ދިވެހި ބަހުގެ ޕީއެޗްޑީ ޕްރޮގްރާމަކަށް ގައުމީ ޔުނިވާސިޓީން މިއަދު ހުޅުވާލައިފިއެވެ.

"ޕީއެޗްޑީއިން އެޕްލައިޑް ލިންގުއިސްޓިކްސް"ގެ ނަމުގައި މިއަދު ތައާރަފް ކުރި ކޯހަކީ މާދަރީ ބަހުގެ ދުވަހާ ގުޅުވައިގެން ތައާރަފް ކުރި ކޯހެކެވެ. ކޯސް ތައާރަފްކޮށް، މިފަހަރު ކޯސް ހެދުމުގެ ފުރުސަތު ދީފައިވާ ތިން ފަރާތަކަށެވެ. އެ ފަރާތްތަކާ ލިޔުންތައް ހަވާލުކޮށްދެއްވީ ނިޝާނުލް އިއްޒުއްދީންގެ ވެރިޔާ އައްބާސް އިބްރާހީމެވެ.

އެ ޕީއެޗްޑީ ކޯހުގެ މުއްދަތަކީ ތިން އަހަރެވެ.

މީގެ އިތުރުން މިއަދުގެ ހަފްލާގައި، ރާއްޖޭގެ ތާރީހާ ސަގާފަތާ ގުޅޭގޮތުން ޕީއެޗްޑީ ޕްރޮގްރާމެއް ތައާރަފް ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެ ކޯހަކީ ރާއްޖޭގެ ތާރީހާ ސަގާފަތް ދިރާސާކުރުމުގެ ބައި ވަރަށް ބޮޑަށް ހިމަނާފައިވާ ކޯހަކަށްވާ އިރު، އެ ކޯސް އަދި ފަށާފައެއް ނުވެއެވެ.

މާދަރީ ދުވަހުގެ ހަރަކާތްތައް ރާއްޖޭގެ ސްކޫލްތަކުގައި ކުލަގަދަކޮށް ފާހަގަކުރަމުންދާ އިރު، އެމްއެންޔޫއިން އަލަށް ފެށި ދިވެހި ބަހުގެ ޑިގްރީއަކީ މުހިއްމު ކޯހެއްކަން ފާހަގަކޮށްލެވެއެވެ.