ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަކީ ވަރަށް ގާތް ރަޙްމަތްތެރިއެއްކަމަށް ޣައްސާން މަޢުމޫނު ވިދާޅުވެއްޖެއެވެ.

އަވަސް އޮންލައިނުން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ، އަދީބާއި އެންމެ ފުރަތަމަ ބައްދަލުވީ ރަސްމީ ޙައިޞިއްޔަތުން ކަމަށާއި ނަމަވެސް، މިހާރު އެއީ ގާތް ރަޙުމަތްތެރިއެއް ކަމަށެވެ. އަދި އަދީބަކީ ވަރަށް ސަކަ މިޒާޖެއްގެ، އެންމެންނާވެސް ގުޅޭ ބޭފުޅެއްކަމަށްވެސް ޣައްސާނު ވިދާޅުވިއެވެ

އަދީބާ އަޅުގަނޑާ ފުރަތަމަ ދިމާވީ ރައީސް ވަޙީދުގެ ޒަޢާމަތުގަ. އޭރު އަދީބު ހުންނެވީ ޓޫރިޒަމް މިނިސްޓަރަކަށް. އަޅުގަނޑު މަސައްކަތް ކުރީ ޔޫތު މިނިސްޓްރީގަ.ދެން އޭރު ކަންދިމާވިގޮތުން އަޅުގަނޑުމެން ދެ ވުޒާރާ އެއްކޮށް ވަރަށް ގިނަގުނަ މަސައްކަތްތައް ކުރަން ޖެހުނު. އަދި އޭގެ އިތުރުން ޕީ.ޕީ.އެމް ތެރޭގައި އުޅުއްވި ދުވަސްވަރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން އެކީގަ ކުރިން. އޭރު އަދީބު ހުންނެވީވެސް ޕީ.ޕީ.އެމް ގެ ނައިބު ރައީސްގެ މަޤާމުގަ. އޭރު އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް އެކީ ކުރިން. ފުރަތަމަ އަޅުގަނޑުމެން ތަޢާރަފްވެގެން މަސައްކަތް ކުރީ ޕްރޮފެޝަނަލް ކޮލީކްސް ޙައިޞިއްޔަތުން. . ނަމަވެސް އެ މަސައްކަތުގެ ތެރެއިން މިހާރު އަބީދަކީ އަޅުގަނޑުގެ ރަޙްމަތްތެރިއެކޭ އަޅުގަނޑަށް ދެންނެވިދާނެ

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ، ޢަދީބަކީ މިހާރުވެސް ވަރަށް ގިނަ ޒުވާނުންގެ ތާޢީދު އޮންނަ ބޭފުޅެއް ކަމަށާއި، ޒުވާނުންގެ ހިތްތަކުގަ އަދީބަށް ވަރަށް ބޮޑު ލޯތްބެއް އޮންނަ ކަމަށެވެ.

ޣައްސާން އަކީ ރައީސް ޔާމީން ގެ ތާޢީދާއި އެކު، ޕީ.ޕީ.އެމް ޓިކެޓުގަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ތ.ގުރައިދޫ ދާއިރާއަށް ވާދަކުރައްވަން ނިންމާފައިވާ ބޭފުޅެކެވެ.