އައްޑޫ ސިޓީ ހިތަދޫ ދެ ގެއެއްގައި ރޯކޮށް އަންދާލައިފިއެވެ.

މި ދެ ހާދިސާ ހިނގާފައިވަނީ، ރޭ ދަންވަރުގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯކޮށް އަންދާލީ ހިތަދޫ ފްލެޓްތައް ހުންނަ ސަރަޙައްދުގައި ހުރި ދެ ގެއެއްގައެވެ.

މި ހާދިސާގައި އެއް ގެއަށް ބޮޑެތި ގެއްލުން ލިބުނު އިރު އެގޭގެ ބަދިގެ ވަނީ އެކީ އަނދާފައެވެ. އަދި އެގޭގެ ސިޓިންގރޫމަށްވެސް ގެއްލުން ލިބިފައި ވެއެވެ. ނަމަވެސް ދެވަނައަށް ރޯކޮށްލި ގެއަށް ބޮޑު ގެއްލުމެއް ނުލިބެނީސް ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

މި ހާދިސާ ހިންގުމާއި އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ސިފައިން ވަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވެފައެވެ.

މަންޒަރުދުށް މީހަކު ބުނިގޮތުގައި، މި ދެގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބަޔަކު ގަސްތުގައި ރޯކޮށްލުމުގެ ސަބަބުންނެވެ. މިއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުމެއްގެ ތެރެއިން ހިންގި ޢަމަލެއް ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

މި ދެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އައްޑޫ ސިޓީގައި ފަހަކަށް އައިސް ގެތަކުގައި ރޯކޮށް އަންދާލުމުގެ ގިނަ ހާދިސާތައް ހިނގަމުން އަންނައިރު، ދާދި ފަހުންވެސް ހިތަދޫ ދެކުނު ދާއިރާގެ ގެއެއްގައި ރޯކޮށްލުމުން އެގެއަށް ބޮޑެތި ގެއްލުން ލިބިފައި ވެއެވެ. މީގެ އިތުރުން ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ވެސް ރޯކޮށްލުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަކީނާ

    ތިޔަކަންކަމުން ތިޔަދައްކައި ދެނީ އައްޑޫގައި އަދިވެސް ތަހުޒީބުނޫން މީހުން ގިނަކަން

    • Anonymous

      އެންމެ ތަހުޒީބީ މާލޭ ބޭފުޅުން އޮތަ؟ I

  2. އަލިމާ

    ގޮތްކުޑަވިޔާނުދާބައެއް

  3. އަލީ އަންނި

    މި ވަރުގެ ނާތަހުޒީބު ތަންތަނަށްވެސް ސިޓީގެ ދަރަޖަ.އައްޑު މީހުން ވަރަށްވެފަ ސިޓީހެދިގެން އުޅޭނެ.ނަމުން ސިޓީ ކަމުން އިއްޑިޔާގެ އެންމެ ނާތަހުޒީބު އަވަށްގަޑެއްގެ މީހުން..ސާބަސް،