މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ)ގެ ހުރިހާ ހިދުމަތްތަކެއް އެ ބޭންކުގެ އާ ހެޑް އޮފީހަށް ބަދަލުކުރަން ނިންމައިފިއެވެ.

އެ ބޭންކުގެ އާ ހެޑްއޮފީސް ހުންނާނީ، މެދުޒިޔާތްމަގުގެ، މެދުޒިޔާރަތް ދޮށުގައެވެ.

އެމްބައިބީއިން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެމްއައިބީގެ ހުރިހާ ހިދުމަތެއް ލިބޭނީ އާ އޮފީހުން ކަމަށެވެ.

އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކްގެ މެއިން ބްރާންޗުން ދޭ ހުރިހާ އާ އިމާރާތުން ލިބޭނެ ކަމަށާއި، އެ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ދޭން ފެށުމުން ހިދުމަތުގެ ފެންވަރު ހަރުދަނާކުރެވިގެންދާނެ ކަމަށެވެ.

އަދި އެ ބޭންކް ހިންގާނީ، އާ އިމާރާތުގެ އެންމެ ތިރީ ބައިގަ އާއި، ފުރަތަމަ ފަންގިފިލާގައެވެ. އަދި ކުރީގެ އިމާރާތުގައި ހުރި އޭޓީއެމް މެޝީންވެސް އާ އިމާރާތައް ބަދަލުކޮށް، 24 ގަޑިއިރު ވަންދެން އެ ހިދުމަތްވެސް ދޭނެކަމަށް އެ ބޭންކުން ބުންޏެވެ.