ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ވައުދާ އެއްގޮތަށް ވިހެއުމާ ގުޅިގެން ފެނަކައިގެ މުވައްޒަފުންނަށް ޗުއްޓީދޭ ދުވަހުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންއިން ހާމަކޮށްފިއެވެ.

ފެނަކައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެން ފެނަކައިގެ މުވައްޒަފުންގެ ތެރެއިން ވިހެއުމަށް ފަހު ކޮންމެ މަޔަކަށް ހަ މަސްދުވަހުގެ ޗުއްޓީ އަދި ބައްޕައަކަށް 30 ދުވަހުގެ ޗުއްޓީ ލިބޭނެކަމަށެވެ.

ފެނަކައިގެ ކުރިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ވެސް ވަނީ ރައީސް ސޯލިހުގެ މިވައުދަށް އަމަލު ކުރުމަށް ފަށާފައެވެ.

ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގައި ފެނާ ނަރުދަމާގެ ޚިދުމަތް ދެމުން އަންނަ ސަރުކާރު ކުންފުންޏެކެވެ