ކުރިއަށް އޮތް ރައްޔިތުން މަޖިލީސް އިންތިހާބުގައި މާލޭގެ ހެންވޭރު ދެކުނު ދާއިރާއަށް ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ ކެންޕެއިން ޖަގަހަ ކުލަގަދަ ހަފްލާއަކާއި އެކު މިރޭ ހުޅުވައިފިއެވެ.

މިރޭ ޖަނަވަރީ ހިންގުމުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ޖަގަހަ ހުޅުވައިދެއްވީ މި ހަފްލާގެ ޝަރަފްވެރި މެހެމާނު ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އިރުތިޝާމް އަކީ އިލްމީ ގޮތުން ކިހާ ގާބިލް ބޭފުޅެއް ނޭނގޭ ރައްޔިތަކު ނޫޅެނެކަމަށެވެ.

"މިނިސްޓު ކަމުން ފެށިގެން ގޮސް ގައުމުތަކުގެ ސަފީރު ކަންވެސް އެކަމަނާ ވަނީ ކުރައްވާފައި. އެކަމަނާ މި ފަހަރު ރައްޔިތުން މަޖިލީހަށް ރައްޔިތުން ހޮއްވަވާނެ ކަމާއި މެދު އަޅުގަނޑު ޝައްކެއް ނުކުރަން" ގާސިމް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމުގެ އިތުރުން ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި އިރްތިޝާމް ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވީ ދާދިފަހުން އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިރުތިޝާމް އަކީ ކުރީގެ ނަޝީދު ސަރުކާރުގައި ޖެނީވާގައި ހުންނަވާ ސަފީރުކަމުގެ މަގާމު އަދާކުރެއްވި ބޭކަނބަލެކެވެ. އަދި
ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން ޑިޕްލޮމެޓިކް ދާއިރާގައި ހަރަކާތްތެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޭޓް

    ގާސިމްގެ ނުބައި ރޭވިމުން މި ގައުމު ސަލާމަތް ކޮށްދެއްވާންދޭވެ. މުސާރަ މުވައްޒްފުންނަށް ނިދެވޭ ކެޕްއިން އަށް ހަރަދު ކުރެވޭ ވެރިޔަކު ހޮވިޔަ ނުދޭންވި.