ކުރިއަށް އޮތް އޭޕްރީލް މަހު އޮންނަ މަޖިލީސް އިންތިހާބުގައި ވާދަކުރައްވަން ހުށަހެޅި 403 ފޯމުގެ ތެރެއިން ބަލައިގަތީ 395 ފޯމު ކަމަށް އިލެކްޝަންސްއިން މިއަދު ބުނެފިއެވެ.

އިލެކްޝަންސްގެ ކޮމިޝަނުން މިހާރު ބާއްވަމުން ގެންދާ ޕްރެސްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލި 403 މީހުންގެ ތެރެއިން ހަ މީހުންގެ ފޯމު ބަލައި ނުގަންނަ ކަމަށެވެ. އޭގެ ތެރެއިން ދެ ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔަ ކަމަށެވެ. އަދި އެ ފޯމުތައް ބަލައި ނުގަނެ ވަނީ އިންތިހާބާ ބެގޭ ގާނޫނު ބުނާގޮތުން ކުރިމަތިލާ ކެނޑިޑޭޓްގެ ކަންކަން ފުރިހަމަ ނުވާތީ ކަމަށެވެ.

އީސީން ވިދާޅުވީ ދެން އިތުރަށް ކުރިމަތިލުމަށް ފުރުސަތު ނުދޭނެ ކަމަށާއި، މިހާރު އޮތް ގޮތުން އިންތިހާބުގައި ވާދަ ކުރައްވާނީ 360 ފިރިހެން ކެނޑިޑޭޓުންނާއި 35 އަންހެން ކެނޑިޑޭޓުން ކަމަށެވެ.

" އިންތިހާބަށް ކުރިމަތިލާން ހުށަހެޅި ފޯމުތަކުގެ ތެރެއިން ހަ ފަރާތެއްގެ ފޯމު ރިޖެކްޓް ކޮށްފައިވާނެ, އަދި ދެ ފަރާތަކުން ނަން ވަނީ އަބުރާ ގެންގޮސްފައި " ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުގައި އެމްޑީޕީން 86 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެފައިވާއިރު ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރަން 41 ފަރާތަކުން ކުރިމަތިލިއިރު އަދާލަތު ޕާޓީން ކުރިމަތިލާފައިވަނީ ނުވަ ދާއިރާ އަކަށެވެ. މީގެ އިތުރުން ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން 54 ކެންޑިޑޭޓަކު ކުރިމަތިލާފައިވާއިރު މީގެތެރޭގައި ޕީޕީއެމްގެ 26 ކެންޑިޑޭޓުންނާއި ޕީއެންސީގެ 23 ކެންޑިޑޭޓުންނާއި ޑީއާރްޕީގެ 5 ކެންޑިޑޭޓުން ހިމެނޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

" އެމްޑީއޭއާއި އެމްޓީޑީން ވެސް ކޮންމެ ޕާޓީއަކުން 8 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައި, ލޭބާ ޕާޓީން ވަނީ 9 ކެންޑިޑޭޓަކު ކުރިމަތިލާފައި " ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އިންތިހާބުގައި އަމިއްލަ ގޮތުން 186 ބޭފުޅަކު އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވާއިރު މީގެތެރޭގައި ރައީސް މައުމޫން ތާއީދާއެކު ވާދަކުރައްވާ 24 ބޭފުޅަކު ހިމެނޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮލި މުލައް

    ސަރުތު ފުރިހަމަނުވާނީ ޕީޕީއެމް ޕީއެންސީ ފޯމު ހަމަ ޔަގީން

  2. މިއަދު

    މިފަހަރުވެސް ބަޔަކަށް ބޮޑިއެއްދިނީދޯ ތިބަލައިނުގަނެވުނު ފޯމުތަކުގެތެރޭގައި އެމްޑީޕީއާއި އަދާލަތުޕާޓީއަދި މައުމޫނަށް ތާއިދުކޮށް އަމިއްލަގޮތުން ވާދަކުރި އެއްމެފޯމެއްވެސް ނިހިމެނޭނެ މުޅިވެސް ޕީއެންސީ ކޯލިޝަނާއި ޖޭޕީގެ ފޯމު ހުންނާނީ މިކަލޭގެ މިތަނެއްގައި އިދެގެން މިގައުމުގައި އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ޕީއެންސީއައި އެމްޑީއޭ އަދި ޖޭޕީ ގުޅިގެން މިފަހަރުގެ އިންތިޚާބުގެ ކުރިން މިކަލޭގެ ބޭރުކުރުމަށްގޮވާލަން

    1
    1