ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ހަތަރު ބޭންކް އެކައުންޓެއްގައި 5.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުގައި ބުނެފިއެވެ.

އެމްޑީޕީ އިން ރޭ ވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން އާއްމު ކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނޭ ރައީސް ނަޝީދުގެ މާލީ ބަޔާނުގައި ބުނެފައި ވަނީ ކުރީގެ ރައީސުންނަށް ދޭ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ އެއް ލައްކަ ރުފިޔާ ފިޔަވައި އިތުރު މަންފާއެއް ނަޝީދަކަށް ލިބިވަޑައެއް ނުގަންނަވައެވެ. އެގޮތުން އެއްވެސް ކުންފުންޏެއްގައި އީވާގެ ހިއްސާއެއް ނެތް ކަމަށާއި ކުލީގެ ގޮތުގައި ވެސް އޭނާ އަށް އާމްދަނީއެއް ނުލިބޭ ކަމަށް މާލީ ބަޔާނުގައި އެބައޮތެވެ.

ނަޝީދުގެ މާލީ ބަޔާނުގައިވާ ގޮތުން، ޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓެއްގައި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ.

އަދި އިނގިރޭސި ވިލާތުގެ ލޮއިޑްސް ބޭންކްގައި 20000 ޕައުންޑް (ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ) ނަޝީދުގެ އެކައުންޓުގައި ހުރިއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުގައި 295 ރުފިޔާ އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި 19000 އަށް ވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ.

މީގެ އިތުރުން، ނަޝީދުގެ މާލީ ބަޔާނުގައިވާ ގޮތުން ލ. ގަމުގައި 4،700 އަކަފޫޓުގެ ގޯއްޗަކާއި ކ. ތުލުސްދޫގައި 2000 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް އޮވެއެވެ.

ރައީސް ނަޝީދު މަޖިލީހަށް ނުކުމެވަޑައިގަންނަވަނީ މައްޗަންގޮޅި މެދު ދާއިރާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޟ

    ޥެރިކަމަކީ ރަން ނަގާ ވަޅެއް...ކޮންތާކުން ހޯދިހާ ލާރި..

    56
    8
  2. ލައްކަ ޑޮލަރު

    Emme Gina laari negi meehaa

    39
    5
  3. ހުސޭނުބޭ

    ތިއީ އަދި މަކަރުގެ އަލިފާނުގެ މަތީ ފަށަލަ! ކޮނެލިއްޔާ ދުންއަރާނެ! ކޮށްޓާލާ ގޮތަކުން ހުޅުފަޅައިގެންވެސް ހިނގާދާނެ! ނަޒާހަތްތްެރިކަން ވީ ވަރަށް އަޑީގައި.

    67
    6
  4. ޏ

    ނަޝީދު އަތުގައި ރައްކާކޮށްފައިހުރި ފައިސާ
    އަދަދު އަންދާޒާވެސް ނުކުރެވޭނެއެވެ ބޭރުގެ އެކި
    އެކި ގައުމުތަކާއި ޖަމާއަތްތަކުން، އެފަރާތްތަކުން
    ބޭނުންވާ ގޮތްގޮތަށް ރައްޖޭގެކަންކަން ބަދަލު
    ކުރުމަށް ދޭ އެހީގެގޮތުގައި އެތައްބައިވަރު ފައިސާ
    އޭނާދަނީ ނަގަމުންކަމަށް ބެލެވެއެވެ

    63
    5
  5. Anonymous

    ތިވަާނީ ބައްޕަގެ ލަކުޑިގުދަން ހިންގިއިރު ލިބުނު ފައިސާކަމަށް.

    48
    6
  6. މުހައްމަދު

    ނަޝީދު އަކީ ޔާމީނު އަށްވުރެ މާގިނައިން ރައްޔަތުގެ ފައިސާ ވަގައް ނެގި މީހެއް ޔާމީނު ވިއްޔާ ގައުމައް ގިނަ ކަންތައްތަކެއް ކޮއްދީފަ ކެއީ ނަޝީދުގެ ތިން އަހަރު ގައުމައް ކޮން ކަމެއް ކޮށްދިނީ ވަރައް ވާހަކަ...........

    65
    2
  7. ޓިފަނީ ޑޮޓް ޓްރިފަނީ

    ވަކި ހިސާބަކުން އީވާގެ މާލީ ބަޔާނޯ. ނޫނޭވާ ރަނގަޅު

    47
  8. ?????

    މަހީކުރީ ނަޝީދަކީ ބޭންކް އެކައުންޓެއްވެސް ނެތް ބޭފުޅެއްކަމަށް މިލިއަނުން ކޮންތާކުން ހޯދިފައިސާއެއް ދެގޯތި

    31
    1
    • ޜަނާ

      މެމްބަރ ކަން ލިބުނީމަ އެއް ލައްކަ ޖެހޭނީ ދޫކޮއްލަން އެމެރިކާހާ މުއްސަދި ގައުމެއް ނޫން މީކީ ރައްޔިތުންގެލާރިން މިމީހުންގެ ޖީބު ފުރަން ލަތީފް ބުނީ ހަމަ ރަގަޅު ވާހަކައެއް މެމްބަރކަމުން އަށްޑިހަ ހާސް ކުރީގެރައީސްގެ މުސާރަ އެއް ލައްކަ އެހެން މީހަކަށް މަގާމް ދޫކޮއްލާ ނޫނީ ވަޒީފާ އެއްއަދާ ކުރާހާ ހިނދަކު ރައީސްގެ އެލަވަންސް ނުލިބޭގޮތް ހަދަން ވީ

      12
  9. ކޮންމެމީހަކަސް ހެވެއްނު

    މީ ކަލޭމެންގެ ކޮމެންޓް އެންޑް ކޮމެންޓްސް ނިއުސް .... އެސް އޯ އެފް ފަންޑުކުރާ

    4
    13
  10. ބޯހަލާކު

    މީހަމައެކަނި މީނަގެ ޕެޓީ ކޭސް ހުރިވަރު މިއައްވުރެ މާގިނަ ވާނެ ސްވިސް ބެންކު ޔޭކޭ ބެންކު ކެނަޑާ ބެންކު އަދި އިންޑިޔާ ބެންކުގަވެސް ހުންނާނެ.

    28
  11. ހަޑިމް ހަމް

    ނަސީދަކީ ދީން ވިއްކާފައި ބޭރުގެ ފަރަންޖީން އަތުންގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ބޮޑުހިޔާނާތްތެރިއެއް ، އެލިއާގެ ވިޔަފާރިން ލައިލާއަށް ތިބުނާހާ ގިނަ ފައިސާއެއްނުލިބޭނެ ތިންއަހަރު އިގެރޭސިވިލާތުގައި ނާޗަރައްގީކުޅެފައި ބޮޑުގެރި ބޭރަށްހިންގާހެން ލަންކާޔަށް ދަތުރުކޮށްފައި ބާކީ އަދިވެސް ފަސްމިލިޔަން އެކައުންޓުގައި ، ބުހުތާންދޮގުހަދައިގެންތަ މިކަލޭގެ ރުފިޔާ ހޯދަނީ ގައްދާރު....

    41
    1
    • ކޮންމެމީހަކަސް ހެވެއްނު

      ކަލޭތަ ވިއްކި އެތި ގަތީ ???

      2
      9
  12. ލައްޓި

    2 ރަށުން ގޯތި ލިބުނު ގޮތް ބަލަންޖެހޭ. އަމުދުން ތިމާ ރަށްވެހިވެފައިވާ ރަށް ނޫން. އަދި ބޭންކް ސްޓޭޓްމަންޓް ޗެކުކުރަންޖެހޭ.

    38
    • ކޮންމެމީހަކަސް ހެވެއްނު

      ޗެކްކުރަންވީނު މޮޅީޔާ????

      3
      9
      • Anonymous

        މީނަ ހާދަ ދެރަވެއޭ ނަޝީދަށް ކޮމެންޓެއް ކޮށްލާއިރަށް

    • ކޮންމެމީހަކަސް ހެވެއްނު

      ކަލޭ ރަށުގަ ނޫޅެ މާލޭގަ އުޅޭ ގޮތްވެސް ބަލަން ބޭނުން

      3
      6
      • Anonymous

        ވާވާ. އަހަރުންނެއް ނޫން ގައުމުގަ ވެރިކަން ކުރީކީ ތިމާހާ މާތް މީހަކު ނެތޭ ގޮވަމުން. ޗެކް ދަ ފާދިރީ ފަސްޓް

  13. މަމިންހާޖް

    1 ލައްކަ ރުފިޔާގެ ރައީސުންގެ އިނާޔަތް ލިބެންޏާ 1.2 މިލިއަން ކޮންމެ އަހަރަކު ލިބޭނެ. ފަސްއަހަރުން 6 މިލިއަން ހަމަވާނެ. އެހެން ނޫނަސް ޖޮއިންޓް އެކައުންޓުގެ މާނަ އެނގޭބާ؟؟ މީ އަމިއްލައަށް ހާމަކުރި ބަޔާނެއްގަ ހުރި އެއްޗެއް. އޭސީސީއަކުން ނޫން. 100 މިލިއަން އެސްއޯއެފްއިން ޖަމާކޮށްފައެއް ނެތް ދައުލަތުގެ ފައިސާއެއް ނަހަލާލު ފައިސާއެއް ގެއަކަށް ނުވަދޭ 800 މިލިއަނުގެ ތެލުގެ ވަގު ވިޔަފާރިއެއް ނުހިންގާ

    5
    28
  14. ބޮކި

    މިހާރު ޔާނު ހުރީ ކޮންތާކުތަ ؟

    2
    16
  15. ޢަބޫ ނިއާމް

    ވެރިކަމުގައި ހުރެގެން ނަގާފައިވާ ނާޖާއިޒު ފައިދާ ރާއްޖޭ އެންމެ ރަގަޅު ސަރަހައްދުން ދެގޯތި ހޯދީ އަމިއްލަނަމުގައި ޅިޔަން ފަހަރިންގެ ނަމުގައި މިރަށްރަށުން ކިތައްގޯތި ކިހާބޮޑު މިނެއްގައި ނާޖާއިޒް ފައިދާނަގައިގެން ދީފައިވޭތޯ

    22
    1
  16. ޗާބޫކުންތެޅީމާ

    ކެނެރީގެ ނަޝީދުގެ އެކައުންޓް ގައި ހާދަ ފައިސާ އެކޭ ބަރާ ކޮށްފައި ތިޔާ ހުރީ ތިޔާއީ ސްޓީލިންގް ޕެރެޑައިސް ފިލްމް ކުޅެގެން ލިބުނު ރެވެނިއުތޭ ތަމެން އަތުން ފައިން އެއްވެސް މަސައްކަތެއް ނުކުރާއިރު ވެސް ހާދަގާވާ ފައިސާ އެކޭ ތަމެން ޒީރޯ ޓޮލެރެންސް ކޮރަޕްޝަނޭ ތިޔާ ކިޔަނީ އެއީ އާންމުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދަން ނޫންތޭ މީ ރާއްޖޭގެ ރައްޔިތުން ގައިގައި ޗާބޫކުން ތެޅުން ނޫންތޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ވަރަށް ތަދުވެ ރިއްސައޭ އަވަހަށް އެޗާބޫކުނޭ ގެންދަވާ އޯއް އޯއް އޯއް...

  17. ޗާބޫކުން

    ނަޝީދުގެ މިލްކިއްޔާތުގައި 5.4 މިލިއަން ރުފިޔާ ހުރި އިރުވެސް އެފައިސާ އޭނާގެ އެކައުންޓަށް ޖަމާވީ އެއީ ކޮން ތާކުން ކިހިނެއް ކަން އިނގޭނެއޭ މަނިޓަރީ އޮތޯރިޓީ އަށް ދެން މިހާރު ކިއެއްވެތޭ މަނިޓަރީ އޮތޯރިޓީން އެކަން ނުބަލަނީ އަދި މަޑުން ތިބެނީ މަމެންނަށް އިނގޭ އެއްޗަކީ 5 މިލިއަން ރުފިޔާ ކެނެރީގެ ނަޝީދުގެ އެކައުންޓް ގައި ހުންނަން ޖެހޭނެ ވެލިޑް އެއްވެސް ރީޒަން އެއް އޭނާ އަށް ނެތޭ ދެއްކިފައި މީ ރައްޔިތުން ގައި ގައި ޗާބޫކުން ތެޅުން ނޫންތޭ މިކަން ހާމަ ނުކުރަނީ ކިއެއްވެތޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅިމާ...

  18. އެހެންތަ

    ތި ލާރި ގަނޑު ހޯދިގޮތް އެންޓިކަރަޕުސަން ކޮމެޓީން ބެލުމަށް ގޮވާލަން ތިޔައީ ހުސް ވަގުލާރި.

    10
  19. ބުރޯ

    މޮރިސަސް އަށް ބޭންކް އެކައުންޓް ހުޅުވަން ދިޔައޭ ބުނާތީ އެހިން . މޮރިސަސްގާ ހުރި ބޭންކް އެކައުންޓް ގާ ޖަމާގަ ހުރީ ކިހާ ވަރެއް ؟ އެއީ ޖީއެމްއާރު ގެ ޑީލް . އަދި ޖީއެމްއާރުން ދަވްލަތަށް ދެއްކި 78 މިލިއަންކަމަށް ބުނާ ފައިސާ އިން އެމްއެމްއޭ އަށް ޖަމާވީ 48 މިލިއަން އަނެއްބައި ދިޔައީ މޮރިސަސް އަށްތަ ؟ ގައިމުވެސް ދަވްލަތަކަށް އެ ފައިސާ އެއް ނުވަދޭ ރާއްޖޭގަ ހުރި އެއްވެސް ބޭންކަނަށް ޖަމަާ ނުވާ 30 މިލިއްަންޑޮލަރު ދިޔައީ ކޮންތާކަށް ؟

  20. އަބޯ

    ރާއްޖޭގެ ދިވެހި ދޮންވެލި ކަޒަކިސްތާނުގެ އާސްތާނާ ހޮޓާ ނުވަތަ ހާން ސަތީރު ހޮޓަލަށް ޖީއެމްއާރާ ނަސީދު ގުޅިގެން ވިއްކިކަމަށް ތުހުމަތު ކުރެވުނު ދޮންވެލީގެ ފައިސާއިން ނަސިދަށް ލިބުނު 60 މިލިއަން ޑޮލަރު ސްވިސް ބޭންކަށް ޖަމާކުރިޔޯ ކިޔާތީ އެހިން ފަހަރީގެ އެކައުންޓަށް އެފައިސާ ފަހަރި ބޭނުންކުރިޔަސް ނަސީދުގެ ޒިންމާއަިން ނުރެކެވޭނެ . އިންޓަނެޓްގާ އެބަހުރި ރާއްޖެއިން ދޮންވެލި އިމްޕޯޓް ކޮށްގެން ކަޒަކިސްތާނުގެ އެހޮޓަލުގެ ޓޮޕް ފްލޯ ޑެކަެޓް ކޮށްފާ ހުރިކަން އަދީ ހަދާފަ އޮތް ބީޗް ގާވެސް ކޮންމެވެސް ހިއްސާއެއް ދިވެހި ދޮންވެލީގަ ހިމެނޭ އަދި ވަގު ބިލް ހަދައިގެން ވެސް ދޮންވެލީގެ ނަމުގާ އެހޮޓަލުން ފައިސާ ނެގިކަމަށް ތުހުމަތުކުރެވޭ. ހުރިހާ ބޭފުޅުންވެސް ސާޗް ކޮށްގެން ބައްލަވާލައްވާ.

  21. އަބޯ

    ދިވެހިރާޖޭން ގިނަ އަދަދަކަށް ދޮންވެލި ވިއްކައިގެން 60 މިލިއަން ޑޮލަރު ނަސީދަށް ލިބުނު ސްވިސްބޭންކަށް ފަހަރީގެ ނަމުގާ ޖަމާކުރީ ފަހަރި އެފައިސާގެ ބޭނުންކުރީ ހާންސަތީރު ނުތަ ަސތަނަ ކަޒަކިސްތާނު ހޮޓަލަށް ސާޗް ކޮށްގެން ބައްލަވާ މޯލްޑިވްސް ސޭންޑް އުދުހިގެންތޯ އެ ހޮޓަލުގާ ބޭނުން ވެވިފަ އެހުރީ މިއީ ވަގު ވިޔަފާރި އެއް

    11
  22. ހަސަންކޮ

    އެކަކަށް 2 ގޯތި ލިބެންޖެހުނީ ކީއްވެބާ؟ މިކަމުގައި ކޮރަޕްޝަންގެ އަމަލެއް ނެތްބާ؟؟؟؟