ބަލަމުންދާ މައްސަލައަކާ ގުޅިގެން އިމިގްރޭޝަންގެ އިސް ދެ ބޭފުޅަކު މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑުކޮށްފިއެވެ.

އެ ދެ ބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ ބަލަމުންދާ ކޮން މައްސަލައަކާއި ގުޅިގެންކަން އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށް މައުލޫމާތު ލިބެއެވެ.

ސަސްޕެންޑުކޮށްފައި ވަނީ އިމިގްރޭޝަނުގެ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުންނެވި ހާމިދު ފަތުހުﷲ އާއި އިމިގްރޭޝަންގެ އެސިސްޓެންޓް ކޮންޓްރޯލާ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު އެވެ. ދެ ބޭފުޅުންވެސް ސަސްޕެންޑްކޮށްފައި ވަނީ ދެ މަސް ދުވަހަަށެވެ. މި ދެ ބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މި ދެ ބޭފުޅުން ސަސްޕެންޑްކޮށްފައިވާއިރު، އެ މުވައްސަސާގައި ކޮރަޕްޝަން އާންމުވެފައިވާވާކަމަށް ބުނެ ވާހަކަތަކެއް ފެތުރިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކޮން ސަސްޕެންޝަނެއް. ރައްޔިތުންގެ ލާރިއޯ އެސްއޯ އެފް ކިޔާ ކުންފުނީގަހުރީ. އެ ލިބުނު މީހުން ގޭގަ ނިދަން ބަިތިއްބައިގެން ރައްޔިތުންގެ ފައިސާއިންބަރާބަރަށް މުސާރަދޭ. އަދުލުވެރިކަން ދޯ. އެދޯ ފައިބަނީ ތަށިމަތީގަ އިށީންނަ ކޮންމެފަހަރަކުވެސް؟

    10
    3
  2. ޢަލީ

    އަދިވެސް އަސްލު ސަސްޕެންޑް ކުރަންވީ މީހުން ނުކުރޭ، އެމީހުން އެތިބީ މި ސަރުކާރުން މަތީމަޤާމުދީފައި