ހޯމް މިނިސްޓަރު އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމުގެ އިޝާރާތެއް ޕީއެންސީގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްރުރަހީމް އަބްދުﷲ (އަދުރޭ) ދެއްވައިފިއެވެ.

މިއަދު ޕްރޮގްރެސިވް ކޯލިޝަންއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ހޯމް މިނިސްޓަރަކީ ދެފަހަރަކު އެއް ވާހަކައެއް ދައްކާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް މަސައްކަތް ފަށަން ޖެހިފައިވާ ކަމަށެވެ.

"ހޯމް މިނިސްޓަރަކަށް ހުންނެވީ އެކަމަށް ކުފޫ ހަމަވާ، ސިޔާސީ މައިދާނުގައި އެއްވެސް ބުރަދަނެއް އެކުލެވޭ މީހެއް ނޫން. އެހެންވެ މި ދަންނަވަ ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވަންދަން ޖެހިދާނެ ކަމަށް. މި ދެއްވީ ސިގްނަލެއް ކަމަށް ބައްލަވާ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އިއްޔެ ފުލުހުންގެ ފަރާތުން ފެނުނު ކަންތައްތަކާ ގުޅޭ ގޮތުން ޝެއިޚް އިމްރާން ކުރެއްވި ޓްވީޓުންވެސް އެނގޭ އެއްޗަކީ އެތަނުގައި ރައީސް ޔާމީންގެ ސަޕޯޓަރުން އެއްވެސް ހަމަނުޖެހުމެއް ނުހިންގަވާ ކަމަށާއި، އިމްރާނުގެ ވާހަކަތައް ހަމަނުޖެހޭ ކަން ކަމަށެވެ.

ހޯމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ހޮސްޕިޓަލާއި ސްކޫލް ފަދަ ތަންތަނަށް ވަދެ ހަމަ ނުޖެހުން ނަގާލުމަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، އެފަދަ ތަންތަނުގެ ސަލާމަތާ ރައްކާތެރިކަމަކީ އެންމެ އިސްކަން ދޭނެ ކަންތައް ކަމަށެވެ. އަދި އަމަލުކުރަން ޖެހޭ އުސޫލުން ބޭރުގައި ކަމެއް ހިނގާފައިވާ އެކަމެއް އިންޝާﷲ ހައްލު ކުރާނެ ކަމަށްވެސް އިމްރާންގެ ޓްވީޓްގައި ވިދާޅުވިއެވެ.

އިމްރާން މިފަދަ ގޮތަކަށް ޓްވީޓް ކުރައްވާފައި ވަނީ އިއްޔެ ރައީސް ޔާމީނުގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު، އައިޖީއެމްއެޗް ހޮސްޕިޓަލުގައި ހިނގާ ދިޔަ ކަންތައްތަކާ ގުޅުވައިގެންނެވެ. މަނީ ލޯންޑަރިންގެ މައްސަލަ ނިމެންދެން ހައްޔަރުގައި ހުރި ރައީސް ޔާމީން އިއްޔެ، ކުއްލި ގޮތަކަށް އައިޖީއެމްއެޗަށް ގެނެސްފައިވާ އިރު، އެތަނަށް އެއްވި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ.

ސަޕޯޓަރުން މައިތިރި ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާ އިރު، އެއީ މިހާތަނަށް ހޮސްޕިޓަލެއްގެ ތެރޭގައި ޕެޕާ ސްޕްރޭ ބޭނުން ކުރި ފުރަތަމަ ފަހަރެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވެފައި ވަނީ ޑިފެންސް މިނިސްޓަރު އިންޑިއާގައި ދެއްކި ވާހަކައާ ގުޅިގެން މިހާރު އަލް އުސްތާޒާ މާރިޔާ ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލައަށްވެސް މިހާރު ސޮއި ހަމަކޮށް ހުރިހާ ލިޔުންތަކެއްވެސް ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަ

    ކަލޭމެން ހެޔޮ ދޯ އެތަނަށްވަދެ ކޮންމެ ސަކަރާތެއް ޖެހިޔަސް. ހަމަ ރަނގަޅަށް ެެެ އެވީ.

    10
    15
  2. ކޮކީ

    ކަލޭމެންގެ ރަންޒަމާން ވާޒީވެއްޖެ.

    10
    16
  3. ސލ

    އިމްރާންނަކީ ހޯމް މިނިސްޓަރުކަމަށް ކުފޫ ހަމަވާ
    މީހެއްނޫނެވެ ވިހާއަވަހަކަށް ވޯޓްނެގުމަށްގޮވާލަމެވެ

    21
    16
  4. މޯދީ

    ބަލަ ރީނދޫ ބައިގަނޑަށް ހީވަނީތަ މުޒާހަރާ ކުރަން ކަރުބުޑުން ފެލެން އެނގެނީ ތިމާމެނަށް އެކަނި ހެން؟ އަހަރެމެން މަޑުން ތިބެނީ...ކުޅި ދައްކާލާނަން މިފަހަރު

  5. ބޯބުޅި

    ކަލޭ އެކަނި ސިޔާސީމިހަކީ ކޮންސިޔާސީބަރުދަނެއްހުރީ
    ރަގަޅު ވާހަކަދައްކަންނޭގޭ ކަލެއަށް ތިޔޮތި މެންބަރުކަމެއް ދެންލަލަލާ