އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރަކަށް ފަސް ލައްކަ ރުފިޔާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދީފައިވާ ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަނުގެ ފައިސާ، ބަހާލި އެސްއޯއެފް އެކައުންޓުން ކޮށްފައިވާ ޓްރާންސްފާތަކުގެ ތަފްސީލު އޭސީސީން ހާމަކުރި ނަމަވެސް، އެ ރިޕޯޓު ފުރިހަމަ ނޫން ކަމަށް މީގެ ކުރިންވެސް ނިޔާޒު ވަނީ ބުނެފައެވެ.

އޭސީސީ އިން ނެރުނު ރިޕޯޓާ ގުޅިގެން ނިޔާޒު ކުރިން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީ އަށް ލިބުނު ފައިސާގެ އިތުރުން އެތައް މިލިއަން ޑޮލަރެއް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް ކަމަށް ވަޑައިގެންނެވި އަހްމަދު އަދީބު އަބްދުލް ޤަފޫރުގެ އަމިއްލަ އެކައުންޓުތަކަށާއި އޭނަގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ވަދެފައިވާ ކަމަށެވެ. އަދި އެސްއޯއެފް މެދުވެރިކޮށް ފައިސާ ލިބުނު ފަރާތަކާއި އަދީބު އަތުން ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ މައުލޫމަތު އޭސީސީއާ ހިއްސާ ކުރެއްވި ކަމަށާއި ނަމަވެސް އެއިން ބައެއް ފަރާތްތަކުގެ މައުލޫމާތު އޭސީސީ އިން ނެރުނު ތަހުގީގު ރިޕޯޓުގައި ހާމަކޮށްފައި ނުވާ ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

އެފަދަ ގޮތަކަށް ކުރިން ވިދާޅުވި ނިޔާޒް، ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭގޮތުން އަލް ޖަޒީރާއިން ކުރި އިންވެސްޓިގޭޝަންގައި، އަދީބާއި އޭސީސީ މެމްބަރަކާ ދެމެދު ކުރެވިފައިވާ މުއާމަލާތްތަކެއް ފެނިފައިވާ ކަމަށެވެ.

އެ މުއާމަލާތްތައް ހާމަވާ ޓެކްސްޓް މެސެޖުތަކެއް ފެންނަ ކަމަށާއި، އެ މެސެޖުތަކުން އޭސީސީ މެމްބަރެއްގެ އެކައުންޓަށް ފަސް ލައްކަ ރުފިޔާ ޖަމާވެފައިވާކަން އެނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އާންމު ކުރި ރިޕޯޓު ފުރިހަމަވާނެ ކަމަށް އޭސީސީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޤސމ

    ކޮބާ އިބްރާހީމް މުހައްމަދު ޞޯލިހު އެކައުންޓަށް އެސްއޯއެފުން 2014ގަ ޖަމާކުރި 30 މިލިއަން؟

    17
    2
  2. ބޮކި

    ކޮބާތަ ޔާނު އެކައުންޓަށް ޖަމާކުރި 100 މިލިޔަން

    2
    8
    • ހޮޅިބުރި

      އެފައިސާ އެކައުންޓަކަށް ޖަމާކޮށްފައި އަދިވެސް އެބަހުރި. ބޭނުމެއްނުކުރޭ. އޭސީސީ ރިޕޯޓެއްނުބަލަންދޯ؟

      12
  3. އައްޑޫ މީހާ

    އޭސީސީގެ ރައީސް އެތައް ފުލެޓެއް ގަތީ ކޮންތާކުން ހޯދި ލާރިއަކުން ބާ؟ މެލޭސިޔާއިން ފުލެޓް ގަނެ މާލެއިން އެތައް މިލިއަނެެއް ދީ ދިގު މުއް ދަތައް ފުލެޓް ތައް ހިފީ ކޮންތާކުން ހޯފި ފައިސާ އަކުން ތޯ؟ނަޒާގަތް ތެރިޔާގެ ހިޔާނާތް