ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި އެނދުގެ ދަތިކަން އޮތް ނަމަވެސް، މާބަނޑޫ މީހުނަށް ދަތިނުވާނެ ކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.

މާބަނޑު ފަރާތްތަކަށް އެ މައްސަލަ ބޮޑުވެފައިވާ ކަމަށް، "ވަގުތު" އަށް މައުލޫމާތު ދިން އާންމު ފަރާތުން ބުނެފައި ވަނީ އެނދު ނުލިބިިގެން ވިހަންވެސް އެޑްމިޓް ނުވެފައި ތިބި ކަމަށެވެ. އަދި ކުޑަ ކުއްޖާއަށް އެކަމުގެ ގެއްލުމެއް ވެދާނެ ކަމަށް އިންތިހާއަށް ބިރު ގަންނަން ޖެހޭ އިރު، އެކަމަށް ހައްލެއް ބޭނުންވާ ކަމަށްވެސް ބުނެފައިވެއެވެ.

މައުލޫމާތު ދިން ފަރާތުން ބުނެފައި ވަނީ މިހާރު ވިހެއުމަށް ބޭނުން ކުރާ ކޮޓަރިތަކުގައިވެސް ކިޔު ބޮޑުވެ، ވިއްސޭނެ ފަސޭހަ ގޮތެއްވެސް ނެތް ކަމަށާއި، ބައެއް ފަރާތްތައް އެމަޖެންސީގައި ވިއްސަން މަސައްކަތް ކުރާ ކަމަށެވެ. އަދި އެމަޖެންސީގައި އަންހެން މީހާ އޮންނަ އިރު، ހަމައެކަނި ދަމާލެވެނީ ފަރުދާއަކަށް ވުމުން އެއީ އެއްވެސް ގޮތަކަށް އެކަށޭނެ ގޮތެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

އެނދުގެ މައްސަލަތަކާ ގުޅިގެން އައިޖީއެމްއެޗުން ބުނެފައި ވަނީ، އެ މައްސަލައަކީ އަބަދުވެސް ދިމާވާ މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް އެކަން ހައްލު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

"އެނދުގެ މައްސަލައަކީ އަބަދުވެސް ދިމާވާ މައްސަލައެއް. އެކަން ހައްލުކުރުމަށް އަބަދުވެސް ދަނީ މަސައްކަތް ކުރަމުން، އެކަމަކު ސްޕެސިފިކަލީ ބުނަން ނޭނގޭނެ އެމަޖެންސީގައި ވިއްސާ ކަމެއް. އެއީ ވިއްސުމުގެ ކަންތައް އޮންނާނީ ތިން ތަނެއްގައި ވިހެއުމުގެ ކަންތައް ކުރިއަށްދާނެ. އެއީ ވަކިތަނެއްކައި ކުރައްވާ ކަމެއް ނޫން ކަމަށާއި، އެއީ ހިފެހެއްޓުމެއްވެސް އޮންނަ ކެމެއް ނޫން. ގައިނީ އެމަޖެންސީގައިވެސް އެކަން ކުރެވެންޏާ އެކަން ކުރާނެ. ނުވަންޏާ އެކަމަކު ވިއްސާ ކޮޓަރިއަށް ފޮނުވާލާނެ،" އައިޖީއެމްއެޗްގެ އޮފިޝަލަކު ބުންޏެވެ.

އާންމު ގިނަ ފަރާތްތަކަކުން އައިޖީއެމްއެޗްގެ ކަންކަން ހުންނަ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، އެންމެ ބޮޑު މައްސަލައަކީ ތަނުގެ ޖާގައެވެ. ހާއްސަކޮށް އެނދު ނުލިބުމުގެ މައްސަލަ އަބަދުވެސް ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަހަންމާ

    ޖާގަ ނެތެއްޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. ޔާމީން ޖަލަށް ލުމުގެ ކުރިން 25 ބުރީގެ އިމާރާތެއް އަޅާ ނިންމަ ދީފަ ދިޔައީ..

    10
    1
  2. ޙޭބަލި

    ނުކިޔަވާހުރި މޮޔައެއް ގައުމު ހިިންގަން ހަވާލުވީމަ ހުރިހާ ކަމެއްވެސް ހުންނާނީ ތިހެން

    8
    1
  3. ާަްސސ

    ޢެމަރޖެންސީގައި ވިއްސުވުމަކީ މައްސަލައެއްނޫން ދެއްތޯ؟ އައި ޖީ އެމް އެޗް ގެ ހިޔަލަ ވިންގް ގެ ހުރިހާ ތަނެއްގަވެސް ތިބެނީ ވިއްސުމުގެ ތަމްރީން ލިބިގެން ތިބި ނަރުހުން. ޥީމާ ކޮބާ މައްސަލަ އަކީ؟ަ އަދި ބޭބީ އަށް ފަރުވާ ދެވޭނެ ހުރިހާ ވަސީލަތްވެސް އެމާރޖެންސީ ރޫމްގަވެސް ހުރޭ.

    6
    7
  4. ށސ

    ޢެމާޖެންސީގައި ވިއްސުވުމަކީ މައްސަލައެއްތޯ؟
    ޢެތާގައިގައިވެސް ތިބެނީ އެކަމުގެ ތަމްރީން ލިބިގެން ތިބި ނަރުހުން. ޢަދި ބޭބީ އަށް ބޭނުންވާ ހުރިހާ ޚިދުމަތްވެސް އެތަނުން ލިބެން ހުރިކަން ވަރަށް ރަގަޅަށް އެގޭ.

    6
    7
    • ކިނބޫ

      އެއީ ވަރަށް ބޮޑު މައްސަލައެއް. ޢިމަޖެންސީ އަކީ ތަފާތު ބަލިތަކުގެ މީހުންނަށް ފަރުވާ ދެވޭ ތަނެއް. ތުއްތު ކުއްޖާ އަލަށް އަފަންވާން އެންމެ ރަނގަޅު މާހައުލެއް ނޫން އެއީ.

  5. މިއަދު

    ޖުމުހޫރީމައިދާންވެސް މިސަރުކާރުގައި އޯކޭވާނެ

    12
  6. މަރިޔަން

    25 ބުރިގެއިމާރާތެއް އަޅާދީފަ ހުރީ ކީއްވެތަ ހުޅުވަން ނުކެރިގެނ މިތިބަ އުޅެނީ ރައީސް ޔާމީނު އެހުރީތަނުގެ ދަތިތަށް ފިލުވާދީފަ މިބައިގަޑު ކީއްވެތަ ެތަނައް މީހުން ނުވަންދަން މިއުޅެނީ

    10
    1
  7. ފާތުން

    އެމެޖެންސީރޫމު ބަލިމީހުން ބައިތިއްބާފަ ތިބެނީނީ ވީލް ޗެއާގަ މަސައްކަތް ކުރަނީ 4 ނަރުން މީބޮޑު ވަރެއް ދެލޮލައް ނުފެން ނަނީތަ ރާއްޖޭގަ ކިޔަވައިގެން ތިބިކުދިންނަށް ވަޒީފާނުދީ ވަގުތީގޮތުން އެކުދން ނެރެގެން މަސައްކަތް އެބަކުރުވާ ސަރުކާރު ފައިސާތަށްހިފައިގެނ މިވަޒީރުން މިދަތުރު ކުރަނީ ގައުމުން ބޭރަށް އެއަށްވުރެ މާތާހިރުވާވާނެ ތިހޮސްޕިޓަލްގެ ނަރުހުން ލީއްޔާ ހަމަ އެކަނި އެމެޖެނސީރޫމުގަ 4 ނަރުހުން ކޮބާމިބައިގަޑުގެ ގޮތެއް ލަދުގަނޭތަ ތަންފުރި ބާރުވެގެން ހަދާނެ ގޮތް ހުސވެގެން އެ 4 ނަރުން ދުވަނީ އަޑުއަހަނީކާކުތަ ބީރު ކަނފަތް ދެނީ

    11
  8. ވ މ ފ

    އައިޖީއެމް އެޗްގެ ހާލަތަކީ މައިމޫނާމެންގެ ޒިންމާއެންނޫ އެމީހުންގެ މީހަކުކަންފަތުގަ ރިއްސާލިޔަސް އައިސީޔޫއިން އެދެން އިމަޖެންސީ އެދެން ނިކަމެތި ރައްޔިތުމީހާ އެދެން ނުލިބިފައި މަސްދެމަސް ދެންވިސްނާ!!!!!!!!

    11
  9. ޑަވިންކުލް

    ާމިހާރުވެސް މިތިބީ އެދެއް ނެތިގެން ސާޖަރީއެއް ނުކުރެވި އިމަޖެންސީގަ ކިހާބޮޑު ކަމެއް ސާލިހުނުވަންޏާ ދާންވީނު

    11
  10. އިބޫ

    ވައުދު ފުއްދާ ނުދޭ ރައީސް އެވަރަށް ވިހާއިރު ވެސް ވައުދު ނުފުއްދޭ.ވައުދު ވީ ވިހާ ކޮންމެ ކުއްޖަކަށް ހަދިޔާ ދޭން އެންމެ ކުޑަ މިނުން ޖަހާލާނެ ނެޕީ އެއްވެސް ނުދޭ ސަރުކާރު