވެސް ވެއްޓިއްޖެ މީހަކުވެސް މަރުވި އެކަމު ބޮޑުކަމަކަށް ނުވި، އިމާރާތް ތަކުން ދަގަނޑު ހޮޅިއާއި ކަޓިންގބޯޑުވެސް ވެއްޓެނީ، ދެން ކަންބޮޑުވާނީ އެއްފަހަރާ 2 ބަސްތާވެއްޓުނީމަ ނޫނީ ދެ މީހުން އެއްފަހަރާ މަރުވީމަ، އެމީހަކު ހިތައްއެރިތާކު ޕާކުކޮށް އުޅަނދު ފަހަރުގައި އުދުހިފައި އުޅެންވީ

    20
    1
  5. ޒުވާނާ

    ޕޮލިސް ކަމިޝަނަރޫ ތީ ބޮޑުވަރު.. ޕެޕަރ ސްޕްރޭ ނުޖަހަ މައިތިރިކުރެވޭނެ ޤާބިލްކަމެއް ފުލުހުންގެ ކިބައިގައި ނެތީތޯ.؟

    20
    5
  6. Anonymous

    ފުރަތަމަފަހަރަށް ހޮސްޕިޓަލްތެރޭގައި ވަގުންތަކެއް މުޒާހަރާކުރީއޭ ލިޔެބަލަ

    6
    27
    • Anonymous

      ކަލޭމެންގެ ބޮޑު ވަގު ދިޔައޭ ބުނަންވީނު؟

      6
      5
  7. ޜާއްޖެ އިސްލާމް

    މިޔަދު ހާދިސާއިން ޔަގީންވަނީ ސަރުކާރުން.ފުލުހުންގެ އަގުވައްޓާލަން ރާވާފަވާ ރޭވުމެއް ކަމަށެވެ.

    ރައީސް ޔާމީން ހޮސްޕިޓަލަށް ގެންނައިރު ޔާމީންގެ ސަޕޯރޓަރުން ހޮސްޕިޓަލް ކައިރިއަށް އަންނާނެކަން ސަރުކާރައް އެނގޭނެއެވެ އެހެންކަމުން ހޮސްޕިޓަލް ސަރަހައްދު ދުރާލާ ސެކިއުރިޓީ ވަރުގަދަކުރުމަކީ ޕޮލިހުގެ ޒިންމާއެކެވެ. އަދި އެއީ އަބަދުވެސް ޕޮލިހުން ކުރަމުންއަންނަ ކަމެކެވެ

    އެހެންނަމަވެސް މިޔަދުގެ އެޢަމަލަކީ ރޭވިގެން ސަރުކާރުން ހިންގި ވަރައް މުޑުދާރު ޢަމަލެކެވެ.
    ސިޔާސީ އިދިކޮޅުލީޑަރ ބަންދުކޮއްގެން ތަނަކަށް ގެންދާނަމަ އެފަދަތަނެއްގެ ސިކިއުރިޓީ ބަލަހައްޓަން އިސްކޮއް ތިބެންވާނީ ތަޖުރިބާ ލިބިފަތިބި ޕޮލިހުންނެވެ.

    އެހެންނަމަވެސް އެކްޓިންގ ސީޕީ ހަމީދުގެ ވާހަކަ ހުރިގޮތުން މިތަނަށް ޕޮލިހުން ފޮނުވާ އަދި ޕޮލިހުންނަށް ކޮމާންޑްދީ ހަދާފަވަނީ ޕޮލިހުންގެ ބޭރުން ސަރުކާރުގެ ސިޔާސީ އެޖެންޑާގެ ތެރެއިންނެވެ.

    އެހެންކަމަުން މިޔަދު މިވަނީ ނިކަންރީތިކޮއް ރޭވުން އަތަށް ގޮވާފައެވެ.
    މިހާރު ފެެންނަފެނުމުން ސަރުކާރުން މުޅިންވެސް އަޅާނީ ޅައެއްޗިއްސެވެ
    ސަރުކާރުގެ އަސްލު މަގުސަދަކީ މިރޭގެ ކާނިވާސަރަހައްދުގެ އެއްވުމަށް ހުރަސްއެޅުމެވެ. އެކަން ޔަގީންވަނީ ޔާމީންއަށް އެނގުމަކާނުލައި ހޮސްޕިޓަލަށް ގެނައުމާ މިރޭގެ އެއްވުން ކުރިޔައްދަނިކޮއް ކަރަންޓް ކަނޑާލުމެވެ

    18
    2
  8. ހެހެެހެެ

    ތި ހަމީދުއަށް ބެލޭނެ އެއްވެސް މައްސަލައެއް އޮތްކަމަކަށް ނުދެކެން އަދި ތީކީ ޤައުމަށް އިޚްލާސްތެރި މީހެކޭވެސް ބުނެވޭކަށް ނެތް ހަމީދަށް ޤާނޫނުގެ ކުޑަ ތަން ކޮޅެއް އެގޭ ނަމަވެސް އެގޭނެ އިޖްރާތުތައް ފުރިހަމަ ނުވުމަކީ ކުއްވެރި ނުވާކަމުގެ ހެއްކެއް ނޫންކަން އެހެން ކަމަށް ވާއިރު އެންމެ ފުރަތަމަ ބަލަންވީ އަމިއްލަ މީހާގެ މައްސަލަ، އެއަށްފަހު ބަލަން ތިތަނުގެ މިނިސްޓަރުގެ

    10
    1
  9. ނަޓުވަރު

    އަނިޔާވެރި ސަރުކާރު ހަމަ މިހާރު އިސްތިއުފާދިނުނަށް ގޮވާލަން ދުނިޔޭގައި އަދި މިހާތަނަށް ޕެޕަރސުޕުރޭ ހޮސްޕިޓަލަކަށްޖެހި ފުރަތަމަ ފަހަރު ކަމުގައި ދުނިޔޭގެ ނޫސްތަކުގައި ފާހަގަކޮށްފައި އެބަހުރި މިއީ އަޅާނުލާ ދޫކޮށްލައިގެން ވާނެކަމެއްނޫން މިކަމުގައި ހަރަކާތް ތެރިވި ފުލުހުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ އަދި ޕޮލިސް އިންޓަގުރިޓީ ކޮމިސަނުން މިކަން ނުބަލައިފިނަމަ ސަރުކާރާ ދެކޮޅަށް ރައްޔަތުން ތެދުވަން ޖެހޭނެ .

    11
    2
  10. ޏަމްނަމް

    ހޮސްޕިޓަލަށް އެއްވީ ކީއްކުރަން.

    4
    15
    • Anonymous

      މިސްކިތަށް އެއްވަނީ ކީއްކުރަން؟ މަގު ބަންދު ކޮށްގެން މުޒާހަރާ ކުރަނީ ކީއްކުރަން؟ ބޮޑެތި މަގުތަކުގައި ދުއްވާ އެއްޗެއްސަށް ނުދުއްވޭ ގޮތަށް މަގު މެދުން ހިނގަނީ ކީއްކުރަން؟ ކަލޭމެން ގޮވާ ކޮންމެ އެއްޗަކަށް ގޮވޭނެ ކަން ހަނދާން ކުރާތި.

  11. އޭނާރކީ

    ރަގަނޅު ހަމަ .ހާދަ އުދަނގޫ ބޮޑު ބައެކޭ

    4
    16
    • Anonymous

      މޑޕ މީހުން ގޮވާ ހަޑި މުޑުދާރު އެއްޗެއްސަށް ވުރެ އުނދަގުލެއް ނޫން އަދިވެސް

  12. ާއަހަންމާ

    ޢެއީ އަނިޔާވެރިކަން ނައްތާލުން ކަމަށް ވެދާނެ މިއީ އަނިޔާވެރިކަމާ ދެކޮޅަށް އައި ސަރުކާރެއް މިސަރުކާރުގަ މީހުންނަށް އަނިޔާ އެއް ނުޖުރާނެ އެހެންވީމާ މިސަރުކާރުން ހޮސްޕިޓަލަށް ޕެޕަސްޕްރޭ ޖެހިޔަސް އެއީ ހަމައޯގާތެރިކަން އެހެން މީހުނަށް ނޭންގެނީ ކަމަށް ވާނީ އެކަން ވަރަށް ސަލާމް

    11
    1
  13. 2023 ޔާމީން

    މިލްކް ކްރެބް ހަމީދު އިސްތިއުފާ..ތީ ފުލުސް އޮފީސް ހަލާކު ކުރި ގައްދާރު. ތީ ޖާސޫސް ކުރާ އެތީސްޓެއް..

    11
    1
  14. ނަފާ

    ފުރަތަމަ ފަހަރަށް ހޮސްޕިޓަލެއް ތެރޭގަ މުޒާހަރާކުރިވާހަކަވެސް ފުލުހުން ބުނި ނޫންތޯ؟

    1
    16
    • Anonymous

      ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމެއްނު؟ ކަލޭމެންނު މިސްކިތުގަ އެންމެ ފުރަތަމަ މުޒާހަރާ ކުރީ؟ މިސްކިތުގެ ހުރުމަތް ކަނޑަން. އެވާހަކަވެސް ބުނެލަންވާނެ.

      7
      1
  15. ނިހާން09

    ރާއްޖޭގެ ތާރީހްގައި ފުރަތަމަ ފަހަރަށް ހޮސްޕިޓަލެއްގައި މުޒާހަރާ ކޮށްފި. މި މަޢުލޫވެސް ޖަހާލިނަމަ،

    3
    16
    • Anonymous

      އާނ. އަނެއްކާ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިސްކިތެއްގެ ތެރޭގައި އަޑުގަދަކޮށް މީހުން އެއްކޮށް މުޒާހަރާ ކުރި މޑޕ އިން. މިވާހަކަވެސް އަޅެ ޖަހައިދީބަލަ

  16. ނުރަބޯ

    އެމްޑީޕީގެ ވެރިކަމުގެ ކޮންމެ ދުވަސްވަރެއްގައިވެސް ފުލުހުން ލައްވާ ޑިމޮކްރެޓިކް ހަމަތަކާ ޢަދުލު އިންސާފުގެ ބޭރުން ރައްޔިތުންނާ އިދިކޮޅަށް ވަރަށް އަނިޔާވެރި ޢަމަލު ތައް ހިންގައެވެ. އެގޮތުން އެމީހުންވަނީ ތާރީޚްގެ ތެރެއަށް ވަދެފައެވެ. މުޅިދުނިޔޭގައިވެސް ހޮސްޕިޓަލެއްގެ ތެރޭގައި (އިޒްރޭލް ސިފައިން ފިޔަވައި) މިބާވަތުގެ ހަތިޔާރު އެއްވެސް ގައުމެއްގެ ފުލުހުން ބޭނުން ކުރިކަން އެނގޭކަށް ނެތެވެ. އެމްޑީޕީގެ ގުރޫޖީ ލާދީނީ ނަޝީދު ދެކެ ލޯބިވާ ބަޔަކު އުޅޭފަދައިން ރައީސް ޔާމީންދެކެވެސް ލޯބިވާ ބަޔަކު އުޅޭނެކަން އެމްޑީޕީ ދަންނަން ޖެހޭނެއެވެ. އަމުދުން ރައީސް ޔާމީންގެ ލެއަށް ފެންބޮވައިގެންފައިތިބި އަނިޔާވެރި ލާދީނީ ބައެއްގެ ހައްޔަރުގައި ހުރުމުން ރައީސް ޔާމީނަށް ކޮންމެ ފަދަ ނުރައްކަލެއްވެސް ކުރިމަތިކޮށްފާނެ ކަން ރައީސް ޔާމީންގެ ސަޕޯޓަރުންނަށް އެނގެއެވެ.

    11
    1
  17. ގަނޑިޔާ!!!

    ފުަރަތަމަ ފަހަރަށް ހޮސްޕިޓަލަކަށް އެއްވެ އާންމުންނާ ބަލިމީހުންނަށް އުނދަގޫވާނެހެން އަމަލުތައް ބަހައްޓައި ހަޅޭއްފަޅޭއްޖަހާ ހެއްދެވި ނެހެއްދެވިއަށް ގޮވިކަމަށް ޔާމީނުގެ "ސަޕޯޓަރުން" އެއްބަސްވިަތ؟ އެއީ އެންމެ މުހިންމު ތަންކޮޅު. އޭގެފަހުން ޕެޕާ ސްޕްރޭއާ ބޮޑީ ސްޕްރޭގެ ވާހަކަ ގެންނާނީ

    4
    13
    • Anonymous

      ކޯޗަކަށް އެއްބަސް ވާން ޖެހޭނީ. އެއޮތީ ޓީވީން ހުރިހާ އެއްޗެއް ފެންނާކަށްނު. ހަޖަމް ނުވެގެން ޔާމީނުގެ ސަޕޯޓަރުންނަށް އުނދަގޫ ކުރަން މޑޕ ގުންޑާއިން ދިޔައީ އެއްނު ހަޅޭއްފަޅޭއް ލަވަން. ދެން ފުލުހުން ސްޕްރޭ ޖަހާފަ ނުބައެއް ހެދުނީމަ މަތި ބައްދަންވެގެންނު އެ އުޅެނީ

  18. ޖޮއްބެ

    ތިޔަކަމުގެ ޒިއްމާ އުފުލަން ޖެހޭނީ ވަގުތީ ގޮތުން ފުލުހުންގެ ވެރިއަކަށް ލާފަ އެހެރަ ރީނދޫ ޕަޕެޓް ހަމީދެވެ. އޭނާ އަންގާގޮތަށް ނޫނީ ފުލުހުން ޙަރަކާތްތެރިއެއް ނުވާނެ އެވެ.

    12
    2
  19. ޙސެން

    ބުނަން ތަމްރީނެއް ނެތި ތިކަހަލަ ލީތަލް އެއްޗެހި ތަންދޮރު ނޭގޭ ބަޔަކަށް ދޫކޮށްގެން ނުވާނެ....

    5
    4
  20. ކީކޭބުނާނީ

    ރައީސް އިބޫގެ ވެރިކަމުގައި ފުއްދަނީ މުޅިން ދެން ވަރަށް ރަނޑު ވައުދު ތަކޭ އާރުލާ އެއްވެސް ވައުދެއް ނުފުއްދައޭ ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދު އުޅެނީ %45 ގައި ރާއްޖޭގައި ރިސޯރޓްސް ތައް ހަދަނީ އެއީ ދިވެހިންނަށް ވަޒީފާ ދޭން އެކަމަކު ގއ. ދިގުރަށުގެ ހުރިހާ މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތައް ބޭރު މީހުންނަށް ވާރކް ވިސާ އިމިގްރޭޝަން އިން ގަވާއިދާއި ޚިލާފަށް ދިނުން އެއީ ޒީރޯ ލެވެލް ކޮރަޕްޝަން ނޫން ކަމަށޭ ޕޮލިސީ ސެކްރެޓަރީ މެން ބުނަނީ

    7
    1
  21. ހަނޑަނީތޭ

    މަސްވެރިން ދެން ހިތާމައިގައި ތިބެން ނުޖެހޭނެ އެކަމަކު ގއ. ގައި ހަދާފައިވާ ހުރިހާ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތިއާއި އަދި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ނުލިބިގެން ދިވެހިން ތައް ސަލާމް ޖަހާ ބަނޑު ފުރާނަ މުއްތި ނުކުރެވިގެން ފޭރެމުން ދާއިރު އެކަން ކަން ބަލާ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތަކަށް ދާއިމީ ވާރކް ވިސާ ނުދީ ހަމަ އެކަނި ބިޒްނެސް ވިސާ ދޭން ވެސް ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓަށް ނޭގެއޭ ޕޮލިސީ ސެކްރެޓަރީ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ކާޅުހެދުންލައޭ ތަމެން ކިއެއްތޭ ކުރަނީ އެއްޗެއް ހަނޑަނީތޭ..

    8
    1
  22. ކާފަދ

    އެންމެ ކުޑަ މިންވަރަކަށް މިވަނީ ސްޕްރޭފުޅި ހުސްވަންދެންތާ

    8
    1
  23. ޖާން

    ހޮސްޕިޓަލުގެ ތެރެއަށް ވަދެ ޒުންބާ ކުލާސް ބާއްވާކަށްނުޖެހޭ.
    ދޮންކެޔޮކަންޏާ މާރުކޭޓު ގަ އިނދެގެން ކާނެވަރަކަށް ކާފަ، ޓިނުވަގަންނަގަންޏާ އެކަންވެސް ރަށުތެރެއިން ކުރަންވީ. ހައްދުން ނެއްޓުނުނީމާ ހަމަމަގަށް އަޅުވަންޖެހޭ.
    ހަމީދު ކުރިއަށް ވަޑައިގަންނަވާ.

    3
    8
  24. ޖެލީ

    ސަލި

  25. ނަފާ

    ބަލިމީހުން ތިބިތަނެއްގަ އަޑުގަދަކުރުމުންލިބޭގެއްލުމައްވުރެ ޕެޕާސްޕްރޭޖެހުމުން ލިބޭގެއްލުން ބޮޑުވާނެކަންއަދިމާއަޅާވޭންވެސްބޮޑުވާނެކަން ތިބުނާޕޮލިހުންނަ ނޭގެނީތަ.

    3
    2
  26. ފާތުމަ

    ބަލަ ގޭގަ ތިއްބަތަ ފުލުހުން ސްޕްރޭޖެހީ ، މަނާ ތަނަކައް އެއްވީމަދޯ ޖެހީ މޭރަގަޅުވާނެ މަނާތަނަކަށް އެއްވީމަ ސްޕްރޭޖަހާފިޔޭ ލިޔުނުނަމަ .

    2
    4
  27. މިގޭ

    އޯގާތެރިކަން މިފެށުނީ ދެން ފެންނާނީ މިއަށްވުރެވެސް އޯގާތެރިވާތަން.

    3
    2
  28. ޒުޖާދު

    އެއިރުންތާ އިންޑިޔާ ފުލުހުން ގެނެވޭނީ. ބަލިނުވިއަސް ޑޮކްޓަރަށް ދައްކަން ޖެހޭކަން މީގެކުރިން އެނގިފައި ނުވޭ.

    4
    1
  29. ެއެގިއްޖެ

    ހޮަސްޕިޓަލަށް އެއްފަހަރާ ގިނަ ބަޔަކު ވަދެ އެތަނުގައި ހަމަނުޖެހުމެއްހިއްގަިފިނަމަ ލިބޭ ގެއްލުން ޕެޕަރ ސްޕްރޭ ޖެހީމަ ލިބޭ ގެއްލުމަށް ވުރެ ކުޑަވާނެތޯ ؟ ނޫނީ ބޮޑުވާނެތޯ ؟ މީ ބަލަންޖެހޭކަމަކީ. އަހަންނަށް ހީވަނީ މި ހާލަތުގަ ޕެޕަރ ޖަހައިގެން ވިޔަސް ވަނުން ހުއްޓުވަންޖެހޭ.

    2
    2
  30. މަހުދި

    ހޮސްޕިޓަލުގެ ތެރެއަށް ޕެޕަސްޕުރޭ ޖެހުމުން އަމާޒުވާ ފާޑުކިޔުންތަކުން ރެކެން އުޅުނަސް މިކަމުން ރެކެވޭނެ އެއްވެސް މަގެއް ފުލުހުންނަކަށް ނެތެވެ! ފުލުހުސްއޮތީ ގޯސްހަދައިފައިކަން ރައްޔިތުންނަށް އިގޭ ލައިވްކޮށް ދައްކަމުން ދިޔައީ!

    2
    2
  31. މުސްތަފާ

    ސާބަހޭ އެންސީ ހަމީދު ތިޔަގޮތައް ރިކޯޑުތައް ހައްދަވާ ޕޮރޮމޯޝަން އޮތީ ވަރަށް ކައިރީގައި! މިހާރު ތިޔަދަތުރުކުރާ މަގުނިމޭނީ އަނދަވަޅަކަށް! އެވަޅަކުން ނޭރޭނެ!

    3
    1
  32. ސަން

    މަރާލާ. ވަޅުލާ. ކޮޕުން ކުރީމަ ނުވާނެ ކުށަކަށް!

  33. އަންތަރީސް

    އެމްސީ ހަމީދު ހިންގި ހަޑިމުދުރާރު އަމަލުތަށް މިސަރުކާރުން ނުބަލައިފިނަމަ ސަރުކާރު ވެއްޓޭ ދުވަހަކުން އިބޫސޯލިހާއި އެކު އެމްސީ ހަމީދޭ މިކިޔާ ރަންނަމާރި ހައްޔަރުކުރަން ޖެހޭނެ އެބަހީ ހޮސްޕިޓަލަކަށް ޕެޕާސުޕުރޭ އިޒުރާއީލުންވެސް އަދި މިހާތަނަށް ޖެހި ކަމުގެ ހަބަރެއް އިވިފަކައިނެތް ޔަހޫދީ ޒައިނިސްޓންނަށްވުރެ ރާއްޖޭގެ ޕޮލިހުން މި ހިންގި ޖަރީމާ ބައިނަލްއަގުވާމީ ފަރާތްތަކުން ތަހުގީގު ކުރުމަށް ގޮވާލަން.

  34. ޙާލު

    މިއީ ނުބައި ކަންތައް އުފަންކުރާަ ބަ އެއް .، މިހާރު އެވަނީ ހޮސްޕިޓަލައް ޕެޕަސްޕްރޭ ޖަހާފައި .މިއީ ދިވެހި ތޮށިގަނޑެއްގަ ތިބި ހަމަ ރީތި ޔަހަުދީންތަކެއް!!!