ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން އަންހެނަކު ގެއްލިއްޖެއެވެ.

ފުލުހުން ވިދާޅުވީ ލ.ކައްދޫ އިން ލ.މާމެންދޫއަށް އަންހެނަކާއި ފިރިހެނަކު ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ލ.ގާދޫ އާއި ހިސާބުން ބަންޑުން ޖަހާލައިގެން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ 19 އަހަރުގެ އަންހެނެކެވެ. އޭނާ އަކީ ލ.މާމެންދޫ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯދަމުން ދަނީ ޝިމާ ނަމަކަށް ކިޔާ އަންހެނެކެވެ.

ޑިންގީގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރާފައިވާ ކަމަށާއި ޑިންގީގައި އިން އަންހެން މީހާ ނުފެންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޑިންގީ ބަންޑުން ޖަހާލާފައި ވަނީ ގާދޫ ކަނޑުއޮޅި ކައިރިއަށެވެ.

ފުހުންނާއި ސިފައިން އަދި ސިކްސް ސެންސަސް ރިސޯޓް މުވައްޒަފުން ޑިންގީ އިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އެރި މީހާ މިހާރު ވަނީ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފައެވެ. އޭނާގެ ހާލު ދެރަކަމަށް ހޮސްޕިޓަލްގައި ތިބި އާއްމުން މައުލޫމާތު ދެއެވެ. ނަމަވެސް އޭނާގެ ހާލަތާއި ބެހޭ ގޮތުން ރަސްމީ ފަރާތެއްގެ ބަހެއް އަދި ނުލިބެއެވެ.

ޑިންގީ ބަންޑުން ޖަހާލި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ 21:30 ހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިސްވޭއޭ

    އެމްޑީޕީ އަށް މަޖްލީހުގެ މެޖޯރިޓީ ހޯދަން ވެގެން ކެނެރީގެ ނަޝީދު މަކަރާއި ހީލަތުން ރައްޔިތުންނަށް އޮޅުވާލައިގެން ކުރީ ސަރުކާރުން ވައްކަން ކުރިއޭ ބުނެ ވާހަކަ ދައްކާއިރު ފުރަތަމަ އޭނާގެ އެކައުންޓް ބަލާލިއިރު އެކައުންޓް ފުރާ އެމްއެމްޕީއާރުސީން ވަގަށް ނެގިފައިސާ ދެން އަނެއްކޮޅުން އެމްޑީޕީގެ ޚަޒާން ދާރުގެ އެކައުންޓަށް އެހެރީ އެމްއެމްޕީއާރުސީން 6 މިލިއަން ޑޮލަރު ޖަމާކޮށްފައި ދެން މިކަން ކަން ފޮރުވަން ވެގެން ކުރާ ކަންކަމޭ އެއީ އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކުރަނީ...

    1
    5
  2. އެމެންނޭ

    ރައީސް އިބޫ އެބަޖެހޭ ވަރަށް ބޮޑަށް ވިސްނަން ރައީސް އިބޫ ހައްދައިގެން ރައީސް ސޯލިހުއޭ ކިޔައިގެން ދަ ރާއްޖެތެރޭ މީހުން ކަން ނުވެ ނަންވާ އުސޫލުން އެމެން ރައީސް އޮފީސް ޕޮލިސީ ޑިޕާރޓްމެންޓް އިން ބަލަނީ އިބޫގެ ވެރިކަމުގައި ރައްޔިތުންނަށް ދަތިވެފައިވާ އެއްވެސް ކަމެއް އިބޫ ކޮށް ނުދޭއިރު ވެސް އެވާހަކަ ރައްޔިތުން ދެއްކި ނަމަވެސް އެވާހަކަ ފޮރުވައިގެން ޕެޓީ ކަންކަން ކޮށްގެން ރައްޔިތުންގެ ތާއީދު ރައީސަށް އޮތް ކަން ދައްކަންއޭ ރައީސް އޮފީސް ޕޮލިސީ ސެކްރެޓަރީ ދަގަމާރު ދަބީތާ ދަނީ އާންމު ރައްޔިތުންނަށް އޮޅުވާލަން ވެގެން ޕްރޮޕެގެންޑާ ފަތުރަންއޭ އެއާލާތުން ނަށް ކޯއްޗެއްތޭ އިނގޭނީ ދުވަހަކު ވެސް އަމިއްލަ ވިޔަފާރި އެއްވެސް ކުރި ރުނޑިކާޅުން ނެއް ނޫންވިއްޔާ އެއީ ދޯ..

    1
    4
  3. އޮޅުއަޅައިގެންނޭ

    ކެންޑިޑޭޓުންގެ މަސައްކަތަށް ނޫން ހުރަސް އަޅަންވީ ކުރަންވީ ކަމަކީ ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދު އިބޫގެ ވެރިކަމުގައި ސްކައި ރޮކެޓް ވަމުންދާއިރު އެކަން ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓުން ނުބަލާ އެކަމަށް ބީރު ކަން ފަތެއް ދީގެން އެމެން ކަމަކީ ރިސޯރޓްސް ތަކުގެ ޖީއެމް މެންނަށް ގުޅައިގެން ވީކް އެންޑް ގައި ރިސޯރޓްސް ތަކަށް ގޮސް ހިލޭ އެރިސޯރޓްސް ތަކުގައި ތިބުމޭ އެނޫން ކަމެއް ނުވެއޭ ހަމަ ބޭކާރު އަނގައޭ ތަޅަނީ ސިޔާސީ ލީޑަރުން ތައް އޮޅުއަޅައިގެން

    1
    4
  4. މުހަންމަދު

    މިފަދަ ކުދި އުޅަދުގައި ދަތުރު ކުރާއިރު ލައިފްޖެކެޓް އެޅުން މުހިންމު

  5. ސަފާ

    މީ ސިޔާސީ ޕޯޑިއަމްއެމް ނޫން. ކަމާ ނުބެހޭ ކޮމެންޓް ނުކޮށް ދުރުގަ ސިޔާސީ މީހުން ކުރާ ކަންތައް ބަލަން ތިބޭ! އިންޝާﷲ ގެއްލުނު ކުއްޖާ ހެޔޮހާލުގައި ފެންނާނެ. އާމީން