ފ. ފީއަލީގައި ހާލު ބޮޑުވި މީހެއް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި އެވެ. މާލެ ގެންނަނީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ.

އެރަށުން "ވަގުތު" އަށް މަޢުލޫމާތު ދިން މީހަކު ބުނެފައިވަނީ ހާލު ބޮޑުވެފައިވަނީ ތެލެސީމިއާ މީހެއް ކަމަށާއި އޭނާ މާލެ ގެންނަން ނިންމާފައިވަނީ ސީ އެންބިއުލޭންސްގައި ކަމަށެވެ.

އިއްޔެ އާއި މިއަދު ފީއަލިން ފަސް ކުއްޖަކަށް ވަނީ ޑެންގީ ހުން ޖެހިފަ އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް އެ ރަށުގައި ވަރަށް ބޮޑަށް ޑެންގީ ފެތުރުނެވެ. އެ ފަހަރު ޖުމްލަ 13 ކުއްޖަކު ޑެންގީއަށް ޕްޒިޓިވްވި އެވެ. ބައެއް ކުދިން އެމެޖެންސީގައި މާލެ ގެނެސް ފަރުވާ ދޭން ވެސް ޖެހުނު އިރު އެ ރަށު ސްކޫލްގެ ކިޔެވުން ވެސް މެދުކަނޑާލަން ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު