މިއަދު ބްރިޖް މިއަދު ފުންމާލާފައިވަނީ ދެ މީހުން ކަމަށް، ރާއްޖޭގެ އޮންލައިން މީޑިޔާއެއް ކަމަށްވާ "ސީއެންއެމް" އިން ރިޕޯޓްކޮށްފިއެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ "ސީއެންއެމް" އިން ބުނެފައިވަނީ ދެ މީހަކު ފުންމާލީ ބުރިޖްގެ މާލެ އާ ކައިރި ހިސާބަކުން ކަމަށެވެ. އަދި ފުންމާލި ދެ މީހުންގެ ތެރެއިން އެކަކު އޮޔާ ދަމައިގަނެގެން ވަރަށް ދުރަށް ގެންދިޔަ ކަމަށާއި، އޭނާ ސަލާމަތްކުރީ ޕޮލިހުން ލޯންޗެއްގައި އެ ސަރަހައްދަށް ގޮސްގެން ކަމަށްވެސް އެމީޑިޔާއިން ރިޕޯޓްކުރެއެވެ.

ފުލުހުން ވަނީ މިފަދަ ކަމެއް ހިނގައިގެން އުޅޭކަމަށް ބުނެފަ އެވެ. ނަމަވެސް އެއްވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިއީ މިފަދަ ހާދިސާއެއް ބްރިޖްގައި ހިނގި ފުރަތަމަ ފަހަރެވެ. ބުރިޖުގެ އެންމެ އުސް ދިމާލުން މޫދާ ދެމެދުގައި 75 ފޫޓް ހުންނަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހޯދާ

    ފުރިހަމަ، ތާރީޚުގަ ބުރިޖުން އެންމެ ފުރަތަމަ ކަނޑަށް ފުންމާލި މީހަކަށް ލިބޭނެ ޝަރަފް ތިއޮތީ ޙާޞިލް ކޮށްފަ.

    29
    5
  2. އާކާސް މުހައިމިނު ކުޅުދުއްފުށި

    ލާ ދީނީ ފިކުރުމީހުން ހުކުރަށް ނުދިއުމަށް ޖަހާ ސަކަރާތް...

    11
    10
  3. އަފީފާ

    މިއޮތީކުޅިގަނޑުފެށިފަ މަރުވާންދޫކޮއްލނަމަ
    ދެވަނަފަހަރަކުތިކަންކުރާކައްނުހުންނާނެއެއްނު
    ތިމީހަކީމައިންބަފައިންތަރުބީޔަތުނުކޮއްއިސްލާމްދީ
    ނުގެރިވެތިއުސޫލުތައްދަސްކޮއްނުދީބޮނޑުކޮއްފަހުރި
    ދަރިއެއްބާ؟ މީހުންކިޔާއަޑެއްވެސްނާހަނީބާއަމިއްލަ
    އައްމަރުވާންމަސައްކަތްކުރުމަކީކުފުރުވާކަމެކޭ؟
    ވީމާތިބޭފުޅާއަކީމިހާރުކުފުރުވެފަވާމީހެއްމަގޭނަޒަރުގަ؟

    8
    5
  4. ބަރުގޮނު

    ތާރީޚް ގެ ތެރެެއަށް ސިނަމާލެ ބްރިޖް ވަންނަމުން މިދަނީ ތަފާތު ގޮތްގޮތަށް. ބޮޑެތި ޒަޚަމާ އަނިޔާ ލިބޭ އެކްސިޑެންޓްތަކާ... ޖިންނިއާ ގުޅުންހުރި ވާހަކަތަކާ ، މިހެންގޮސް މިވެސް އާ ކަމެއް.

    11
    1
  5. ދަތްދޫނި

    ތިވާނީ ސީރީނު ފަރުހާދު ނުވަތަ ރޯމިއޯ އެންޑް ޖޫލިއަޓް ކަހަލަ ދެ ލޯބިވެރިންނަށް. މި ދެލޯބި ވެރިންގެ ބަލަދު ވެރިފާރަތަށް މަމެން ދަންނާލާނީ މި ދެލޯބި ވެރިންގެ ހުރަހަކަށް ބަލަދު ވެރިން ނުވާށޭ! އެ ދެލޯބި ވެރިން އެތިބީ އެކަކު އަނެކަކާއި ވަކި ނުވެވޭހާވެސް ބޮޑަށް ލޯބި ވެވިފައެވެ. ވ ސލާން.

    3
    3
  6. ބޯހަލާކު

    އައިސާ އަވަހައް ބުރިޖައް އަރާ އެންމެނައް ލައިފު ކެކެޓް އަޅަން އަންގަންވީ

    7
    1
  7. ނޫރާ

    އަވަހަށް ބުރިޖު ތަޅާލާ ބުރިޖުއޮތީމާ އޭގެމަތިން ކަނޑަށްވެސް ފުމެނީ

    3
    3
  8. ޏަމްޏަމް

    ހުކުރު އެޅި ދެ ކުދިން މުސްލިމު ޖިންނި އައިސް ބުރިޖުމަތިން ވައްޓާލީ ހުކުރުއަޅާކުދިންނަށް މެސެޖެއް ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.