ޚަރަދު ކުޑަ ކުރުމަށްޓަކައި ފެނަކައިގެ ރީޖަނަލް އޮފީސްތަކާއި ރީޖަނަލް ޑިޕާޓްމެންޓްތައް އުވާލަން ނިންމަފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އިއްޔެ އެކޯޕަރޭޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، "ކުންފުނީގެ މާލީ ޙާލަތަށް ދިމާވެފައިވާ ދަތި އުދަނގޫތަކުން އަރައިގަތުމަށްޓަކައި ވީހާވެސް ޚަރަދު ކުޑަ ކުރުމަށް ނިންމާފައިވުމާއެކު" ފެނަކައިގެ ރީޖަނަލް އޮފީސްތަކާއި ރީޖަނަލް ޑިޕާޓްމެންޓްތައް އުވާލަން ނިންމާފައިވާ ކަމަށެވެ.

އިތުރަށް ބުނެފައިވަނީ، "މިއަދާ ހަމައަށް ކުންފުނީގެ މަސައްކަތް ހިނގަމުންދާގޮތް ތަޖުރިބާ ކުރެވުނުއިރު، ރަށްރަށުގެ ބްރާންޗާއި މައި އޮފީހާ ދެމެދު އިތުރު އިދާރީ އޮފީހެއް ހުރުމުގެ ސަބަބުން މަސައްކަތް އަދި ޚިދުމަތް ލަސްވެ މޮނިޓަރ ކުރުމުގައި ގިނަ ދަތިކަމެއް" ދިމާވަމުން އަންނަ ކަމަށެވެ.

މިސާކިއުލާގައި މިފަދަ ބަދަލުތައް ގެނައުމަކީ ކުންފުނީގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް ހިންގުމުގައި ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށްވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް ރީޖަނަލް އޮފީސްތައް އުވާލުމުން އެތަންތަނުގައި ތިބި މުވައްޒަފުންނަށް ދެން ވާނެ ގޮތެއް ސާކިއުލާގައި ބަޔާން ކޮށްފައެއް ނުވެއެވެ.

ފެނަކަ އިން ގެންދަނީ ފަހަކަށް އައިސް ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ސަސްޕެންޑްކޮށް އަދި ބައެއް މުވައްޒަފުން ވަޒީފާ އިން ވެސް ވަކިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހދ

    މިސަރުކާރުގައި ހިންގުމުގެ ތަޖުރިބާ އާއި
    ވައްޓަފާޅިނެތިގެންނެއް ނޫންދޯ ؟

    27
    5
  2. ކައުންސެލަރު

    އެހެންވެދޯ ވެރިކަމަށް އަރާފައި ހަރަދުކުޑަކުރަންވެގެންދޯ ފާޑެއްގެ ގައުމީ އިދާރާތަކެއްހެދީ. ލަދުކޮބާ؟

    36
    2
  3. މުގުރާން

    ހުރިހާތަނަކަށް ޕާޓީކުދިން ވައްދަން ތައްޔާރުވީ ؟ ދުނިޔެ މަކަރާއި ޖަހައިގެން ކާން ރަނގަޅަށް ދަސްކޮށްގެން ހުރި ވެރިއެއް މީ؟ ކުރާނެކަމެއްނެތް މިއަދަށްހުރިގޮތް މިއީ!

    22
  4. ކަރާ

    ކޮބާ ތިބުނާ ގާތުން ޚިދުމަތްދިނުމަކީ. ލާމަރުކަޒުކުރުމަކީ. އަނެއްކާވެސް ތިޖެހުނީ މާލެއިން ފެންޕުލާންޓް ހިންގާކާސްނު. ތިކުރިކަން އެނގޭ އެންމެނަށް. ސަރުކާރުން ރާވައިގެން ބަޔަކު ވަޒީފާއިން ވަކިކުރަނީ. ދެން އުފައްދާނީ އެހެންނަމެއްގަ. ވަޒިފާދޭނީވެސް އެހެން ބަޔަކަށް.

    19
    1
  5. ނުރަބޯ

    ރައްޔިތުންނަށް ޚިދުމަތްދޭން ހުންނަ ތިޔަކަހަލަ އޮފީސް ތައް ޚަރަދުކުޑަކުރާށޭ ކިޔާފަ އުވާލުމަށްވުރެ ސަރުކާރުގެ ސިޔާސީ މަގާމުތަށް މަދުކުރުން މާ ރަގަޅުވާނެ ސޯލިޙޫ ތިޔަކަމުގެ ސަބަބުން ދިވެހި އެތައް ރައްޔިތުންނެއްގެ ވަޒީފާ ގެއްލިގެންދާނެ އަދި އެއީ ކުދިކުދި މުސާރަލިބޭ މީހުން ވެސްމެ. މިއީ ޞޯލިހުގެ ރިޔާސީ ވަޢުދުގައި، ރައްޔިތުންނަށް ކުރިމަތި ނުވާނެކަމަށް ބުނި ކަމެއް. ވީމާ ވަޢުދު އުވާލާފައި ރައްޔިތުން ހާލުގައި ޖައްސަން ނޫޅޭ..!!

    14
  6. ހެޕީ

    އިބޫ ހެދިތަ ޤައުމީ އިދާރާއެއް؟ މިއީ އިބޫގެ ވެރިކަން ނަޝީދުގެ ވެރިކަމެއް ނޫން

    3
    8
  7. އަފީ

    ރައީސް ޔާމީން 5 އަހަރުގެ ދައުރު ނިންމާފައި ވަޑައިގަތީ އެތަށް ރައްޔިތުންނަށް ގިނަގުނަ ވަޒީފާގެ ފުރުސަތުތަކެއް ހޯދާދެއްވާފައި. މިކަންކަން ކުރެވޭނީ ވެރިކަން ކުރުމުގެ ގާބިލްކަން ހުރީމަ! އަދުގެ ސަރުކާރަކީ ކޮރު ސަރުކާރެއް! ކޮރު ސަރުކާރަކުން ކޮށްދެވޭނެ ކަމަކީ ރައްޔިތުން ވަޒީފައިން ވަކިކުރުން

    22
    2
  8. ޢަޒީޒާ

    ހުރިހާދިމާއަކުން މި ޤަވްމު ހަނާވަމުންދާ މަންޒަރު ބަލަން އަދިވެސް ތިބެންވީހެއްޔެވެ؟ މިހިރަ ނާޤާބިލް ވަގު ކިނބޫ އިސްތިޢުފަދީފަ ޤަވްމު ހިންގޭވަރުގެ މީހަކާ ޙަވާލުކުރާކަށްނުވޭހެއްޔެވެ؟ ތިންމަސްތެރޭގައި މިފެންނަނީ ރައީސްޔާމީންގެ ބުރަމަސައްކަތުން ކޮޅަށްނަގާފަހުރި ކުންފުނިތައް ބަގުރޫޓުވެ ފައިކޮރުވަމުންދާ މަންޒަރެވެ. ސްޓެލްކޯ ، އެސްޓީއޯ ، މިފްކޯ ، އެޔަރމޯލްޑިވެސް ، އެމްޓީސީސީ މިދަނީ ހަނާވަމުންނެވެ.

    19
    1
  9. މަލީހު

    ޚަރަދު ކުޑަކުރަންތޯ ހިތްޕުޅާނުވާ ތަންތަންއުވާލާ ބައެއްބޭފުޅުންމަގާމުން ވަކިކޮށް ބައެއެްވަޒީފާ
    ތައްއުވާލައްވަނީ މިނިސްޓްރީތައްގިނަކުރައްވާ މަގާމްތައްގިނަކުރައްވާ އިދާރާތަށްގިނަކުރެއްވުމުން
    ޚަރަދުކުޑަވޭތޯ

    15
    1
  10. މިސް ކޮމެޓީ

    ބަލަ މިސަރުކާރަކީ ހިތްހެޔޮ ސަރުކާރެއް. މިސަރުކާރުގަ ނުހުންނާނެ މާގިނަ ސިޔާސީމަގާމެއް. މީ ކޮމެޓީ ސަރުކާރު. ކޮންމެ ކަމަކަށް ކޮމެޓީއެއް އުފެފައްދާފަ މުސާރަދީފަ މީހުން ލައިގެން ހިންގާ ސަރުކާރު މީ. މިކަމަށް ވެސް ކޮމެޓިއެއް ނަގަންވާނެ އެއްނު.

    16
  11. ޤަމަރު

    83 ސްޓޭޓްމިނިސްޓަރުންނާ ސްޓޭޓްމިނިސްޓަރުންގެ ނައިބުން 100 އިން ގުނާލެވެނީ ޚަރަދުކުޑަކުރަންހެއްޔެވެ؟

    14
    1
  12. އަހުމަދު

    ލާމަރުކަޒީދޯ؟

    12
  13. ޏަމްޏަމް

    ވެއޓެނީ ވެއްޓެނީ ވެއްޓިގެންދާއިރު ސޯލިހުގެ ސަރުކާރު ދިފާއުކުރުމަށް ސުޓޭޓު މިނިސްޓަރުންތަށް ކިތަންމެ ގިނަކުރި ނަމަވެސް އެކަމުގެ ފައިދާއެއް ނުކުރާނެ މިވަގުތު ފެނަކައިން ފެށިގެން އުޅޭ ހަރަދު ކުޑަކުރުން ސަރުކާރުގެ އޮފީސް ތަކާހަމަޔަށް ވާސިލުވެ ބޮޑު ހަމަނުޖެހުމެއްގެ ތެރެޔަށް ގައުމުވެއްޓި ސޯލިހުގެ ސަރުކާރު ވައްޓާލުމުގެ ޖޯސް ރައްޔަތުންގެ ކިބައިން ފެނިގެން ދިއުމަކީ ދާދި ގާތުގައިވާކަމެއް.

    2
    1
  14. އިއްބެ

    ތީ އަސްލުގަވެސް ރަނގަޅު ނިންމުމެއް ރީޖަނަލް ހޮސްޕިޓަލްތަކުގެ ދަށުން ހެލްތުސެންޓާ ތައް ވެސް ރަނގަޅައް ނުހިގާ ތީ ރަގަޅު ނިންމުމެކައް ވާނެ

  15. ކުށޫ

    އެންމެ ޚަރަދު ކުޑަކުރެވޭނީ އިންޖީނުގެތައް ހުއްޓާލާފަ ޖަޒީރާވަންތަކޮއް ފުޅިބައްތި އައްބަދަލުކޮއްލާފަ.. ނަރުދަމާތައް ބަންދުކޮއްފަ ކޮންމެ ރައްޔިތަކުވެސް ނިކަން ޖަޒީރާކޮއް ހަނޑަސްބުރިއެއް ހިފައިގެނަ ގޮޑުދޮށައް ހާޖަތައް ދިޔާމަ. އޭރުން އެހުރެވެނީ ހަގީގީ ޖަޒީރާގައި.. އަދި ގެސްޓުންތައް ގޮވައިގެން ބީޗައްގޮސް ހަނޑަސް ބުރިތަކުގެމަތީގައި ކޭންޑަލްލައިޓް ޑިނާ ހަދާލީމަ އެތިބެވެނީ ފުރިހަމައައް ޖަޒީރާވެވިފައެވެ.