ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު ލ. މާމެންދޫ ޝިމާ އަދިވެސް ނުފެންނަ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރުގެ ބޭނުން ކުރަން ފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ސިމާ ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރު ވައިގެ މަގުން ހަރަކާތްތެރިވާން ފަށާފައިވާ އިރު، ސީޖީ ޑައިވިން ޓީމެއްވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތު ލިބުނުފަހުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ހުއްޓުމެއް ނެތި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ރޭ ވިދާޅުވީ ލ.ކައްދޫ އިން ލ.މާމެންދޫއަށް އަންހެނަކާއި ފިރިހެނަކު ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ލ.ގާދޫ އާއި ހިސާބުން ބަންޑުން ޖަހާލައިގެން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ 19 އަހަރުގެ ޝިމާއެވެ.

ޑިންގީގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރާފައިވާ ކަމަށާއި ޑިންގީގައި އިން އަންހެން މީހާ ނުފެންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޑިންގީ ބަންޑުން ޖަހާލާފައި ވަނީ ގާދޫ ކަނޑުއޮޅި ކައިރިއަށެވެ.

ފުހުންނާއި ސިފައިން އަދި ސިކްސް ސެންސަސް ރިސޯޓް މުވައްޒަފުން ޑިންގީ އިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އެރި މީހާ މިހާރު ވަނީ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފައެވެ. އޭނާގެ ހާލު ދެރަކަމަށް ހޮސްޕިޓަލްގައި ތިބި އާއްމުން މައުލޫމާތު ދެއެވެ.

ޑިންގީ ބަންޑުން ޖަހާލި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ 21:30 ހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިންޑިއާ

    ހެލިކަޕްޓަރުން ކަނޑުގެ އަޑި ފެނޭތަ... ޕިސް.ޕިސް ތީ ތަންކޮޅެއް ބޮޑުވަރު އިންޑިއާ އަށް ތާއީދުކުރިޔަސް.. މީހެްގެ ފުރާނައިގެ ވާހަކަ މިދައްކަނީ. ހެޔޮ ނުވާނެ.

    5
    8
  2. ފުއާދު

    މިދެމީހުން ކީއްކުރަން ތިއްބަބާ ބާންޑުން ޖަހާލީ

    7
    10
  3. ފުއާދު

    ކީއްކުރަން ބާ ތިބީ ބަންޑުން ޖަޙާލީ..

    5
    10
  4. ނެތީއޭ

    ރައީސް އިބޫގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެމެން ކަންކަން ކޮށްފައިވަނީ އެއީ ނަންވެ ކަންނުވާ އުސޫލުންނޭ އެއީއޭ މަމެން މިކިޔާ ދަ ބަތާހަރާމީ ދަހަރާމްކޯރު އުސޫލަކީ މިގޮތަށް ކަންކަން ކޮށްގެން ކަމަކު ނުދާނެ ނޫންތޭ އަމާބުނީތީ ފަރަށްދާ އުސޫލުން ކަންކަން ނުކޮށް ރަނގަޅަށް ތެދުވެރި ކަމާއި އެކު އެކަން ކުރާނަމަ މިރާއްޖޭގެ ސަރުކާރުން ނަތީޖާ ނެރެދެވޭނެ އުސޫލުން ކަންކަން ހިނގާނެއޭ މިކަމުގައި މައްސަލަ އަކީ ރައީސް އޮފީހުގައި ނެތީ ހީވާގި މުރާލި ތެދުވެރި މީހުން

    4
    6
  5. ފެއިިލްވީއޭ

    ސަރުކާރުން އަބަދުވެސް ޒިންމާ އަދާ ކުރުމުގެ ބަދަލުގައި ދައްކާނީ އެކްސްކިއުޒޭ އުޒުރޭ އަދި އާންމު ރައްޔިތުން ބޮލަށޭ ކަންކަން ބިންދާލާނީ އެއީ މަމެން އެކިޔާ ދަ ރާއްޖެތެރޭ ސްޓޭންޑަރޑް އަކީ އޭގެ ބަދަލުގައި ސަރުކާރުން ޒިންމާދާރު ކަމާއި އެކު ޕްރެކްޓިކަލް އުސޫލުން ކަންކަން ކުރާނަމަ މީހުން ވެސް ވާނެއޭ ސަރުކާރުގެ ކަމާއި ބެހޭ ދާއިރާ ތަކާއި ހެލްތް މިނިސްޓަރާއި ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގެ ފެއިލިއަރ އެކޭ ތަމެން ތިޔާ ތިބީ ފެއިލްވެފައޭ ފެއިލް ވެފައޭ

    3
    8
  6. އާދޭސް

    ރާއްޖޭގައި ހަރުކުރި ރާޑަރުން ކުރަނީ ކޮން ބޭނުމެއްބަ؟

    9
    2
    • ޗައިނާ

      ޗައިނާ އަށް ފާރަލުން އަދި އޮޅިގެން ދިވެހި ކަޑުގެ ސަރަހަށްދުން އިންޑިޔާގެ ކަނޑުގެ ސަރަހަށްދައް ވަދެވޭ މަސްވެރި އުޅަދުތައް އަތުލުން ނޫން ކަމެއް އެއަކުންނުކުރޭ

  7. ރަށްދު

    ވަރަށް ހިތާމަހުރި ޚަބަރެއް ޑިންގީތަކުގަ ދަތުރުކުރާ ބޭފުޅުން ލައިފްޖެކެޓް ނާޅާ ދަތުރު ކުރާތީ މިފަދަ ހިތާމަވެރި ހާދިސާތަށް ދިމާވަނީ ލައިފްޖެކެޓް އަޅައިގެން ނޫނީ އެހާކުދިޑިންގީގަ ދަތުރު ކުރުމަށް ގޮވާލަމެ

    13
  8. Anonymous

    މަދަންނަން އޭނަ
    އޭނަގެ ދަރިޔަކުވެސް ހުރޭ

  9. ނަން

    އަހަރެންނަށް އެނގޭއެއީ ކާކުކަން އަހަރެންވެސް އެރަށުގަ 5 އަހަރުވަންދެން. އޭނާގެ ދަރިޔަކުވެސް ހުރޭ

  10. ޖަޒީރާ

    މަރުތައް ބަލާ ތަހުގީގުކުރާ ކޮމިޓީން މި ގެއްލުނުމީހާގެ ތަހުގީގެއް ކުރަން ފެނޭ..ކޮބާ ސުއޫދު.. ސަކިންދާކޮބާ.. ހަމަކަށަވަރުން ކޮންމެ ނަފްސަކީ މަރުގެ ރަހަ ދެކޭނެ އެއްޗެއް..

  11. ޖެހޭތޭ

    ކޮންމެހެން ޑިންގީ ގައި ދަތުރު ކުރަން ޖެހޭތޭ ފަތަން ނޭގޭއިރު ޑިންގީ ގައި ހުކުރު ދުވަހު ފިރިހެނަކާއި އަންހެނަކު ދަތުރު ކުރަން ޖެހޭނެ ގޮތް އެއީ މަމެންނަށް ނޭގޭ އެއްޗަކީ ތިޔާ އުޅުނީ އެއްޗެއް ޑީލް ކުރަން ކަން މަމެންނަށް ހާދަ ހީވެއޭ މަމެން ބުނަން ނެތީމޭ ނުވަތަ ޑިންގީ ގައި އޭނާ އާއި އެކު ދިޔަ ފިރިހެން މީހާ އަންހެން ކުއްޖާ ރޭޕް ކޮށް ފައި ނަގާ ކަނޑަށް އަޅާލީތޭ އެއީ މަމެން ހިތުގައި އުފެދޭ ސުވާލަކީ ތިޔާއީ ދަ ރާއްޖެތެރެއެއް ނޫންތޭ މިޒާތުގެ ކަންކަން ހިނގާފާ