ހުޅުމާލޭގައި މީހެއްގެ ބޮލަށާއި މެއަށް އަދި އަތައް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

މިމާރާމާރީ ހިންގާފައި ވަނީ މިއަދު ހެނދުނު އެވެ.

ފުލުހުން ވިދާޅުވީ މިއަދު 07:10 އެހާކަންހާއިރު ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފަިއވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވެފައި ވަނީ 33 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާގެ އަތާއި ބޮލަށް އަދި މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ އަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ލިބެއެވެ. ނަމަވެސް އޭނާގެ ހާލަތާއި ބެހޭ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

ފަހަކަށް އައި މާލެ އާއި ހުޅުމާލޭގައި އަނެއްކާ ވެސް މާރާމާރީތައް ހިނގުން ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ރެޓޭ

    ތޫނު އެއްޗެހިންނާއި އެހެނިހެން ވެސް ނުރައްކާތެރި އެއްޗެހިން ޙަމަލާދީ މީހުނަށް އަނިޔާވެރިވާ މީހުނާމެދު ހަރުކަށި އަދަބު ދެވޭނެ އިންތިޒާމް މި ހޮވެންއުޅޭ ރ.މަޖްލީހުން ހަމަޖައްސައިދިނުން އެދެމެވެ. އޭގެތެރޭގައި އަނދަގޮޑިޖެހުންވެސް ހިމަނަން ވާނެއެވެ. އެހެންނޫނީ މި ބަލާވެރިކަމުން ސަލާމަތެއް ނުވާނެއެވެ.

    23
    1
  2. އެލެކްސް

    އަނެއްކާ މީހަކު އިބޫސޯލިހު ވީ

    18
    4
  3. ޙާމުދުރު

    ރޯމާ ދުވާލު މިފަދަ ކަންކަން ކުރާމީހުން އެއްވެސް ބިރެއްނެތި..ކުރަމުން ތިޔަދަނޫ.. މިކަމުގެ އަސަރު ކުޑަކުދިނާ ބޮޑެތި މީހުންނައް ކުރާނެ.. އަދި ކޮބާ ހުޅުމާލެ އަކީ ދުނިޔޭގެ އެތައް ގައުމެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ތަނެއް.. މިފަދަ މަންޒަރެއް ފަތުރުވެރިއަކައް ފެނިއްޖެއްޔާ ދެން ރާއްޖެ ނާންނާނެ..

    13
  4. އަޞީލާ

    ވަގުސަރުކާރު ވެރިކަން ފޭރިގަތްފަހުން ރައްޖޭގައި އަމާންކަމެއް ނެތެވެ. މާރާމާރީއާ ކުއްލިމަރާ ޑްރަގާ ވައްކަމާ ބިރުވެރި ޙާދިޘާތަކާ ފޭރުން ވަނީ ހައްދުންނެއްޓިފައެވެ.

    27
    6
  5. ގޮރުނު ދޯރު

    ފުލުހުން ތަންކޮޅެއް އެކުޓިވު ވާން އެބަޖެހެ.. މަގުމަތި ޕެޓްރޯލު ކުރާ ފުލުހުން އުޅެންވީ ފުޓްޕެޓްރޯލުގަ.. އޭރުން މިކަހަލަ އަމަލު ތައް މަދުވެގެން ދާނެ..

    21
  6. ޙަސަނު

    އިސްލާމްދީނުގެ ޢަދުއްވު އަޑީގަ ހުރެ ގެނަ ސެކިއުލަރ ސަރުކާރު ޖަރީމާ ސަރުކާރު

    34
    4
  7. އަހުމަދު

    ކުށްކުރާ މީހުންނަށް އަދަބު ދެވިގެން ނޫނީ ނުހުއްޓުވޭނެ. ދަށުކޯޓުން މުއްދަތު ޖަހާ ނުދޭނަމަ މަތީ ކޯޓުގައި އިސްތިއުނާފު ނުކުރަނީ ކީއްވެ. އަދި ކޯޓުން މުއްދަތު ގެ ކުރިން ދޫކުރާނަމަ މަތީ ކޯޓުގައި އިސްތިއުނާފު ކުރެވޭނެ. 7 ކިލޯ މަސްތުވާ ތަކެތި އެތެރެ ކުރި މީހާގެ މައްސަލަވެސް ވީހިސާބެއް ނޭގޭ. ފޭރޭ މީހުން މަގުމައްޗަށް ނެރެ ދޫކުރަނީ ކަރެކްޝަންގެ ވެރިޔާ މުނާޒު ގޭ ބަންދަށް އެމީހުން ފޮނުވަނީ ... މުނާޒު އެއީ ގާބިލް މީހެއްނޫން ޖަލު ބަލެހެއްޓުމުގެ ތަމްރީން ހެދި މީހެއް ނޫން އެރޮނގުން ކިޔަވާފަ ތިބި މީހުންނާއި ތަންހަވާލު ކުރޭ. ސިފައިންގޭގައި ހުރެ ހޯމް މިނިސްޓަރ އަފީފަށް ކޮންމެ ދުވަހަކު އާދޭން ކޮންގެން އޭރު ސިޔާސީ މަގާމެއް ހޯދީ .... އަދި ސިފައިންގޭގައި އުޅެމުން 2 އަންހެން ކުދިން އެއްކޮޓަރި އަކަށް ވައްދައިގެން އުޅެނިކޮށް ރެޑްހޭންޑް ކޮށް އަތުލައިގަތީ..... އަދިވެސް އެބަހުރި ބައެއް ވާހަކަ އޭނަ އެތާ އެހުންނަނީ ސިޔާސީ މީހުން ބުނާ މީހުުން ޖަލުން ނެރެން

    15
  8. ރަޝީދު

    ނިމިދިޔަ 5 އަހަރު މިފަދަކަމެއްވާއިރަށް ގޮވަން ފަށާނެ ކޮބާހެ ޕޮލިހުން. މިހާރު މިކަން މާބޮޑު ކަމަކަށް ނުވަނީތަ އެއްޗެކޭ ނުބުނެ މިތިބެނީ. މީގެން އެނެގެނީ ވަކިމީހަކު ހުރެގެން ހުއްޓެން އޮތްކަމެއް ނޫންކަން މީއީ. ގައުމު އިސްލާހް ކުރުމަކީ އެންމެންގެ ޒިންމާއެއް.

    25
    • ނިއްބެ

      ވަރަށް ބޮޑު ތެދެއް. ކުރިން އެއީ ޔާމީނު ރާވައިގެން ކުރުވާކަމަކަށް ވެފަ އޮންނަނީ، މިހާރުވެސް ހަމަ އެކަމެއް ނުހުއްޓޭ، އެކަމު ބައެއްގެ އަނގަތައް ހުއްޓިއްޖެ! މީމިވާވަރަކީ!

      8
      1
  9. Anonymous

    ރާއްޖެ ހާދަ އަމާނޭ ދޯ

    12
  10. ނަންނަ

    މިރާއްޖެ ހާދަ ބިރުވެރި ވެއްޖެޔޭރައީސް ޔާމިން ގެ ވެރިކަމުގަ މިކަން ކަން މަޑު ޖެހިފަ އޮތީ ކުހތހަހ މަދހުވަމުނ ދިޔައީ މިހާރު ހުރިހާ ކަމެއް ބޮއްސުންލީ. އެހެންނުން ވާނީ މީހަކު އިޚްލާސްތެރިކާމާއެކު އަމިއްލަ އެދުމެއްނެތި ވރިކަމަށް އައިސް ގައުމުގެ ޙާލަތު ރަނގަޅުކޮށް ހަމަ މަގަށް އަޅުވަން މަސއްކަތް ކުރީމަ އެކަން ހަޖަމު ނުވެގެން އައި ލާދީނީ ބައިގަނޑެއްގެ ސަބަބުން މިފެންނަނ ކަންތައްތަކަކީ އިބްރަތެއް.

    17
    1
  11. އިންސާފް

    ތި ޒިންމާ ނަގަން ޖެހޭނީ ޔާމީން ސަރުކާރުން
    ހުރިހާ ގޯސް ކަންކަމުގެ ޒިންމާ ޔާމީނާއި، މައުމޫނަށް
    ހުރިހާ ތަރައްޤީ އަކާއި، ރައްޔިތުންގެ އާމްދަނީ އަންނީއާއި، އިބޫއަށް
    މިކަން ގަބޫލުކުރައްވާ ދިވެހިރާއްޖޭގެ ހުރިހާ ލޮބިވެތި ރައްޔިތުން. އެއިރުން ކަންކުރެވޭނީ

    3
    3
  12. އިބްރާހިމް

    ގައުމު ކޮންޓްރޯލް ނުކުރެވެންޏާމުން އަވަހަށް އަންނި ހެދިގޮތަށް ހައްދަވާފަ ގެއަށް ވަޑައިގަންނަވާ.

    10
  13. ޙަސަން

    ތިހިސާބުން ތިޚަބަރު ނިމުނީއެވެ. މިއަދު އިރުއްސެންދެން ތިވާހަކަދައްކާލާފައި އެންމެން ހަނދާންނެތޭނެއެވެ. މިއޮތީވާ ޒަމާނެކެވެ. ކޮންމެ ގޮތެއް ވަރިހަމަ ޒަމާނެއެވެ.

  14. ބޯގޯސް

    ކޮބާ މީހުން މަރަނީއޭ ކިޔައިގެން މޮޔަ ދިވެހިންގެ ބޯކޭ މޮޔަ ގްރޫޕުތައް

  15. ރދ

    އަޅެ. މި ސަރުކާރަކު އަދި މީހަކު ތޫނު އެއްޗަކުން ހަމަލާ ދީ މަރެއް ނުވޭއެއްނުން. ކުރީގެ ސަރުކާރުގައި މީހުން މަރާފައި ވަނީ.. މަރުވާ ވަރަކަށް ހަމަލާއެއް ނުދޭނެ ޖަޒީރާ ރާއްޖޭގައި.