ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު ލ. މާމެންދޫ ޝިމާ ނާފިޒް އަދިވެސް ހޯދަމުންދާ އިރު، އޭނާ ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރުގެ ބޭނުން ކުރަން ފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އުމުރުން އެންމެ 19 އަހަރުގެ ޝިމާ ދަތުރުކުރަމުންދިޔައީ މާލެއިން އައިސް ރަށަށް ދިޔުމަށެވެ.

ގަން ފޮނަދޫ ސަރަހައްދުގައި މަޑު ކުރުމަށްފަހު، ލ. ގަމު މީހަކާއެކު ޝިމާ ދަތުރުކުރަމުންދިޔަ ޑިންގީ ބަންޑުން ޖަހާލާފައި ވަނީ ލ. ގާދުއާއި ސިކްސް ސެންސް ރިސޯޓާ ދެމެދުންނެވެ. ހާދިސާގައި ޑިންގީގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރާފައިވާ އިރު، ރެސޯޓުގެ ތެރެއިން ދެކެވޭ ވާހަކަތައް ބުނާ ގޮތުން ޑިންގީ ބަންޑުން ޖަހާލީ ޕެޓްރޯލް އަޅަން އުޅުމުގެ ތެރެއިން ކަމަށެވެ.

ޝިމާ ގެއްލުމުގެ ހަބަރާއެކު ރިސޯޓުންވެސް ހޯދުމުގެ މަސައްކަތަކަށް ނުކުމެފައިވާ އިރު، ޝިމާގެ ރަށް މާމެންދުއަށް ރޭ ވެގެންދިޔައީ މާޔޫސްކަމުން ފުރިގެންވާ ރެއަކަށެެވެ. ރަށުގެ ހުރިހާ ރައްޔިތުންގެވެސް ބޮޑު ކަންބޮޑުވުމަކަށް އެކަން ވެފައިވާ އިރު، އެ ރަށަށް ވަނީ ބޮޑު ހިތާމައެއް ކުރިމަތިވެފައެވެ.

"އެވަގުތު ވެގެންދިޔައީ އަޅުގަނޑުވެސް ކަނޑުމަތީގައި ހުރި ވަގުތަކަށް. އެ ހަބަރާއެކު ހޯދުމުގެ މަސައްކަތް ފެށީ. އޭރު އަދި ޕޮލިހާއި އެމްއެންޑީއެފްވެސް ނާދޭ އެ ސަރަހައްދަށް. އޭގެ ކުރިން މާމެންދޫ އަދި ހިތަދޫގެ ދޯނިތައް ކަނޑަށް ނުކުމެ ހޯދަން ފެށި. ހޯދުމަށްފަހު ދޯނީގެ ތެޔޮ ހުސްވާތީ ގޮސް މާމެންދުއަށް ވަނީ އަހަރެމެން ތިބި ދޯނިވެސް،" މާމެންދޫ ކައުސިލުގެ ރައީސްގެ އަބްދުލް މުހުސިން މުހައްމަދު "ވަގުތު"އަށް ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދާ ޝިމާ
ގެއްލިގެން ހޯދަމުންދާ ޝިމާ

އެވަގުތު ރަށުގެ އެތައް ބަޔަކު އަތިރި މައްޗަށް ޖަމާވެފައިވާ ކަމަށާއި، އެންމެންގެ މޫނުންވެސް ފެނުނީ މާޔޫސްކަން ކަމަށްވެސް ކައުސިލް ރައީސް ވިދާޅުވިއެވެ.

"ރޭ އެއްކޮށް އެތައް ބަޔަކު އުޅުނީ އަތިރިމަތީގައި. ރަށަށް ގޮސް ވަން އިރު، އެތައް ބަޔަކު ކަންބޮޑުވުމާއެކު އަތިރި މައްޗަށް ޖަމާވެފައި އޮތް. އެހެންވާނެތާ. ރަށުގެ ކުއްޖަކު ގެއްލުމަކީ ބޮޑު ކަންބޮޑުވުމެއް. ޝިމާގެ ބައްޕަގެ އެހީތެރިކަމެއްވެސް އެ އާއިލާއަށް ނުލިބޭ. އެއީ އެހެން ރަށަކު މީހެއް. އޭނާގެ މަންމަގެ ގިނަ ދަރިންވެސް ތިބޭނެ. އާއިލާއަށް އެ ހުރިހާ ކަންކަމުގައި ކަންބޮޑުވުން ވަރަށް ބޮޑު،" ކައުސިލްގެ ރައީސް މުހުސިން ވިދާޅުވިއެވެ.

ޝިމާ ދަތުރުކޮށްފައި ވަނީ ކުޑަ ޑިންގީއެއްގައި ކަމަށްވާ އިރު، އެ ރެއަކީ ކަނޑުވެސް ގަދަރެއެކެވެ.

ސިމާ ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރު ވައިގެ މަގުން ހަރަކާތްތެރިވާން ފަށާފައިވާ އިރު، ސީޖީ ޑައިވިން ޓީމެއްވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތު ލިބުނުފަހުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ހުއްޓުމެއް ނެތި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަގުތު ކިޔާމީހާ

    ތީ ފިޔޯރީ އަށް ނިސްބަތްވަާ ކުއްޖެއް ވަރައް ދެރަވެއްޖެ ތިޚަބަރު ލިބުމުން. މާތްﷲ އިރާދަ ފުޅުން ޝިމާ ދިރިހުއްޓާ ފެންނާނެ.އާއިލާ އަށް ކެއްތެރިކަން ދެއްވާށި

    40
  2. ނާއިސް

    އެނެއްކާ ޑިންގީގަ ތިބީ އެކުއްޖާ އާ ގާތް ބަޔަކަށް ނުވަންޔާ. އުކުއްޖާ އަށް އެމީހުން ކަމެއް ކުރީ ކަމަށް ވެދާނެ!

    22
    7
  3. ސައައް

    އަތިރިމައްޗަކަށް ނޫން ދާންވީ. ކައިރީގައި އޮތްރިސޯޓަށް ގޮސް އެމީހުންކައިޜީ އަހަންވީ އެހީތެރިވާން ކޮށްދިނީ ކޮންކަމެއްތޯ. ޖމ ކައިރިން އަހަންވީ އޭނާޔަށް އެޚަބަރު ލހުން ލިބުނު ސަބަބަު، އަދި އެނގުނު ވަގުތު ލޯންޗެއް ވަގުތުން ނުފޮނުވި ސަބަބު.
    ތިއީ ހާދަ އިންސާނިއްޔަތު ކަމެއް ނެތް ރިސޯޓެކޭ ދޯ ؟
    މީހަކު ފަތާފައި ޚަބަރު ދިނުމުންވެސް މނޑފ އަށް ގުޅާލައިގެން ތިބީ.

    19
    13
    • ފިތުނަ ނޫފައްދާ

      އަހަންނަކީ ކުއްޖާ ހޯދަން ނުކުތް މާމެންދޫ މީހެއް. ކަމުގެ ހަގީގަތް ނޭގި މިފަދަ ވަގުތެއްގަ ދެރަވާކަހަލަ ވާހަކަ ނުދައްކާ. ފިރިހެންމީހާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ ރިސޯޓުން. ރޭންސުރެ ރިސޯޓުގެ ބޯޓުތަކާ މިވައްޒަފުން ކުއްޖާ ހޯދަން އެދަނީ މަސައްކަތްކުރަމުން. އިރާދަކުރެއްވިއްޔާ ފެންނާނެ. ރިސޯޓަކީ އަހަރެމެންނަށް އެހީވާ އަހަރެމެންގެ ކޮންމެ ކަމަކީ އަމިއްލަކަމެއްގެ ގޮތުގައި ބަލާ ރިސޯޓެއް. ޝުކުރިއްޔާ.

      43
      1
  4. ލައްޓި

    ދިވެހިންނަކީ ތިމާމެންނަށް ނޭނގޭ ކަންތައްތަކާ ވެސް އަނގަ ބާނާ ބައެއް. ތމާމެންނަށް ނޭނގޭ ކަންތައްތަކަށް އަނގަ ނުބާނާ ތިބިއްޔާ ވާނީ ކީއް؟