އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ހޯއްދެވިކަން ބޭޒާރުވެފައިވާ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފާއި ޕްލޭނިން މިނިސްޓަރ އަކްރަމް ކަމާލުއްދީން ސަސްޕެންޝަންގައި ތިއްބެވި ނަމަވެސް އެބޭފުޅުންނަށް މުސާރަ ލިބިވަަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ދެބޭފުޅުން ސަސްޕެންޝަންގައި ތިއްބެވި ނަމަވެސް ދެބޭފުޅުންގެ މުސާރަ ނުހިނގާ ގޮތަށް އަދި ނިންމާފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ވަނީ ވިދާޅުވެފައެވެ.

ހޫދު ވިދާޅުވީ އެދެބޭފުޅުންގެ މައްސަލަ ވެސް އަދި ގެންދަނީ ބަލަމުން ކަމަށާއި އެހެންކަމުން މުސާރަ ހިނގާނެ ކަމަށެވެ.

"އަދި ވަކި ގޮތަކަށް ނުނިންމާ. އަދި އޮތް ގޮތުން ނަމަ މުސާރަ ހިނގާނެ." ހޫދު ވިދާޅުވި އެވެ.

މިނިސްޓަރު މަހްލޫފާއި ސްޓޭޓް މިނިސްޓަރ އަކްރަމް ސަސްޕެންޝަންގައި ތިއްބަވާ އިރު ވެސް މުސާރަ ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވިއިރު ސިވިލް ސާވަންޓުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ކުށެއްގެ ތުުހުމަތުގައި ސަސްޕެންޑް ކުރުމުން މުސާރައެއް ނުހިނގައެވެ.

މިނިސްޓަރު މަހުލޫފުގެ އެކައުންޓަށް އެސްއޯއެފުން 33000 ޑޮލަރު ޖަމާކޮށްފައިވެއެވެ. އަކްރަމްގެ އެކައުންޓަށް އެސްއޯއެފުން 30000 ޑޮލަރު ޖަމާކޮށްފައިވެއެވެ.

އެސްއޯއެފް އިން މަހްލޫފަށް ފައިސާ ލިބުނު ކަން ބޭޒާރު ވުމުން އޭނާ ވިދާޅުވެފައި ވަނީ އެސްއޯއެފް އިން ފައިސާ ލިބުނުކަން އެނގުނީ ދާދި ފަހުން ކަމަށެވެ. އެސްއޯއެފް އިން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ވަނީ އާއިލާގެ ވިޔަފާރިއަށް ޑޮލަރު ގަންނަން ދިވެހި ރުފިޔާ އެސްއޯއެފް އާއި ހަވާލު ކުރުމުން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. މަހްލޫފް ވަނީ އެސްއޯއެފް އިން އޭނާ އަށް ފައިސާ ލިބުނު މައްސަލައިގައި މިހާރު އޭސީސީ އަށް ބަޔާނެއް ވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޒާ

    އެއީ ޒީރޯ ޓޮލަރަންސްގެ މާނައަކީ.

    62
    2
  2. ޖޫލީ

    ތި އަދި މާ މޮޅު ގޮތެއްނު.. ގިނަ ގިނައިން ސަސްޕެންޑް ކުރާ ގޮތްގޮތަށް އުޅޭ.

    61
  3. މަލީހު

    ރަށްޔިތުންގެ އެހާގިނަފައިސާތަކަކަށް ޚިޔާނާތްތެރިވެފައިވާކަމަށް ޝައްކުކުރެވި ސަސްޕެންޑްގައި
    ތިއްބެވިފަރާތަކަށް މުސާރަދެއްވުންރަގަޅެއްނޫން އެއީ އެފަދަފަރާތްތަކަށް އެފަދަކަންކަންކުރެއްވުމަށް
    ދެވޭހިތްވަރަކަށް ވެދާނެ ހުރިހާގެއްލުމެއް

    26
  4. ފަތުހީ

    ކިހާ ސަޅި. މިހާރު މަސައްކަތް ނުކޮށް މުސާރަ ހިނގާ ގޮތަށް އަދި ވެސް މިނިސްޓަރު މަޤާމުގައި. މީ ޒީރޯ ޓޮލަރެންސް ގެ އާ ވައްތަރެއް. ކެކެކެ. މުނާފިގުކަން ދޯ.

    37
  5. ރެޓޭ

    ތިޔަ ކަހަލަ ސަސްޕެންޝަނަކީ ލޯތަކުގައި އަޅުވާލާ އަނދުނެއްނު. މިނިސްޓަރުކަމާ ރައީސްކަމާ ވެރިކަން ބޭނުންވަނީ ލިބޭ ލާރިގަނޑާ ޢިނާޔަތް ތަކުގެ ބޭނުމުގައި ކަމަށްވާއިރު އެކަންކަން ބަރާބަރަށް ހުރެފަ ދެން ސަސްޕެންޝަނެއް؟ ތިޔަށް ކިޔާނީ ސައިލެންސަރ!

    36
  6. އއއސ

    ހާދަ މޮޅު ނިންމެވުމެއް.. ޒީރޯ ޓޮލަރަންސް އޯ ... ބޯހަލާކު...........

    35
    2
  7. މުހައްމަދު އަހްމަދު

    އިބޫ ހާދަ މަކަރުވެރިއޭ ދޯ؟ އެވެރިންނަށް ޗުއްޓީ ދީފަ ސަސްޕެންޑް ކުރީ އޯ.. ވައުދާ ޚިލާފުވާ މީހަކު ނުކުރާކަށް ކަމެއް ނޯންނާނެ..

    38
  8. މޫސަ

    އެއީ ވެސް ޚަރަދު ކުޑަ ކުރަން އެޅި ފިޔަވަޅެއް

    36
    2
  9. ޖަޒީރާ ފަލި

    ނިކަމެތި ރައްޔިތު މީހާ ސަސްޕެންޑް ކުރީމާ މުސާރަ ވެސް އެއްވެސް އެލަވަންސެއް ނުލިބޭ. މީދޯ ޖަޒީރާ ވަގު ރާއްޖޭގައި ކަންކަން އޮންނަގޮތް

    44
    1
  10. ކިންގްފިޝަރ

    ރާއްޖޭގައި އޮތް ޤާނޫނަކުންތޯ ތިޔަކަމަށް ހުއްދަ ލިބެނީ. މައްސަލަ ސާބިތުނުވާ އެތައް އަހަރެއްވީ ބަޔަކު އެބަތިބި ސަސްޕެންޑްކޮށްފައި މުސާރަނުދީ. ވަކިމީހަކަށް ވަކިގޮތެއްވީމާ ތިޔައީ ކަމުދާ އުސޫލެއްނޫން ދެއްތޯ.

  11. ޏަމްޏަމް

    ކިނބޫ ސަރުކާރު ހިންގަނީ އަމާބުނީތީ ފަރައްދާ އުސޫލުން މިއޮތީ ވާ ދަރުކާރެއް ސަސްޕެންސަނުގައި ތިބި ބަޔަކަށް ރައްޔަތުންގެ ފައިސާ ދީގެންނުވާނެ އަދި މިކަމާމެދު ފިޔަވަޅު އަޅާ ކިނބުލާމެދު ދައުވާ ކުރަން ތައްޔާރަށް ތިބިވާހަކަ ދަންނަވަން ކިނބުލަކަށް ދެން ސަލާމަތެއްނުވެވޭނެ.

  12. އެމް ޑީޕީ

    އެމީހުން ސަސްޕަންޑުކުރީ ޒީރޯ ޓޮލަރައިޒުގެ އުސޫލުން އަމާބުނީތީ ފަރަށްދާގޮތަށް އެމީހުން ސަސްޕެންޑުކޮށްފައި ބާތިއްބައި މަސައްކަތެއް ނުކޮށް ދައުލަތުން މުސާރަ ދިނުމަކީ އިސްލާމް ދީނުގެ ހަމައިން ކޮންކަހަލަ ކަމެއްކަން ޝައިޚުން ވަކިން ޚާއްސަކޮށް އިލްޔާސް، ޑރ. އިޔާޒު، ޢަލީޒައިދުމެންފަދަ ބޭފުޅުން އެބަ ބުނެދޭންޖެހޭ!! އެބޭފުޅުންގެ ޒިއްމާ ކޮބާ؟؟؟

  13. Anonymous

    ނަމުގަ މަހްލޫފު ސަސްޕެންޝަންގަޔޯ...އޮފީހަށް ބަރާބަރަށް ނިކުންނަ ކަމަށް ހަބަރު ލިބޭ..

  14. ގަބުރޭ

    ހާދަވާ ހެޔޮފުޅޭ ދޮތަ ގޭގަ ނިދިކުރަށްވާފަ އޮންނެވިޔަސް ދެއްވަންވާނެދެއްތޯ. ސިވިލްސާވިސްގެ ނިކަމެތި ދެރަވަރު މީހާގެ މުސާރަ އިންވާނެ ކަނޑާލަން . ވާ ވާ ހާދަވާ އިންސާފުވެރިޔޭ އަދުލުއިންސާފު މެކުހަށް ދޮތަ. މީ ދޮތަ ތިޔާވިދާޅުވާ ގާނޫނު ގާއި ބުނާ ހަމަހަމަ ކަމަކީ. ގާނޫނެކޭ ފާރޮށްޓެކޭ އެއްގޮތެވެ. ހެދެނީ ބަޔަކު އެކުވެގެންނެވެ. ޢެކަކަށްވެސް މުގުރާލެވިދާނެއެވެ

  15. އއސ

    އިބޫ މީ ހާދަ މަކަރުވެރި މީހެކޭދޯ. ރައްޔިތުން ލޮލުގައި އަދުން އަޅުވާފާ. ކިހާދުވަހަކު ހުރެވޭނެބާ ވެރިކަމުގައި. ޒީރޯ ޓޮލަރަންސް އިބޫ..

    6
    1
  16. އަލި

    އަކްރަމް އަކީ ތިނަދޫ އިންޖީނުގެ ރޯކޮށްލި މައްސަލާގައި ފުލުހުން ހޯދަން އުޅުމުން އަމިއްލަ ޔަށް ލަންކާއަށް އަރުވާލެވިގެން ފިލައިގެން އުޅުނު މީހެއް ސަރުކަރު ބަދަލު ވުމުން މާލެ އައީ ... ފުލުހުންގެ ފައިލުގައި މިހާރުވެސް އެކަން ފެންނަން އޮންނާނެ .... ޓެރަރިޒަމާއި ގުޅޭ މިފަދަ މައްސަލަތައް ހިންދާލެވިގެން ނުވާނެ ދައުލަތަށް ދިން ގެއްލުމުގެ ބަދަލް ހޯދަން ޖެހޭނެ އެއީ އިންސާފަކީ .... އިންޓަލް މީހުނަން މިކަން ރަނގަޅަށް އިނގޭނެ

    11
  17. ޢައިބާ

    އެއްވެސް ޝައްކެތްނެތް އެމީހުންގެ މައްސަލައެއްނެއްކަމަށް ނިންމާ އަލުންމަގާމާއި ދާދި އަވަހަށް ހަވށލުކުރާނެ

  18. ނަމަނަމަ

    ތިމީހުންގެ މައްޗަށް ކުށް ސާބިތު ނުވާނަމަ މުސާރަދޭން ޖެހޭނީ އެހެން ނޫނީ ސަސްޕެންސް ކުރި ދުވަހުން ފެށިގެން މުސާރަ ކެނޑެން ޖެހޭނެ މަހިތުން މީ ކިނބޫ ރައްޔިތުންގެ ލޮލުގަ އަޅުވާ އަނދުނެއް ސަސްޕެންސް ކުރީއޭ ކިޔައިގެނ ޗުއްޓީ ހަދާލަން ގެއަށް ފޮނުވާފަ ދެން ބުނާނެ ކުށް ސާބިތެއް ނުވިޔޭ

  19. މުހަންމަދު.

    މިއަށް ކިޔަނީ ޒީރޯ ޓޮލަރަންސް އެއްނޫން........."ހިންނަވަރު ޓްލަރަންސް" .....ހެހެހެހެެހެ.

  20. ސޯލި

    މިއީ ކޮންކަހަލަ ސޯލިހު ސޯއްޔެއް މީނަޔާ އަދީބާ ކޮންތަފާތެއްހުރީ ހަމަ ރައްޔިތުންގެ ފައިސާ ހިތުހުރިގޮތަކަށް ބަހަނީނު މީ ހިޔާނާތެއްނޫންތަ ސޭކު އިލްޔާސް ސޭކު އިޔާޒު ބުނެބަލަ މިރައްޔިތުންގެ ފައިސާ ފޭރިނީކީނޫންތަ ސޭހުއްނޭ....