ޢަދުލުވެރި ވުމަކީ އިންސާނުންގެ ކަރާމާތް ދެމެހެއްޓުމުގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް، މިއައުދެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ހަމަކަށަވަރުން ޢަދުލްވެރިކަމަކީ އިންސާނުންގެ ކަރާމާތްތެރިކަން ދެމެހެއްޓުމުގެ އަސާސްތަކުގެ ތެރެއިން ވާކަމެކެވެ. އެހެންކަމުން ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައިވެސް ޢަދުލުވެރިވާން ޖެހެއެވެ. އަދި ސަމާވީ ރިސާލަތްތައް ބާވައި ލެއްވުމުގެ މަޤްޞަދަކީ މީސްތަކުންގެ މެދުގައި ޢަދުލު އިންސާފު ޤާއިމު ކުރުމެވެ." މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ، މުޞްލިމުން ވާން ވާނީ ޢަދުލު އިންސާފު ޤާއިމުކުރުމުގައި ދެމިތިބޭ އަދި ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކަށް ކަމަށާއި، އަމިއްލަ ނަފްޞުގެ މައްޗަށް ކަމުގައި ވިޔަސް ނުވަތަ މައިންބަފައިންނާއި ގާތްތިމާގެ މީހުން ކަމުގައި ވިޔަސް، އިންސާފާއި ދެކޮޅަށް ހެކިބަސް ދީގެން ނުވާނެ ކަމަށެވެ. އަދި ޢަދުލުވެރިކަން ޤާއިމުކޮށް އިންސާފު ކަށަވަރު ކުރުމަކީ ވެރިންނާއި ރައްޔިތުން ބައިވެރިވެގެން ކުރަންޖެހޭ މަސައްކަތެއްކަމަށްވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

"ޢަދުލްވެރިކަން ޤާއިމުކޮށް އިންސާފު ކަށަވަރުކުރުމަކީ ވެރިންނާއި، ރައްޔިތުން ބައިވެރިވެގެން ކުރަންޖެހޭ މަސައްކަތެކެވެ. މިގޮތުން ބަލާއިރު މުޖްތަމަޢުގައި ދިރިއުޅޭ ފަރުދެއްގެ ޙައިޞިއްޔަތުން ޢަދުލު އިންސާފު ޤާއިމުކޮށް ކަށަވަރު ކުރުމަށްޓަކައި ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޒިންމާތަކެއް ވެއެވެ. އެހެންކަމުން މުޖުތަމަޢުގެ ކަންކަމާއި ޙަވާލުވެތިބޭ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން މެނުވީ ޢަދުލު އިންޞާފު ޤާއިމެއް ނުކުރެވޭނެއެވެ." މިއަދުގެ ހުޠުބާގައި ވިދާޅުވިއެވެ.

ހަމައެހެންމެ، ދަޢުވާ ކުރެވޭ މައްސަލަތަކުގައި ޝަރީޢަތްތައް އަވަހަށް ނިންމުމަކީ ޢަދުލު އިންސާފު ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއްކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިބެންޖެހޭ ކަމަށްވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ??⚖️
  2. ޒުހުރާ

    މުނާފިގުންގެ އެންމެ ފާޅު އެއްސިފައަކީ ދައްކާ ވާހަކައާ އަމަލު ދިމާނުވުން. މިސަރުކާރަކީ ސީދާ މުނާފިގު ސިފަތަކުން ސިފަލިބިފައި އޮތް ސަރުކާރެއް. އެއްހެކި. އެސްެއޯ އެފް އިން100 އަށްވުރެ ގިނަ މީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރި. އެކަމަކު ރައީސް ޔާމީނުނޫން މީހަކު މިކުށުގައި ޖަލަކަށް ނުލާ. މާﷲ އީ ކަލޭމެންގެ ތި މުނާފިގުކަމުގެ ރަހަކަލޭމެނަށް ދައްކަވާނެ އިލާހު. ބިރުވެތިވެ ތައުބާވޭ

    8
    1
  3. އާޒިމް

    އަދުލުވެރިކަން ބޮޑު ކަމުންތަ 1 މިއަން ޑޮލަރު ބަޔަކު ޖަމާކުރި އެކައުންޓުގެ ވެރިޔާ ހައްޔަރުގައު ބަހައްޓާފަ 34 މިލިއަން ވަތް މައުސޫމު ގޭގަ ބަހައްޓާ އޭނާގެ މައްޗަށް ދައުވާވެސް ނުކުރަނީ. މައުސޫމު ކުންފުނި އެފައިސާއިން ވިޔަފާރި ކުރަނީވެސް. އެކަމަކު އޭނަގެ މައްޗަށް ދައުވާ ނުކުރަނީ ނޝީދު ދޭ އެއްޗަކަށް "އިންސާފު"ވީމަތަ؟

  4. ސުލޭމާނު

    ދައްޖާލުކަމުން ގޮސް ހަލާކުވެފައޮތް މުނާފިގުންތަކެއް އަދުލުގެ ވާހަކަ ނުދައްކާ. އެފަދަ ބަހެއް ކަލޭމެން ބުނީމަ އެއީ އެބަހަށްވެސް ލިބޭ ހުތުރެއް. އެސްއޯއެފް އާދެކޮޅަށް ދައުވާ ނުކޮށް އެމީހުން ފައިސާ ޖަމާކުރި އެކައުންޓުތަކުގެ ވެރިންނަށް ދައުވާ ކުރުމަކީ ކަލޭމެންގެ އަނިޔާވެރިކަމާ ނުބައި ނުލަފާކަން އަންގައިދޭ ފާޅުކަން ބޮޑު ހެތްކެއް.

  5. Abdul Latheef

    އެންމެ މަތީވެރިޔާގެ ކިބަިއިގައި ޢަދުލުވެރިކަމުގެ ކަންފުޅެއްވެސް ނެތީސް އަހަރުމެންނަށް ޢަދުލުވެރިވުމަށް އަމުރުތިޔަކުރަނީ އަމިއްލަނަފުސު ހަނދާން ނައްތާލާފަދޯ؟ ކީރިތި ޤުރްއާނުގަ ތިކަހަލަ މީހުންނަށް ލިބޭނެ ޢަޒާބުގެ ވާހަކަ އޮތީ ލިޔެވިފަކަން ހަނދާން ބަހައްޓާތި. ކީރިތި ޤުރްއާނުގެ ސޫރަތުލްބަޤަރާ ގެ 44 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވަނީ، މިފަދައިންނެވެ. ۞أَتَأۡمُرُونَ ٱلنَّاسَ بِٱلۡبِرِّ وَتَنسَوۡنَ أَنفُسَكُمۡ [سورة البقرة,٤٤] މާނައަކީ އަމިއްލަ ނަފްސު ހަނދާން ނައްތާލުމަށްފަހު އެހެން މީހުންނަށް ތަޤްވާވެރިވުމަށް ތިޔަބައިމީހުން އަމުރުކުރަނީ ހެއްޔެވެ؟ ފުރަތަމަ އަމިއްލައަށް ޢަދުލުވެރިކަން ޚިޔާރު ކުރުމަށްފަހު އެހެން މީހުންނަށް އެކަމަށް އަމުރުކުރާށެވެ! އެހެންނޫނީ ތިޔައީ ގޮވާލާ ގޮވެލި ފަތިތަކެއްކަމުގައި މެނުވީ ނުވާނެތެވެ.