ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގަލެއް ލެއްވުމުން ފުލުހުންނަށް ހުރަސް އެޅުމުގެ ތުހުމަތު ފުލުހުން ކޮށްފައިވާ ރައްޔިތުންގެެ މަޖިލީހުގެ ވިލިމާލެ ދާއިރާގެެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިިިިކު ފުލުސް އޮފީހަށް ހާޒިރުު ކުރުމުން މިރޭ ފުލުހުންގެ ތަޙްޤީޤަށް ބަޔާނެއް ދެއްވައިފިއެވެ.

ދެ ގަޑި އިރާއި ބައި ފުލުހުންގެ މަރުކަޒުގައި ހޭދަކުރުމަށް ފަހު ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ނިހާން ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ފުލުހުން ބިރުދައްކަމުން ގެންދާ ކަމަށެވެ.

''ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ސިޔާސީ މީހުންނަށް އެކި ކަހަލަ އިޖުރާތްތަކުން ބޭރުގައި އެކި ކަހަލަ ގޮތްގޮތަށް ބިރު ދެއްކުމަށް ހިންގާ އަމަލުތައް މި ގައުމުން ހުއްޓާލަން ޖެހޭ. މި ގައުމުގެ މާދަމާގެ މުސްތަގްބަލަށްޓަކައި އިތުބާރު އުފެދިފައި ހުރި މުއައްސަސާތައް ބޭނުމަށްޓަކައި މި ގައުމުގެ ކުރިއަށް އޮތް ޖީލަށްޓަކައި ހުއްޓާލަން އެބަ ޖެހޭ'' ނިހާން ވިދާޅުވިއެވެ.

ނަމަވެސް ފުލުހުން ކުރާ ތުހުމަތެއްގައި ސުވާލު ކުރަން ފުލުހުން ބޭނުންވި ކޮންމެ ހިނދެއްގައި އެއްވެސް އުޒުރެއް ނެތި ހާޒިރުވެ ބަޔާން ދެއްވާނެ ކަމަށް ނިހާން ވިދާޅުވިއެވެ. ފުލުހަށް ހާޒިރު ކުރިއަސް އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

ނިހާން ފުލުހަށް ހާޒިރުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުންތަކެއް ބުދަ ދުވަހު ކާނިވާ ސަރަހައްދުގައި ބޭއްވި މުޒާހަރާގައިި ފުލުހުންގެެ ވެހިކަލެއްގެ ފުރޮޅު ދަށަށް ގާގަނޑެއް ލެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަޒީރާ

    ފުލުހުންގެ އެކިކަންތަކާ ހިތްހަމަނުޖެހިގެ މިވީ15 އަހަރުއެއްމެ ގިނަޝަކުވާތައް ކުރަނީ މެންބަރުން ސިޔާސީމީހުން ވެރިކަމައް އައްނަ ރައީސުން ވެރިކަންކޮއްފަތިބިރައީސުން ރައީސް ޑރ ވަހީދު ނޫނީ ނަމަވެސް މިފަރާއްތަކައް ވެރިކަމުގަ ތިބޭއިރު ފުލުހުން ކުރާކަންތައް ރަނގަޅު ވެރިކަމުން ފޭބީ ސީޔާސީވަނީ ގާނޫނުތައް ހަދަނީމިމީހުން ތަސްދީގުވެސް ކުރަނީމިމިހޫން އެކަމަކު މިއިންފަރާތަކާގާނޫނު އަރާހަމަކުރާއިރައް ގޯސްމިވަނީ ކުރަންތިބޭމީހުން މީދިވެހިރާއްޖޭގަ ނެރޭނޫސްތައް ޓީވީ ތަކުންއިވޭއަޑު އެކަމަކު ދެކޮޅައް ބަލާލީމައެގޭ މިއިން ކަމެއްގަ ފުލުހުންގެ ގޯހެއްނެއްކަން އެފަރާއްތަކައްވަނީ އެކިފަހަރު މަތިން ގެއްލުނު ވަޒީފާވެސް އަނބުރާދީފަ އެހެންވީމަބުނެވޭނީރަނގަޅޭ ކުރަންހަވާލުވެތިބި ފަރާއްތައް މީމިއަދު ފެއްނަހަގީގަތަކީމީ ބައެއްގައުމުތަކުގަ މަގާމުހަވާލުކުރާގޮއެއް ތަފާތު ވެދާނެ މިގައުމުގަ ކުރާގޮތާ މިކަމާވަކާލާތުކުރިތަންވެސްފެނިގެންދިޔަ އެފަރާތުގެ ދައުރުވެސް ނިމިގެންމިދަނީ ހަމަ ފުރުސަތުލިބިފަ ދެމަގާމުގަވެސް އަދާކޮއް އަދަބާ ހޫނާ ފިނި ލިބިފަތަޖުރިބާވެސް ކޮއްފަ އެހެންވީމަބުނެވޭނީ ހުރިހާފަރާތެއްވެސް ރައަގަޅޭ މީވަގުތުކޮޅެއްގެ ހިންހަމަނުޖެހުމެއްވަނީއޭ.

  2. ާއަލީ

    ނިހާން ކުރިއަށް

  3. ބަނާނަ މޭން

    ކިތަންމެ ބޮޑުކުށެއް ކޮއްގެން ގެންދިޔަސް ސިޔާސީއޭ ކިޔައިގެން މަންޒަރު ބަދަލުކުރަން އުޅޭތަން މިފެންނަނީ

    1
    1