ދ.އަތޮޅު ކުޑަހުވާދޫ ސްކޫލުން އިންތިޒާމްކޮށްގެން އެ ރަށު ސްކޫލުގައި ބާއްވަން އުޅުނު ދީނީ ދަރުހެއް އެޑިޔުކޭޝަން މިނިސްޓްރީއިން ހުއްޓުވައިފިއެވެ.

އިސްލާމްދީނުގެ މައުލޫމާތު ދިނުމަށް ދީނީ އިލްމުވެރިޔަކު ދެއްވަން ހަމަޖެހިފައި އޮތް ދަރުސް އެޑިޔުކޭޝަން މިނިސްޓްރީން ހުއްޓުވީ ޒޯން ކޯޑިނޭޓަރު މެދުވެރިކޮށެވެ. ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާ އެންގުންތައް މީގެ ކުރިން ވެސް އަންގަވަނީ ޒޯން ކޯޑިނޭޓަރުން މެދުވެރިކޮށެވެ.

ދަރުސް ހުއްޓުވުމާއި ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވެސް އަދި ކުޑަހުވަދޫ ސްކޫލުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކުޑަހުވާދޫގައި ބާއްވަން އުޅުނު ދަރުސް އެޑިއުކޭޝަން މިނިސްޓްރީން ހުއްޓުވުމުން ސަރުކާރަށް ތާއިދު ކުރާ ދީނީއިލްމުވެރިޔާ އައްޝައިހް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޞާލިހާއި އެޑިއުކޭޝަން މިނިސްޓަރުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

ރައީސް ޞާލިހާއި މިނިސްޓަރ ޓެގް ކުރެއްވުމަށް ފަހު ޒައިދު ވަނީ ދަރުސް ހުއްޓުވި މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލާފައެވެ.

"ރޭގައި އަޅުގަނޑުގެ ރަށް ކުޑަހުވަދޫގައި، ސްކޫލު ފަރާތުން ބާއްވަން އުޅުނު ދަރުސް، އެޑިޔުކޭޝަން މިނިސްޓްރީގެ ޒޯން ކޯޑިނޭޓަރެއް ކަމަށް ބުނާ ފައިސަލް ކިޔާ ބޭފުޅަކު ހުއްޓުވައިފި. މިއީ ވަރަށް ދެރަ ކަމެއް. މިފަދަ ކަންކަމުގެ ސަބަބުން ސަރުކާރަށް ނަފްރަތު އުފެދޭ. ފިޔަވަޅު އެޅުން ވަރަށް މުހިންމު." ޒައިދު ވިދާޅުވިއެވެ.

https://twitter.com/alizaid1000/status/1098867523116687360

މީގެ ކުރިން ވެސް ސްކޫލްތަކާއި އަދި ބައެއް ފަހަރު މިސްކިތްތަކުގައި ވެސް އިލްމުވެރިން ދަރުސް ދެއްވުމަށް ކަމާގުޅޭ އިދާރާތަކުން ހުއްދަ ނުދިނުމުން ދަރުސްތައް ކެންސަލް ކުރަން ޖެހިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މިއަދު

    ޒައިދު ތިކަން ހަދަ ފިނިގޮތަކަށްތިނިންމަވާލެއްވީ ރައިސްޔާމީނުގެ ދުވަސްވަރު އެފަދަކަމެއްހިގައިފިނަމަ ޒައިދު އެކަމެއްއަޅުވަނީ ސަރުކާރުގެ ބޮލުގައި ރައިސްޔާމީނުގެ ގައިގަ މިފަހަރު ނިކަމެތި ފައިސަލްގެ ކޮޑުގައި ވަރަށްސަޅިދޯ

    45
    2
    • ނަގުލަސް

      ޒައިދެއްކަމަކު ނަގޫ ފިތިފައި ހުރީމަ ކޮންމެކޮންމެ އެއްޗެއް ނުބުނެވޭނެ. މިމީހުން އެންމެ ބިރުގަންނާނީ ސަރުކާރުދެކެ. އެންމެ ލޯބިވާނީ ސަރުކާރުދެކެ. އެއްދަރި ރުޅިއައީމަ ކަންކަށީގަ ޖަހާފަ އަނެއް ދަރި ރުޅިއައީމަ ފިރުމާލާނީ. ކީއްކުރާނީ. ފެންވަރު.

      12
      1
  2. ޜަނާ

    ކޮބާހޭ އިލްޔާސާ ޢިޔާޒު ހަމަ ބުނާބެދޯ ރަގަޅަށް ކުރާ ކަންތައް ތަކޭ މިހުންނަނީ

    39
    2
  3. ޙަސަނު

    ކޮބާހޭ މިސަރުކާރު ގެންނަން އެތައް ވާހަކައެއް ދެއްކި އިލްޔާސް، އިޔާޒް

    12
    1
  4. ސަމުގާ

    އަލީ ޒައިދު އަށް އޮޅުނީ ކަމަށް ތިވާނީ.މިހާާރު ހިއެއްނުވޭޭ ތިކަހަލަކަމެއްކުރާނެހެނެއް.

    12
    2
  5. ނަގޫރޯޅި

    މޑޕ ޖަލްސާއެއް ބާއްވަން އުޅުނުނަމަ ހުއްޓުވާނެ ކޯޑިނޭޓަރެއްވެސް މިނިސްޓްރީއެއްވެސް ނޯންނާނެ. މާދަމާ އިލްޔާސްއާއި އިމްރާން ބުނާނެ އެއީ ދޮގެކޭ ނުހުއްޓުވަމޭ ހުއްދަނުނަގަޔޭ. ހަމަ ހުސް ލާދީނީ ލާރިއައް ބޫތުކައިފަ ތިބިމީހުން.

    8
    1
  6. ރާބޮޑޭ

    ބަލަ ! ތިޔަފައިޞަލަކީ ޔާންޓޭގެ ބޯއީއެކޭ ! އެހެންވެ ސަރުކާރާ ރައްޔިތުން ޖައްސުވަން އެސޮރު އަމިއްލައަށް ކުރިކަމެއްއެއީ

    10
  7. ފުނަދޫ މީހާ

    ޑޮކުތަރު އިޔާޒު މެކަހަލަ ދުނިޔެއައް ނުކަތާވަރުގެ ބޮޑުދައްނަކަލޭފާނު އިލިޔާސެކޭކިޔާ މުނާފިގު ކަލޭގެ މިގުރޫޕު ހުއްނެވީ ނަގޫފިތިފަ

    6
    1
  8. ޞޯގަޅިބެ

    ތިކަން ކުރަން އުޅުނީ އުސޫލުގެ ތެރެއިން ހޯދަންޖެހޭ ހުއްދަތަކާ އެއްޗެހި ނަގައިގެންތޯ ހުއްދަދީފައިވަނިކޮށް ހުއްޓުވިނަމަ ތިއީ ވަރަށް ދެރަކޮށްވީ ކަމެއް ހުއްދަނުހޯދާ ކުރަން އުޅުނު ކަމެއްނަމަ ތިހުއްޓުވީ ހަމަރަގަޅަށް

    • އަން

      އިބިލީސްވެސް ކިބުރުވެރިވެ ސަޖިދަކުރަން އިންކާރުކުރީ. ދީނީ ދަރުސްދޭން ނަގަން ޖެހޭ ހުއްދަ ނަގަން އިންކާރު ކުރީ ކާކު؟

  9. ދޮންކަލޯ

    ޒައިދު ތީ އަބަދުވެސް މަޝްހޫރު ވާން އުޅޭ މީހެއް އަބަދުވެސް ބަލާނެ ނުބެހޭ ކަންތަކާ ބެހިގެން ވެސް މީހުންގެ ސަމާލުކަން ލިބޭތޯ
    ކަލޭ ބޭނުން ވާ ކަންތަށް އެބަވޭ އެކަމަކު ތިގޮތަށް އުޅިގެން ﷲ ރުލުމެއް ނުލިބޭނެ އިންޝާ ﷲ
    ކިތައްމީހުން ކަލޭ ލައިކުވާ ގޮތަށް ކޮމެންޓް ކުރޭތޯ ބަލާލަ ބަލާލާ ހުރޭ
    ބަލަ ދީނީ މީހުން އުޅޭ ގޮތަށް އުޅެބަލަ ތީ ސިޔާސީ މީހުން އުޅޭ ގޮތް

    7
    1