އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަމަލު ކުރައްވާ ގޮތަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހްގެ ހިތްވަރު ގަދަކަމަށާއި، ރައީސްގެ ހަމަހަމަ އުސޫލަށް ވަނީ މަރުހަބާ ދަންނަވާފައެވެ.

"އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ރައީސް ސޯލިހް އަމަލު ކުރައްވަމުން ގެންދާ ހިތްވަރުގަދަ އުސޫލަށް ފުރިހަމައަށް ތާއީދު ކުރައްވަން. މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކާމެދު އަވަސް ފިޔަވަޅެއް އަޅުއްވާނެ ކަމާމެދު ޝައްކު ނުކުރައްވަން. މަރުހަބާ ރައީސް،" ނަޝީދުގެ ޓްވީޓުގައިވެއެވެ.

ހިޔާނުގެ މައްސަލައިގައި އެސްއޯއެފް އެކައުންޓުން ފައިސާތައް ފޮނުވާފައިވާ އެކައުންޓްތަކުގެ ތަފްސީލް އޭސީސީން ހާމަކޮށްފައިވާ އިރު، އެ ހިޔާނުތެގެ ފައިސާ މިހާރުގެ ސަރުކާރު ތެރޭގައި ތިއްބެވި ބައެއްް ބޭބޭފުޅުންގެ އެކައުންޓަށްވެސް ވަނީ ވަދެފައެވެ. ސަރުކާރު ތެރޭގައި ތިބި ފަރާތްތަަކަށް ރައީސް ވަނީ ގޭގައި މަޑުކޮށްލަން އަންގަވާ، މައްސަލަ ބައްލަވަން ފައްޓަވާފައެވެ.

އެގޮތުން، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން، ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ގޭގައި މަޑުކުރައްވަން ވަނީ އަންގަވައިފަ އެވެ. އަދި ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް އާއި އައިލަންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމްވެސް ގޭގައި މަޑުކުރައްވަން ވަނީ އަންގަވައިފައެވެ.

އޭގެ ތެރެއިން މައުސޫމަކީ ނަޝީދު ސަރުކާރުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ބޭފުޅަކަށްވާ އިރު، ނަޝީދު ވަނީ އެބޭފުޅާގެ ދިފާއުގައިވެސް ޓްވީޓެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަނގަފިދު

  ދެފަހަރު ދެކައްޗެކޭ ކިޔާކަށްވެސް ނޭނގޭހާ ގަމާރު އެއްޗެށް މިއީ.

  6
  1
 2. ވޯޓްވަގު

  ހަމަހަމަކަން ވަރަށް ސާފު، ކަލޭގެ ވެރިކަމުގަ ލާރިކޭހާ މީހުންނަށް މިނިސްޓަރުކަމާއި ބޮޑެތި މަޤާމުތައް، ތިކަހަލަ ޓެރެރިސްޓުންނާއި ކުޑަކުދިންނާބެހޭ މީހުން ޖަލުންނެރެ މުޖުތަމަޢުތެރެއަށް ދޫކޮއްލީ، އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ކަލޭ އަޑީގައި ހުރެގެން އަދީބު މެދުވެރިކޮށް ހިންގި ބޮޑުވައްކަމެއް، އެކަމަކު ޖަލަށްލީ ޔާމީނު، ދހެން ކިހާ ހަމަހަމަ ދޯ؟ ޖީއެމްއާރަށް އެއާޕޯޓް ވިއްކައިގެން ލިބުނު ލާރިކެއީ ކަލެއާއި ކަލޭގެ އައުވާނުން، މިފަހަރު އިންޑިއާއިން ދިން ފައިސާއިންވެސް ރައްޔިތުންނަށް ކަމެއް ކޮށްދޭނެކަމެއް ނޭގެ، ވެރިކަމިގަ ހުރި ދުވަސްކޮޅުވެސް ބެލީ އިސްލާމްދީނާއި މަތް ނަބިއްޔާ ސައްލައްﷲ އަލައިހި ވަސައްލަމަ އަށް ފުރައްސާރަ ކުރެވޭތޯ، ފިލައިގެން އުޅެފަ ރާއްޖެ އާދެވުނީމަ ދެން ބެލީ މީހުންނާ ނުއިނދެ ތިބޭ އަންހެނުން ނުވިހާ އޮޕަރޭޝަން ކުރެވޭތޯ، އަނގަހުޅުވަން ލަދުހަޔާތްކޮބާ،

  10
  1
 3. އަހުމަދު

  ފައްކާ ދެވަގު މިހާރުވެސް ކޮންމެސްތާކުން ލާރިގަޑެއް ވަގަށް ބަނޑުއަޅާލާނެ ގޮތެއް އެރާވަނީ ޖައްބާރު ކިނބޫ ގަންޖާބޯ

 4. މަސްވެރިޔާ

  ރ. އބމ ސޯލިހުއަކީ އެގްޒެކްޓިވް ބާރު .. ދައުލަތަށް ކުރިމަތިވާ ކަންކަން ތަހުގީގު ކުރުމަށް ޤާނޫނީ ބާރުލިބިގެން އުފައްދާފައިވާ މިނިވަން މުއައްސަސާތަކަކީ އެކަމެއް ތަހުގީގު ކޮށް ފިޔަވަޅެއް އަޅަންޖެހޭނަމަ އެކަމެއް ކުރަން ތިބޭ ތަންތަން. ރ.އިބޫ މިނިވަން މުއައްސަސާއެއްގެ ތެރެއަށް ނުފޫޒު ފޯރުވާ މީހުން ހައްޔަރު ކުރަން އެކި އަމަލް ހިންގާނަމަ ރައީސް އަޒުލް ކުރަންޖެހޭ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އަށްވުރެ ބާރުގަދަކުރަން ރައީސް އަށް ބާރު ލިބެނީ ކޮންތާކުންތޯ. ޤާނޫނު ހަދާ މަޖުލިސްއާއި ޖުޑިޝަރީ އަކީ ރައީސްއާއި އެއްވަރަށް ބާރު ލިބިފައިވާ 2 މުއައްސަސާ. ބައެއް ހާލަތުގައި ސްޕްރީމް ކޯޓްގެ ޗީފް ޖަސްޓިސްގެ ބާރު ގަދަވާނެ.

  10
 5. ބޯހަލާކު

  އެކަމު މައުސޫމް ސަސްޕެންޑު ކުރުން ކަޑާ ދޯ