ކުރިއަށް އޮތް ރައްޔިތުން މަޖިލީގުގެ އިންތިހާބުގައި ބައިވެރިވުމުގެ މުއްދަތު މިއަދު ހަމަވެފައިވާ އިރު، އިންތިހާބުގައި ވާދަކުރަން 406 ބަލައިގެންފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަވީރު 4:00އަށް ހަމަވި އިރު، ކުރިމަތިލި ޕާޓީތައް އެނގޭ ތަފްސީލުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން އެމްޑީޕީން ބުނެފައި ވަނީ އެ ޕާޓީން 86 ދާއިރާއަކަށް ވާދަކުރާނެ ކަމަށެވެ. އަދި 86 ދާއިރާގެ ކެނޑިޑޭޓުންނަށް ވަނީ ޓިކެޓްވެސް ހަވާލުކޮށްފައެވެ. ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ 46 ކެންޑިޑޭޓަކު ކުރިމަތިލާފައިވާކަމަށް މިއަދު އެޕާޓީން ބުނި އިރު، އެޕާޓީތަކާއެކު މަޖިލިސް އިންތިހާބަށް ނުކުންނަން ނިންމާފައިވާ ޖުމްހޫރީ ޕާޓީގެ 42 ކެންޑިޑޭޓަކު ފޯމް ހުށަހަޅާފައިވެއެވެ.

އެމްޑީއޭއާއި އާދަލަތުންވެސް ހަތް ކެނޑިޑޭޓުންނަށް ޓިކެޓް ދީފައިވާ އިރު، މިރޭގެ ވަގުތެއްގައި ކުރިމަތިލި ކެނޑިޑޭޓުންގެ ތަފްސީލް އާންމު ކުރާނެ ކަމަށް ބެލެވެއެވެ.

މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޯލާ

    ބޮޑުވަގު ވޯތު ވަގު މިފަހަރު ކުދިން ނޭ ހޭއަތި ބޮޑު ވަގު ވަރަށް ހުށިޔާރު ވާނެ

    4
    1
  2. ވޯޓްވަގު

    ކޮބާ މިހާރު ހޮވަންޖެހޭ މީހުންގެ ލިސްޓް ލިބިއްޖެތަ، އަސޭ ބުނެފަ އޮތީ ކެނެރީގޭ ހޭކެނޑޭ ހޮވެންޖެހޭނޭ، މޫމޫ ބުނީ ކަލޭކައިރީ ބުނާށޭ މި ދައުރުގަ ރާއްޖޭގަ ފައްޅި އެޅޭނީ ޅިޔަނަށް މެޖޯރިޓީ ލިބިގެންނޭ، އެހެންވީމަ ޅިޔަނު ފޮނުވާ ލިސްޓްގަ ތިބިމީހިން ހޮވާށޭ، އޭރުން މިފަހަރު ދޭނަމޭ 1ބ ޑ، އަދިބުނީ މިހެން ނުވެއްޖިއްޔާ ކުރިން ދިން 500މ ދޭންޖެހޭނޭ، އަދިބުނީ އިންޑިއާއަށް އަރާކަށްވެސް ނުކެރޭނޭ، އަދި ސަލާމްވެސް ބުނި.