މިއަދު ސިނަމާލެ ބްރިޖް މަތިން ވެއްޓުނީ ނޫން ކަމަށާއި ގަސްދުގައި ފުންމާލީ ކަމަށް "އަވަސް" އިން ރިޕޯޓްކޮށްފިއެވެ.

"އަވަސް" އިން ބުނެފައިވަނީ މިއަދު ހެނދުނު މަގުތު ހިނގި ހާދިސާ ހިނގީ ދެ ރައްޓެއްސަކު ދެމެދު ބެޓަކުން ކަމަށެވެ. އެގޮތުން ބްރިޖު މަތިން ފުންމާލައިގެން ފަތާފައި އެންމެ ފުރަތަމަ މާލެ އެރޭ މީހެއް ބެލުމަށް ބެޓު ކުރުމަށް ފަހު ދެ މީހުން ވެސް ބްރިޖު މަތިން ފުންމާލި ކަމަށް "އަވަސް" އިން ބުންޏެވެ. ނަމަވެސް އެކަކު ފުންމާލި ގޮތަށް ކޮނޑު ހުޅު ބިނދި އޭނާ އޮޔާ ބްރިޖު އަޑިޔަށް ދަމައިގަތީ ކަމަށާއި އެހެންވެ ދެވަނައަށް ފުންމާލި މީހާ އަވަހަށް އެއްގަމަށް އެރުމަށް ފަހު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށްވެސް "އަވަސް" އިން ރިޕޯޓް ކުރެއެވެ.

ބްރިޖު މަތިން މީހަކު ފުންމާލި ހާދިސާއެއް ހިނގި މިއީ ފުރަތަމަ ފަހަރެވެ. ފުލުހުންވަނީ ލޯންޗްގައި އައިސް މިމީހާ ސަލާމަތްކޮށްފައެވެ.

މި ހާދިސާގައި އެ މީހާ އަށް ކޮނޑު ހުޅު ނައްޓައިގެން ދިއުމުގެ އިތުރުން ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެ އެވެ. އޭނާ އަށް މިހާރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

ބުރިޖުގެ އެންމެ އުސް ދިމާލުން މޫދާ ދެމެދުގައި 75 ފޫޓް ހުންނަކަން ފާހަގަކޮށްލެވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އައިށާ

    ހެލްމެޓާއި އެކު ލައިފްޖެކެޓް ކޮޅެއްވެސް ބަހަންވީ

    72
    5
  2. އާކާސް މުހައިމިނު ކުޅުދުއްފުށި

    ލާދީނީ މީހުން ހުކުރު ނުކުރަން

    32
    5
    • އާކާސް މުހައިމިނު ކުޅުދުއްފުށި

      ޔާގުންޑާގެ ސަޕޯޓަރުން ކުރާ ކަންތައްތަތް

      8
      24
  3. އައިޝާ

    އަދިވެސް ގިނަ ގިނައިން ބެޓްތައް ކުރަންވީ. ތިނޫން ކަމެއް ނެތްވިއްޔާ މިހާރު. ބިރެއް ފިކުރެއް ނެތް

    50
    2
  4. ހށނ

    އާކަމެއް ފެށުނީ ދެން މީހުން ފުންމަން ފަށާނެ ލައިފް ޖެކެޓްވެސް ބަހަންވީ

    19
    1
  5. އެކުސުއެކުސުއެކުސު

    މޮޔަތޯ ބަލަން ޓެސްޓު ކުރަންވީނު ؟

    23
    1
  6. ބުރިޖުއަބުދު

    ބުރިޖު ވަށައިގެން ދާޖަހަންވީ.

    16
  7. ހިތްހަރު

    ތިފަދަ ކަންކަންކުރާ މީހުއްނަށް އަޅާނުލަންވީ، ތިފަދަ މީހުއްނާހެދި ސަރުކާރުން ބޭކާރު އެތަށް ހަރަދެއް އެބަކުރައްޖެހޭ ފުލުހުންގެ އެތަށް ވަގުތެއް އެބަގެއްލޭ ، އެތައްބަޔަކު ބިރުންފިއްކަޑައިގެން އެބަދޭ ކުރާނެ ކަމެެއްނޭގެނީތަ މިސްކިތަށްއަރާ ނަމާދުކޮށް ގުރުއާން ކިޔަވާބަލަ މާ ރަނގަޅުވާނެ.....

    38
    2
  8. ސޮންދާލި

    މިފަދަ ޢަމަލުކުރާމީހުން ޖަލަށް ލާންޖެހޭނެ

    8
    2
  9. ބެޓް ކުރަންވީ

    ކުދިންނޭ، ކާކަށްތޯ މިސްކިތަށް ވަދެ ޖަމާޢަތުގައި އެންމެ ގިނަ ނަމާދު ކުރެވެނީ، ނިކަން ބެޓް ކޮށްބަލާށެވެ!

    11