ބެންކޮކް އެއާވޭސްގެ މަތިންދާބޯޓެއްގައި މާލެ އިން ފުރައިގެން ތައިލެންޑަށް ދަތުރުކުރި ދިވެހިން،ތަކެއް އެ ބޯޓަށް ޖެހުނު މައްސަލައަކާ ހެދި، އެ ގައުމަށް ނުދެވި ސްރީ ލަންކާ އެއާޕޯޓުގައި މިއަދު ތާށިވެއްޖެ އެވެ.

ލަންކާގެ އެއަރޕޯޓްގައި ތާށިވެފައިވަނީ ބެންކޮކް އެއާވޭސްގެ ޕީޖީ 712 ދަތުރު ކުރި މީހުންނެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން އެ ފްލައިޓުން ދަތުރު ކުރި ދިވެއްސެއްގެ ފިރިމީހާ ބުނެފައިވަނީ ފްލައިޓް ލަންކާ އެއަރޕޯޓްގައި ޖައްސާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއިން ފްލައިޓަށް ބޭނުންވާ ވަރަށް ތެޔޮ ނޭޅިގެން ކަމަށް ފްލައިޓުން އެނައުންސް ކުރި ކަމަށް އޭނާގެ އަންހެނުން ބުނި ކަމަށެވެ. އަދި ތެޔޮ އެޅުމަށް ކަމަށްބުނެ ލަންކާ އެއަރޕޯޓްގައި އެފްލައިޓް ޖެއްސި ކަމަށާއި ނަމަވެސް މިހާތަނަށް އެމައްސަލަ ހައްލުވެފައިނުވާ ކަމަށެވެ.

މިހާރު އެފްލައިޓް ލަންކާގެ އެއަރޕޯޓްގައި އޮންނަތާ 5 ގަޑިއިރު ވެފައިވާއިރު، އެފްލައިޓް ރާއްޖެއިން ފުރާފައިވަނީ މިއަދު 12:45 ހާއިރުއެވެ. އަދި އެފްލައިޓް ލަންކާގައި ޖައްސާފައިވަނީ 13:45 ހާއިރުއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ ބޯޓުން ނުކުތުމުގެ ހުއްދަ އެއާލައިނުން މިހާތަނަށް ދީފައި ނުވާ ކަމަށެވެ. ދިވެހިންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، މާބަނޑު ދިވެއްސެއްވެސް އެ ފްލައިޓްގައި ދަތުރު ކުރިއެވެ. ފްލައިޓުން ފުރަތަމަ ފެނާއި ކާނާ ދިން ކަމަށާއި ނަމަވެސް ފެނާއި ކާނާ ހުސްވީ ކަމަށްބުނެ ފަހުން ނުދޭ ކަމަށްވެސް އެފަރާތުން މަޢުލޫމާތު ދިނެވެ،

އެފަރާތުން ބުނި ގޮތުގައި، ތެޔޮ އެޅުމުގައި ދިމާވި ދަތިތަކާއެކު ލަންކާގައި މިރޭ އެއްކޮށް މަޑުކުރަން ޖެހޭނެ ކަމަށް އެއަރލައިނުން އަންގާ ކަމަށެވެ.

ވައިގެ ދަތުރުފަތުރާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުން ބަލާ ނަމަ ތިން ގަޑިއިރަށް ވުރެ ގިނަ އިރު ބޯޓު ތެރޭގައި ދަތުރުވެރިންނެއް ނުބޭތިއްބޭނެ އެވެ. އަދި ބޯޓުގައި ދެ ގަޑިއިރު ވެއްޖެ ނަމަ ކާން ދޭން ޖެހެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސޯލި

  ކަލޯ އޯގާތެރި ސަރުކާރު ވައްކަށްނުކުރާ ސަރުކާރު ޖެޓުފިއުލް ކޮޅުވެސް ބޯލީދޯ ސޯލިބޭ ކިހެނެއްތޯ ތިހައްދަވަނީ ގައުމު ފުނޑު ފުނޑު ކޮށްލަނީތޯ މަޑުން އިއްނަ ގުރާ ބާރަށް ދައިގައްނާނެ ސާބަހޭ ސޯލި އިބޫ.....

  8
  1
 2. ކިހާ ދެރަ

  ބޯޓުން ނުކުތުމުގެ ހުއްދަ އެއާލައިނުން މިހާތަނަށް ދީފައި ނުވާ ކަމަށެވެ. ދިވެހިންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، މާބަނޑު ދިވެއްސެއްވެސް އެ ފްލައިޓްގައި ދަތުރު ކުރިއެވެ. ފްލައިޓުން ފުރަތަމަ ފެނާއި ކާނާ ދިން ކަމަށާއި ނަމަވެސް ފެނާއި ކާނާ ހުސްވީ ކަމަށްބުނެ ފަހުން ނުދޭ ކަމަށްވެސް އެފަރާތުން މަޢުލޫމާތު ދިނެވެ،
  ހުކުރަށް ވަގުތަށް ބެލުމަކީ 2008 ގެ ފަހުން އޮންނަ ކަމެއް ނޫން. މިކަމުގައިި ޢަމަލު ކުރަނީ ކާފިރުން ގެ ގޮތަށް.
  އެފްލައިޓް ރާއްޖެއިން ފުރާފައިވަނީ މިއަދު 12:45 ހާއިރުއެވެ. އަދި އެފްލައިޓް ލަންކާގައި ޖައްސާފައިވަނީ 13:45 ހާއިރުއެވެ.
  އިމަޖަންސީ ގައި ނޫނީ މިގަޑީ ގައި ދަތުރު ނުކެރެވޭ ގޮތަށް އިހުއްސުރެ އޮންނަ ރީތި ހިފަހައްޓާ ނަމަ ކިހާ ރަނގަޅު.

  11
 3. ގަމާރު

  ބޯޓްގަ ހުންނަން ޖެހެނީ ބުފޭ ޖަހާފަ ދޯ. އިރު އިރު ކޮޅާ ކާންލިބޭނީ އޭރުން ދޯ. ބަލަ ގޭގަ ހުރިނަމަ 5 ގަޑިއިރުތެރޭ ކިތައް ފަހަރުތަ ކަނީ؟ ކަލޭމެން ހިތެއް ނުފުރޭނެ ކިތަންމެ ވަރެއް ކުރިޔަސް

  1
  1