ރައްޔިތުންގެ މަޖިލީހަށް މިފަހަރު ބަދަލެއް ގެންނަން ޖެހޭ ކަމަށާއި ބަދަލު ގެންނަން މި ފަހަރު މަޖިލިސް އަށް ކުރިމަތި މިލީ ވަރުގަދަ އަޒުމެއްގައި ކަމަށް ހެންވޭރު ދެކުނު ދާއިރާއަށް ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝަމް އާދަމް ވިދާޅުވެއްޖެއެވެ.

މިރޭ ޖަނަވަރީ ހިންގުމުގައި އެކަމަނާގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އިރުތިޝަމް ވިދާޅުވީ މާޒީ އަށް ބަލާއިރު ހެންވޭރު ދެކުނު ދާއިރާގެ އަޑު ރައްޔިތުންގެ މަޖިލީހުގައި އެކަށީގެވާ ގޮތެއްގައި އިވިގެން ގޮސްފައި ނުވާކަމަށާއި އެކަން އެކަމަނާ އެދާއިރާގެ ރައްޔިތުންގެ އަރިހަށް ޒިޔާރަތް ކުރުމުން ފާހަގަ ވެފައިވާ ކަމަށެވެ.

"އަޅުގަނޑު ޔަގީން ކޮށް މިއަރުވަނީ މިފަހަރު މިދާއީރާއަށް އަޅުގަނޑު ހޮއްވަވައިދެއްވާފިޔާ ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވާނަން, އެކަން އަޅުގަނޑަށް ކުރެވޭނެ އެކަމުގެ ގާބިލުކަން ވެސް އެބަހުރި" އިރުތިޝާމް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި އިރުތިޝާމް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
މިރޭގެ ރަސްމިއްޔާތުގައި އިރުތިޝާމް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މިހާތަނަށް ހެންވޭރު ދެކުނު ދާއިރާއަށް ހޮވިފައިވަނީ މުޅިން ވެސް ފިރިހެން ބޭފުޅުން ކަން ފާހަގަ ކުރައްވައި އިރުތިޝާމް ވިދާޅުވީ މިއީ ބަދަލެއް ގެންނަންވި ފަހަރު ކަމަށާއި މިފަހަރު އަންހެން ކަނބަލެއް މި ދާއިރާއަށް ހޮއްވަވަން ޖެހޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ބަދަލެއް އެބަ އަންނަން ޖެހޭ, ހެޔޮ ބަދަލެއް, މަޖިލީހަށް ހެޔޮ ބަދަލެއް ގެނެވޭނީ މި ފަހަރު މަޖިލީހަށް ރައްޔިތުން ހޮވާ މަންދޫބުން އިހުލާތެރި އަދި ތެދުވެރި ވެގެން" އިރުތުޝާމް ވިދާޅުވިއެވެ.

އިރުތިޝާމް ވިދާޅުވީ އެކަމަނާއަކީ ބޭރު ދުނިޔޭގައި ވެސް އަޑު އިއްވާފައިވާ ބޭފުޅެއް ކަމަށާއި މި ފަހަރު މަޖިލީހުގައި ވެސް ރައްޔިތުންގެ ކަންބޮޑުވުންތަށް މާހަރުކޮށް އިއްވާނެ ކަމަށެވެ.

ކުރިން ހާރިޖީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އިރުތިޝާމް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތް މިނިސްޓަރުކަމާއި ޔޫތު މިނިސްޓަރުކަން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަމަ

    ހޮވިގެންތާދޯ ތިޔަބުނާ ބަދަލެއް ގެނެވޭނީ

    8
    3
  2. ސޯކާބެ

    ރަނގަޅުވާހަކަފުޅެއް މަސްއަލަޔަކީ ކޮންމެ ބޭފުޅެއްވެސް މަޖިލިސް އަށް ވެދެވަޑައިގަންނަވާއިރު ތިހުރިހާ ވާހަކަފުޅެއް ދަށްކަވާ އެކަމަކު އަމަލާ ބަހާދިމާނުވަނީ އަނެއްކޮޅުން ރަށްޔަތުން މެމްބަރުން ހޮއްވަވާއިރު ނުބައްލަވާ ތިމާމީހާ ވޯޓްލާމީހާޔަކީ ކުރީމަޖިލީހުގާ އަމަލާބަހާ ދިމާވާ މީހެއްތޯ 20 25 އަހަރު މަޖްލިސް މެމްބަރުކަން ކުރަށްވާއިރު ރަށްޔަތުން އުޅޭ ދަތިހާލް ނޭންގޭ އަނެއްފަހަރު ލަދުވެތިކަމެއްނެތި ދެވަނަފަހަރަށް ހަމައެއްކަލަ ރަށްޔަތުމީހާކައިރިޔަށް ވޯޓްހޯދަންދޭ މަސްއަލަޔަކީ ރަށްޔަތުމީހާޔަށް މިކަން ނުވިސަނޭތީ ފުރިހަމަ މުއުމިނަކަށް އެއްހަރަކުން ދެފަހަރަށް ކައްޓެއް ނުޖެހޭނޭ މީވިސްނަންވީ ކަމަކީ ކޮންމެބޭފުޅަކުވެސް ވޯޓްލަށްވާއިރު

    5
    1
  3. ނުރަބޯ

    ރައްޔިތުންގެ މަޖްލިހޭކިޔާ ހާޖާނުގަނޑަކީ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދޭ މަޖްލިހެއްނޫނެވެ. އަދި ސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ގައުމު އަޅުވެތިވާ ޙާލަތަށް ކަންތައް ދިޔަސް ޗުއްޕުވެސް ބުނާ މަޖްލިހެއްނޫނެވެ. އަދި ސަރުކާރުން ގެންގުޅޭ އިސްރާފުބޮޑު ސިޔާސަތުގެ ސަބަބުން ދައުލަތުގެ މާލިއްޔާ އަޑިއަޅާލާ ގައުމުގެ އިޤްތިޞާދަށް ނުރައްކައުވެ ގައުމު ދަރަނިވެރިވާ ޙާލަތަށް ކަންތައް ދިޔަޔަސް ހަމަ ދެނެހުރިކަމަށްވެސް ހަދާ މަޖްލިހެއް ނޫނެވެ. އަދި މިދިވެހިރާއްޖެއަށް ނިސްބަތްވާ އެންމެހާ ދިވެހިންގެ ފަޚުރާ ޝަރަފް ކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ ނުރައްކައުތެރި ޙާލަތަކަށް ދިޔަޔަސް ތައްބައްދައިގެން ގޮނޑިހޫނުކުރަން ތިބުން ނޫން ކަމެއް ކުރާ މަޖްލިހެއް ނޫނެވެ. ތިމާއާއި ގޮނޑި ޙަވާލުކުރާ ދާއިރާތަކަށް ބޭނުންވާ ކަންކަން ސަރުކާރާ ގުޅިގެން ކޮށް ދިނުމުގެ ބަދަލުގައި ތިމާގެ އަމިއްލަ ޖީބު ނުޙައްގު ގޮތުގައި ތަނަވަސް ކޮށްލަން ގޮނޑިއާއި ފިކުރު ވިއްކުމުގެ ވިޔާފާރި ކުރުން ނޫންކަމެއް ކުރާ މަޖްލިހެއް ނޫނެވެ. ދައުލަތުގެ މާލިއްޔާ އަށް ނުކުޅަދާނަވާވަރުގެ ބޮޑުމުސާރައެއް އަމިއްލަ އަށް ކަނޑައަޅައިގެން ތިބޭއިރު ބޭސްފަރުވާވެސް ކޮށްދޭން ޖެހެނީ އާސިއާންގެ ގައުމަކުންނެވެ. ޢާއްމު ރައްޔިތުން ނިކަމެތި ޙާލުގައި ބޯހިޔާވަހިކަމެއް ނުލިބިގެން ތެޅިފޮޅޭއިރު ވެސް އެކަމާ އަޅާނުލާ ތިންހަތަރު މިލިއަން ރުފިޔާގެ އަގު ބޮޑު ލަގްޒަރީ އެޕާޓްމެން ތަކުގަައި ތަނަވަސް ކަމުގައި އެއްވެސް ފިކުރެއްނެތި އުޅޭބައެކެވެ. މަހުމުސާރަ އަށް ދެތިންހާސް ރުފިޔާވަރު ލިބޭ ނިކަމެތިމީހާ އަށް ދިމާވާ ޙާލަތެއްގަައި ގަޑިއަށް ވަޒީފާއަށް ނުދެވުމުމުން ގަޑިޖެހޭ އިރު އެއްކަލަ ބޮޑުމުސާރަ ލިބޭ ޢިއްޒަތްތެރިޔާ ގަޑިޖެހުނަސް އަދި އެދުވަހު އެއްގޮތަކަށް ހާޒިރުނުވިޔަސް މުސާރައިން ޒައްރެއްގެ މިންވަރުވެސް ނުކެނޑޭގޮތަށް އަމިއްލައަށް ހަމަ ޖައްސައިގެން ތިބޭބައެކެވެ. އެހެންކަމުން މަޖްލިހުގައި ރަގަޅުކުރަންޖެހޭ މިފަދަކަންތައްތައް ބައިވަރެވެ. އެންމެ ފުރަތަމަވެސް ކުރަންވީ ކަމަކީ ދާއިރާތައް ވީހާބޮޑަށް މަދު ކުރުމެވެ.

    4
    2
  4. އަލްޖިބްރާ

    ޔާމީނު ދިނީމާ ކައިގެން ބޮއިގެން އުޅުނު މީހަކަށް ، އެހެން މީހަކަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ! ހެންވޭރު ދެކުނު ދާއިރާއިން އަހަރެން ކަލެއަކަށް ވޯޓެއް ނުދޭނަން !

    5
    7
    • ދޮހޮއްކޮ

      ކަލޭވީނު ޔާމީނު ދިރުވާލަން؟

      1
      5
    • ސިބިބި

      ހޫނ އެވަރަކަށް ޔާމީނާ ހިތާވެގެން މިއުޅެނީ ހެންވޭރު ދެކުނުގެ ރުނޑިއެއްތާދޯ.?

      2
      3