އިއްޔެ އައިޖީއެމްއެޗް ތެރޭގައި ފުލުހުން ހިންގީ ލާއިންސާނީ އަމަލެއް ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ އިރު، އެމަނިކުފާނު އިއްޔެ ވަނީ އައިޖީއެމްއެޗް ގެނެސް ފަރުވާ ދީފައެވެ. ރައީސް ޔާމީނަށް އައިޖީއެމްއެޗްގެ ހިތުގެ ޑިޕާޓްމަންޓުން ފަރުވާ ދީފައިވާ އިރު، އެތަނަށް އެއްވި ޔާމީންގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުންތަކެއްވެސް ހިނގާފައެވެ.

އެ ހަމަ ނުޖެހުންތަކުގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމަށްވެސް އަނިޔާތަކެއް ވެފައިވާ އިރު، އެމަނިކުފާނު ވަނީ އެކަން މިއަދު ކުއްވެރި ކޮށްފައެވެ.

"ތީގެ ތެރެއިން ގިނަ ބޭފުޅުންނަށްވެސް އެނގިލައްވާނެ. އަޅުގަނޑު އެތާ ތެރޭގައި ހުންނަވަނިކޮށްވެސް އަނިޔާތަކެއް ލިބުނު. އެތަނަށް 200 އެއްހާ މީހުން ވަރަކަށް ޖަމާވެފައި އޮތް. އެތާ ހުއްޓާ އަޅުގަނޑަށް އުނދަގޫތަކެއް ވާން ފެށީ. އެންމެ ބޭފުޅުންނަށްވެސް އެނގޭނެ އަޅުގަނޑަކީ ހިތުގެ މައްސަލައެއް ހުންނަ މީހެއްކަން. އަޅުގަނޑަށް އެފަދަ އުނދަގޫތަކެއް ވީމަ، އެތަނުގެ ހިތުގެ ޑިޕާޓްމަންޓަށް ވައްދަން މަސައްކަތް ކުރުމުން ފުލުހުން ހުރަސް އަޅާ ޕެޕާ ސްޕްރޭވެސް ޖެހީ،" މިހާރު ކުރިއަށްދާ ޕްރެސްގައި އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިއަދު ވިދާޅުވީ އެތަނުގައި ސިޔާސީ ހަރަކާތެއް ނުހިންގަވާ ކަމަށާއި، އެއްވެ ތިބި މީހުން އެކަކު އަނެކަކު ވާހަކަ ދެއްކެވުން ފިޔަވާ އަޑު ގަދަ ކުރުމަށްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ސުލްހަވެރިކޮށް ތިއްބާ ފުލުހުން ހިންގި އަމަލުތައް ކުއްވެރިކުރާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އިއްޔެ ރައީސް ޔާމީން ގެނައީ އޮޅުވާލުމެއްގެ ތެރެއިން ކަމަށާއި، ވަކީލުންނާއި އާއިލާއަށްވެސް ނޭނގި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލްޖިބްރާ

    ކޮބާ މިހާރު ހިތުގެ މައްސަލަވެސް އުފެދުނީ އުތަ ؟ބާރު އޮތްއިރު އެހެންމީހުންގެ ލޮލަށް ބޮލަށް ސްޕްރޭ ޖެއްސުވިއިރު ތިހެންވެދާނެކަން ހަދާނެއް ނެތެއްނު ؟ ދެން ހިފާހައްޔަރު ކުރުމުގެ ކުރިން ހިތުގެ މައްސަލައަށް ފަރުވާހޯދަން ޔާމީނާއި އެކީ އައި.ޖީ. އެމް. އެޗް. ގައި އެޑްމިޓް ވާންވީނު ؟ ބޯންއުޅުނު ބޮޑި ތިއޮށް ބޮވެނީ !

    8
    8
  2. ގާސިމު

    ހޮސްޕިޓަލްގަކުރި ގާނުނާހިލާފު މުޒާހަރާ އެންމެ ހަރުކަށިއިބާރަތުން ކުއްވެރިކުރަން. އަދި މިފަދަކަމަކަށް އަޅުގަނޑުގެ އެއްވެސް އެއްބާރުލުމެއް ނުދޭނެވާހަކަދަންނަވަން.

    9
    7
  3. ހުސެިއން

    މާތް ހަޔާތްކުޑަވެގެން ، މާތް މީހަކަށް ވެގެން އުޅޭނެ ކަމެއްނެތް ، އައުގުރާނަ ގޮވާ ، ތިމާމެން ނޫނީ ބަޔަކު ނެތްކަމަށް ހެދިގެން އުޅޭނެ ކަމެއްނެތް ، ބަލަ އައުގުރާނަ ގޮވާ ފުއްޕާފަ އެހެން މީހުންނަށް ވެސް އުޅެވޭނެ ، ތިޔަ ބައިގަޑު އުޅުނުގޮތަ އެއޮތީ ފެންނަން ، ފުލުހުންނަށް ހަމަލަދީ އައުގުރާނަ ގޮވާ ހެދި!

    5
    8
  4. ޝާން

    ކުއްވެރިކޮށް ކޮށް ހުރޭ. އަހަރެމެން ހިތަށް ނާރާނެ ކަހަރުވަކެކޭވެސް. އަދިވެސް އެހެން ހަދާނީ. ދެން ލަލަލާ

  5. ޣަޡި

    ކަލޭމެން ގޭގައި ތިއްބާދޯ ފުލުހުން ،ކަލޭމެން ދުރައްޖެއްސީ، ލާ އިންސާނީ ޕޕއ،ލާއިންސާއީ ޕނސ ކިޔަގަ އޭރުން މާ ތާހިރުވާނެ.ގޭގަ މަޑުން ތިބެބަލަ އޭރުން އެއްކަމެއްވެސް ފުލުހުން ނުކުރާނެ ،ތި ޔމނ ކުއްވެރި ނުވަންޏާ ދޫކޮށްލާނެއްނު،އަހަރުމެން ނިކަމެތިން ހައްޔަރު ކުރީމަ ބާލާނެ މީހަކު ނުހުރޭ،ތިމީހުންވެސް އެމީހުން އަތުން ލިބުނުވަރު މަދުކަމުން ތިއުޅެނީ ފަހަތުން ނުނެއްޓިގެން،އަޅެ ކީއްވާނީ ރައްޔިތުންނަށް ފައިދާހުރިކަމެއްކުރަން ،ހަމައެކަނި މާލޭގައިދޯ ތަރައްގީ ކުރަންޖެހޭނީ،ކޮންމެ ސަރުކާރެއޮތަސް ނުޖެހޭޏެ ހޮސްޕިޓަލްތެރޭގައި މުޒާހަރާ ކުރާކަށް މީ ބަލި މީހުން ތިބޭތަނެކޭ ތިމީހުނަށް ނުވިސްނެނީތަ،އެކަމު ތިއަށްވުރެން ވިސްނޭ ބައެއްވެސް ނުތިބޭނެ ތިމީހުންގެ ވާހަކައިން ވސ

  6. މުޙައްމަދު އަޙުމަދު

    ގައުމެއްގެ ސރުކާރަކުން ފުރަތަމަ ފަހަރަށް ހޮސްޕިޓަލަށް ޕެޕަރ ސްޕްރޭ ޖަހައިގެން ރައްޔިތުންނަށްޓަކައި އޮންނާނީ ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދާާފަ. މިއީ 100 ދުވަހުގެ ވައުދެއް. ރައްޔިތުންނަށް ލިބުނު ޝަރަފެއް. ދެން ލަލަލާ.

    2
    1