ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، އަހުމަދު ނިހާން ހުސައިން މަނިކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ނިހާން ފުލުހަށް ހާޒިރުވާން އެންގިކަމުގެ ލިޔުން އޭނާގެ ޓްވީޓް ކޮށްފައިވާ އިރު، ގަޑިއަށް އެ އިދާރާއަށް ހާޒިރުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނިހާން ފުލުހަށް ހާޒިރުވާން އަންގާފައިވާ އިރު، އޭނާގެ ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގާބުރިއެއް ލައްވާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ މިއަދު ފުލުހުން ވަނީ ބަލަން ފަށާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕްރޮގްރެސިވް ކޯލިޝަނުން ރޭ ކުރި މުޒާހަަރާގައި ނިހާން ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގާބުރިއެއް ލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ރޭ ވަނީ އާއްމު ވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ނިހާން ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގާބުރިއެއްލި މައްސަލަ ބަލަން ނިންމައި އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

"އެކަން ބަލަން ނިންމައި އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ވީޑިއޯ އިން ފެންނަނީ ކާނިވާ ސަރަހައްދުގައި ބޭއްވި މުޒާހަރާ ނިންމުމަށްފަހު، މުޒާހަރާގެ ބައިވެރިންނާ އެކު ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް ދަމުން އެ ތަނުގައި އޮތް ޕޮލިސް ވެހިކަލެއްގެ ފުރޮޅު ދަށަށް ނިހާން ގަލެއް ލައްވާ މަންޒަރެވެ.

އެކަން ކުރުމަށް ފަހު ނިހާން ވަރަށް ބާރަށް ކުރީ ސަފަށް ގޮސް އެންމެން އައުމަށް އަތުން އިޝާރާތް ކުރާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

އެ ވީޑިއޯ އާންމުވިތާ ކުޑަ އިރުކޮޅެއް ފަހުން ނިހާން ކުރެއްވި ޓްވިޓާގައި ވިދާޅުވެފައިވަނީ ފުލުހުންގެ ވެހިކަލެއް ރައްޔިތުންތަކެއްގެ ތެރެއަށް ވަދެ ފަހަތަށް ދުއްވަން އުޅެފިނަމަ، ރައްޔިތުންނަށް އަނިޔާވެދާނެތީ އެފަދަ ކަމަކުން ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށެވެ.

ނިހާންގެ ވީޑިއޯ އާއްމު ވުމުން އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ނިހާންގެ މައްސަލަ ތަޙްޤީޤު ކުރުމަށް މީސް މީޑިއާގައި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަޔާ

    މިހާ އަވަހަށް މައްސަ ބަލަން ފެށުމުން ވެސް ދޭހަވަނީ ސިޔާސީ ކަންތައްގަނޑު ޕޮލިހަށް ވަދެފަ އޮތްވަރު އިސްމީހާއަކީ އެކްޓިވިސް ޓެއް ވިއްޔަ ދެން ކިހާބއަވަސް އަރުވާލާނެ ހަމަ ހަސަދަ ފިލުވާ ލަނީ

    32
    11
  2. ށުމަން

    ފުލު ހުން ގެނާގާބިލް ކަން މީ.. ބަތްކައްކާ ކުޅޭ އުސޫލުން ގަލެއްބޭއްވީމަ. ލޮލް.

    މަގުމަތީ ހުންނަ ގާ މީހަކަށް ނަގާ ހަމަ މަގުމަތީ ބޭއްވިދާނެ..
    ކަލޭމެންގެ ބަސް ނުވިކި ރައްޔިތުން ނުބެލެހެއްޓޭ ހިސާބަށް ތިދަނީ.

    7
    4
  3. ވޯޓްވަގު

    ނިހާން ކުރިކަމަކީ އެތައް ބަޔަކަށް ލިބިދާނެ އަނިޔާއަކުން ސަލާމަތްކުރުން، އެކަމަކީ ތަހުގީގެއް ކުރަންޖެހޭ ކަމެއްނޫން،، އެކަމުން އެނގެނީ ފުލުހުންގެ ޒިންމާދާރުކަން ނެތްވަރު، އެވެހިކަލް އޮތީ ހޭންޑް ބްރޭކްވެސް ނުޖައްސާ،

    8
    5
  4. Anonymous

    ދެންފުލުހުންވެސްދޯ؟ މާލޭގެގިނަމަގުތަކުގަ މިއޮތީހުސްގާ. ޙަތަރުފުރޮޅު ޖެހޭނީހަމަ ގަލުގަ. ޢަހަރުތަކެއްކުރިން ފުރަމާލޭގަމިއޮތް މަގުތަކުގަ ގާއަޅަން އުޅުނު ހުރިހާ ބަންގާޅުރައްޔިތުންވެސްފުލުހައްހާޒިރުކުރޭ!! ނިހާނުލެއްވީ އެންމެގަލެއް .އެމީހުން އެތައްހާސްގަލެއް?

    7
    4
  5. ކެލާ

    ތިހަމަ ބޮޑު ކުށްވެރިއެއް ކުރިން ބެރިކޭޓުފެޅީ މިފަހަރު ޕޮލިސް ޖިޕްދަށަށް ގާއެރުވީ މީދެން މާމޮޅުވެގެން އުޅޭ މީހެއް!

    2
    1