ހައި ކޯޓުގައި އެއްވެސް ޝަރީޢަތެއްގެ އަޑުއެހުމެއް ނުބާއްވާތާ ތިން ދުވަސް ވެއްޖެއެވެ.

ހައި ކޯޓުގެ ވެބްސައިޓްގައި ފެންނަން ހުރި ކޯޓުގެ ޝެޑިއުލަށް ބަލާއިރު އެންމެ ފަހުން އެކޯޓުގައި ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. 19 ވަނަ ދުވަހާއި 20 ވަނަ ދުވަހު އަދި މިއަދު ވެސް އެކޯޓުގައި އެއްވެސް މައްސަލައެއް ޝެޑިއުލް ކޮށްފައެއް ނެތެވެ.

ހައި ކޯޓުގެ ޝަރީޢަތްތައް މެދުކަނޑާލާފައި ވަނީ ކީއްވެ ކަމެއް ނޭނގެއެވެ.

ހައި ކޯޓުގެ ޝަރީޢަތްތައް މެދުކަނޑާލާފައި ވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް އެމައްސަލައިގެ އިސްތިއުނާފް ޝަރީޢަތް ފަށާނެ ދުވަހެއް އަދި ނޭނގެއެވެ. މައްސަލަ އިސްތިއުނާފް ކޮށްފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ޔާމީންގެ ޤާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ފަރާތުން އެސްއޯއެފް އެކައުންޓުން ފައިސާ ޖަމާކޮށްފައި ވަނީ ހަމައެކަނި ރައީސް ޔާމީނަށް ނޫން ކަމަށާއި، ކުއްލިއަކަށް ރައީސް ޔާމީންގެ މައްސަލައިގައި އެމަނިކުފާނު ހައްޔަރުކުރުމުން އެމަނިކުފާނަށް ލިބެން ޖެހޭ ހަމަހަމަކަން ގެއްލޭކަމަށް ގަބޫލުކުރާ ކަަމަށެވެ.

ޔާމީން ހައްޔަރު ކުރަން ކްރިމިިނަލް ކޯޓުން އަމުރު ކުރީ އެމަނިކުފާނު ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންނެވުމުންނެވެ.

ހައި ކޯޓުގެ ޝަރީޢަތްތައް މެދުކަނޑާލާފައި ވީނަމަވެސް އިންތިޚާބަށް ކުށުގެ ރެކޯޑް ސާފު ކުރުމުގެ މަސައްކަތް އެކޯޓުން ސަރުކާރު ބަންދު ގަޑިތަކުގައި ވެސް ގެންދަނީ ކޮށްދެމުންނެވެ.

ހައި ކޯޓުގެ ޝަރީޢަތްތައް މެދުކަނޑާލާފައި އޮތް ނަމަވެސް ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ޝަރީޢަތްތައް އާއްމު އުސޫލުން ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މައުސޫމުޢަލީ

    ތިޔައީ ކޯޓްތަކަށް ވެރިން އަތް ނުބާތީ ވާގޮތް ޔާމީނުގެ މައްސަލަ ހައިކޯޓައް ވައްދާނެކަން އެގޭތީ ސަރުކާރުން އަންގައިގެން ކޮށްގެން އުޅޭ ކަމެއް! އެހެންހުރިހާކޯޓެއް ބަރާބަރަށް މަސައްކަތްކުރޭ!

  2. މަސްވެރިޔާ

    ރައްޔިތުންތިބީ ސާބިތުކަމުގަ. ދިވެހިރާއްޖޭގެ ޕޮރޮސިކިއުޓަރ އަކީ ކޮންފާޑެއްގެ ރާޒުވާ ކުޅުއްވާ ބޭފުޅެއްކަން ފަނޑިޔާރުންނަށް އިގޭނެ އިގެންވާނެ.
    ފަނޑިޔާރުން ނުޖެހޭނެ ޕީޖީ ބޭނުންވާ ކޮންމެ މީހަކު ހައްޔަރުކުރަން. މިސަގާފަތް ދޫކޮށްލަން ހަމަ ނުޖެހޭތޯ. ފަނޑިޔާރުންނަކީ ބޭރުފުށުގެ ހާލަތަށްބަލާ ރައްޔިތުންގެ ހިމާޔަތުގައި އަދުލުވެރި އިންސާފުވެރި ހުކުމް ކުރަން ތިއްބެވު ބޭފުޅުން. އުޚުރަވީ ހަޔާތުގައި ރައީސް އބރމ ސޯލިހު ބުނީ ކޭކޭތޯ އޭނާއަށް ފޭވރވާން ޕީޖީ އެހެންބުނީމަ މައެކަންކޮށްލީއޭ ބުނެވޭނެތޯ.

  3. ފުވައްމުލަކު ހުސޭނު

    އަޖާބެއް ކަހަލަ ކަމެއް. އެމީހުން އުޅެނީ އެފަނޑިޔާރުގެ އިސްލާޙުކުރުމުގެ ކަންކަމައިގެން. އާޖެންޓް ކޮށް އެދުނީމަ ބާއްވާނެ. ކަލޭމެނަށް ރަނގަޅު އެއްގޮތެއްވެސް ނޯވޭ

    2
    1