ސިނަމާލެ ބުރިޖުގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ދެ މީހުންނާއި ދެ ކުދިންނަށް އަނިޔާވެއްޖެއެވެ.

ފުލުހުން ދެންމެ ވިދާޅުވީ މިއަދު ހެނދުނު 6:30 ހާއިރު ބުރިޖުގެ މާލެއާ ދިމާގައި ހުންނަ ޓްރެފިކް ލައިޓް ކައިރިން ދެ ސައިކަލް ޖެހި، ދެ މީހުންނާއި ދެ ކުދިންނަށް އަނިޔާވެފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 43 އަހަރުގެ ފިރިހެނަކަށާއި 13 އަހަރުގެ ފިރިހެން ކުއްޖަކަށާއި 18 އަހަރުގެ ފިރިހެނަކަށާއި 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

އޭގެ ތެރެއިން 18 އަހަރުގެ މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ އިރު، 43 އަހަރުގެ މީހާއާއި ދެ ކުދިންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި 18 އަހަރުގެ މީހާގެ ކޮލުގެ ކަށިގަނޑެއް ބިންދައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. 43 އަހަރުގެ މީހާގެ ބަނޑުން ހަން މަށައިގެން ގޮސް، ކޮނޑު ހުޅު ނެއްޓިފައިވެއެވެ. 13 އަހަރުގެ ކުއްޖާއާއި 17 އަހަރުގެ ކުއްޖާއަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓުވި ދެ ސައިކަލަކީ ހުޅުމާލެ އިން ބުރިޖު ހުރަސްކޮށް މާލެ އައި ދެ ސައިކަލު ކަމަށެވެ. އެއް ސައިކަލުގައި ތިބީ 43 އަހަރުގެ މީހާއާއި 13 އަހަރުގެ ކުއްޖާ އެވެ. 18 އަހަރުގެ މީހާއާއި 17 އަހަރުގެ ކުއްޖާ ތިބި ސައިކަލު ޓޯ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފަހަކަށްއައިސް ސިނަމާލެ ބުރިޖާއި، ބުރިޖާއި ގުޅިފައިވާ ހައިވޭތަކުގައި އެކްސިޑެންޓް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރައްކަލޭ

    އަނިޔާ އާއި ގެއްލުން ދީފައި މިނިވަން ކަން މަތީ އެމެން ތިބެން އެޖެހެނީ އެއީ ޕޮލިހުން ފަރުވާ ކުޑަ ވުމުންނޭ އެހެން ނަމަ އެކަން އެހެން ނުދާނެއޭ މިހާރުވެސް ބަލާ ފުލުހުން މާލޭގައި ކުރޭ ދޯ ނެއިބަރހުޑް ޕޮލިސް ނަމުގައި ޚަރަދު ދައުލަތުގެ ބަޖެޓުން އެކަމަކު ކުރާ ކަމެއް ނޯވޭ ވަޅި ހަރާ މީހުން ވަޅި ހަރަނީ ރޯމާ ދުވާލު ވެސް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ވާހަކަ އެމެންނަށް ރިޕޯރޓް ކުރުމުން ބުނަނީ ތިޔާއީ މަދަނީ ކަމެކޭ ކްރިމިނަލް ކަންކަމޭ އެމެން ކަމަކީ ކުކުޅު ފައި ރޯސް ކޮށްގެން ބަނޑު އަޅައިގެން ޑްރަގް ލޯރޑުން އަތުން ކަޓް ކެއުމޭ ނުރައްކާތެރި ބަޔެކޭ ނުރައްކަލޭ ނުރައްކަލޭ ނުރައްކަލޭ...

  2. ލުކްވެލް

    އަނިޔާ އާއި ގެއްލުންދީފައި މިނިވަންކަން މަތީ އެއުޅެނީ އެއީ މިރާއްޖޭގެ ފުލުހުން އަމާބުނީތީ ފަރަށްދާ އުސޫލުން ކަންކަން ކުރާތީއޭ އެމެން ބަލަނީ ވަކި ބަޔެއްގެ މައްސަލަ ތަކޭ އެމްއެމްޕީއާރުސީން 60 މިލިއަން ޑޮލަރު ބަނޑު އަޅާލި އެމްޑަބްލިޔުއެސްސީގެ ޗެއަރމަން އާއި މެދު ދައުވާ ކުރަން ކިއެއްވެތޭ ޕޮލިހުން ޝަރީއަތަށް ނުފޮނުވައިގެން އުޅެނީ ބަދަލުގައި ރައީސް ޔާމީންގެ އެކައުންޓަށް ހަލާލު ގޮތުގައި ވަދެފައިވާ 1 މިލިއަން ޑޮލަރު ގެ މައްސަލައިގައ ރައީސް ޔާމީން ޖަލަށްލީ ކިއެއްވެތޭ..

    7
    1
  3. ބޭރުމީހާ

    ބައެއް ސައިކަލް ހުންނަނީ ރޭސް ޖަހަން މޮޑިފައި ކޮށްފަ، މިކަހަލަ ސައިކަލް އާންމު މަގުތަކުގަ ނުދުއްވޭ ގޮތައް ހަދަންވީދެން، މިނިވަން ގައުމަކަށް ވާތީ އެމީހެއް ބޭނުން ކަހަލަ ސައިކަލްއެއް ދުއްވުމުގެ މިނިވަންކަން ލިބުނަސް އޭގެ ބޭނުން ހިފަން ނޭންގޭ ބަޔަކު އުޅޭ ގައުމަކަށް ހަމަ މިފަދަ ފިޔަވަޅުތައް އަޅަން ފެނޭ، މީ ހަމަ އެންމެންގެ ރައްކަލަކަށްޓަކައި ކުރަންވެއްޖެ ކަމެއް

    12