ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ދޫކުރާ ވޯޓު ކަރުދާސް ކޮޅުގައި އިލެކްޝަންސްގެ ހާއްސަ ތައްގަނޑެއް ޖަހާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ވޯޓު ކަރުދާން މިފަހަރުވެސް ޕްރިންޓް ކުރާނެ ކަމަށް ބެލެވެނީ ރާއްޖެއިން ކަމަށާއި، އެހެން ނަމަވެސް އަދި ވަކިތަނެއް ނުނިންމަވާ ކަމަށެވެ. ޝަރީފް ވިދާޅުވީ ކުރީ އަހަރުތަކާ ހިލާފަށް މިއަހަރު އިލެކްޝަންސްއިން ދޫކުރާ ވޯޓު ކަރުދާސް ކޮޅުގައި ހާއްސަ ތައްގަނޑެއް ޖަހާނެ ކަމަށާއި، އޭގެ ބޭނުމަކީ ކަރުދާސް ކޮޅުގެ ސައްހަކަން ޔަގީންކޮށްދިނުން ކަމަށެވެ.

"ތައްގަނޑުގެ ސަބަބުން އެބަ ޔަގީންވޭސް ފޮށްޓައް ވައްޓާލާ ކަރުދާސް ކޮޅަކީ ސައްހަ ކަރުދާސް ކޮޅެއްކަން. އެކަން އެގޮތަށް ކުރަން ނިންމާފައި ވަނީ ކުރީ އިންތިހާބުގައި ދިމާވި ކަންތައްތަކަށް ބަލާފައި،" ޝަރީފް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް އިތުރަށް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ބަހައްޓަން ނިންމާފައިވަނީ 507 ވޯޓު ފޮށި ކަމަށެވެ.

"މާލެ ރައްޔިތުން ވޯޓުލުމަށް މާލޭގައި 59 ފޮށި، މާލޭގައި އުޅޭ އަތޮޅުތެރޭގެ ރައްޔިތުންނަށް 82 ފޮށި، އަތޮޅުތެރެއާއި އެހެން ސިޓީތަކުގައި 306 ފޮށި، ރިސޯޓުތަކުގައި 39 ފޮށި، ސިނާއީ ސަރަހައްދުތަކުގައި 4 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި ރާއްޖެއިން ބޭރުގައި 12 ފޮށި " ޝަރީފް ވިދާޅުވިއެވެ.

ވަކިން ހާއްސަ ކޮށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހުގެ 27 ވަނަ ދުވަހު ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ހަމަޖެހިފައިވަނީ ކަމަށެވެ. އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި 264589 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޖަޒީރާ

  ތައްގަނޑު ނެތީމައިތަ ޝަރީފް ރިޔާސީ އިންތިޚާބުގައި ބައެއް ފޮށި ބަންދު ކުރުމުގެ ކުރިން ފޮށިތަކުގެ ނަތީޖާ އިޢްލާނުކޮށް ނިންމައިލީ????

 2. މިއަދު

  މިފަހަރުގެ އިންތިޚާބުގެ ހުރިހާކަމެއް ދާއިރާތަކަށް ދޫކޮށްލަންފެނޭ ޝަރީފަކީ މިގައުމުގެ އިލެކުޝަންސް ކޮމިޝަން ކޮރަޕްޓްކޮށްފައިހުރި މީހެއް މިފަހަރުވެސް މީނަގެ ނުބައިނުލަފާކަން އިންޠިޚާބުގައި ދައްކާނެ ކޮންމެދާއިރާއަކުން އެކުލަވާލާ އިލެކުސަންސް ކޮމިޝަނަކުން އިންޠިޚާބާއިބެހޭ ހުރިހާކަމެއް ރާވާހިންގުމުގެ ބާރު ދާއިރާތަކަށް ދޫކޮށްލުމަކީ މިވަގުތައްށް އޮޔް އެއްމެރަގަޅު ޙައްލުކަމަށްނޫނީ ނުވާނެ ތިޝަރީފަށްވުރެ މިކަމަށްމާޤާބިލު ހުނަރުވެރިން ދާއިރާތަކުގައި މިތިބީ މަވެސް 20 އަހަރުވެއްޖެ މިކަމުގައިމަސައްކަތްކުރަމުންއަންނަތާ މަކަހަލަ އެތައްބައެއް ދާއިރާތަކުގައި މިތިބީ އިހުލާސްތެރިކަމާއިއެކު މިކަންކޮށްދޭން

 3. ނުރަބޯ

  ރިޔާސީ އިންތިޚާބުގައި އެތައްހާސް ބައެއްގެ ޙައްގުތަކަށް އަރައިގަނެ ވޯޓުން ވައްކަންކޮށްގެން އިންސާފުން ބޭރުން ވަކި ބަޔަކަށް ވެރިކަން ހޯދައިދޭން ހެދި މަކަރާ ޙީލަތުގެ ސަބަބުން ކަލޭމެންގެ އިތުބާރު ވަނީ ގެއްލިފައެވެ. މިހާރު އިންތިޒާރު މިކުރަނީ ކަލޭމެން ހިންގި ބޮޑު ޖަރީމާގެ ބަދަލު ކަލޭމެންނަށް ލިބޭނެ ދުވަހަކަށެވެ. އިންޝާﷲ ލިބޭނެއެވެ.

 4. ބެއްޔާ

  ތިއުޅެނީ އަނެއް މަކަރުހަދަން. ވަރަށް ޔަގީންކަން ރައްޔިތުންނަށް ދައްކާފަ އޭގެއިން ބޮޑެތި ހީލަތްހަދާނެ. މިފަހަރު ކޮންގައުމަކުން ހޯދި ހީލަތެއްބާ؟؟ ނޫނޭވާ ގަދަ ބައެކޭތީ.

 5. ޢަހަންމާ

  ކޮންމެ އެއްޗެއް ޖެހިޔަސް ކަލެޔަށް ފައިސާ ދައްކާލާއިރަށް އިންނާނީ ރޮދި ކެނޑިފަ. ވޯޓު ވަ*.

  6
  1
 6. ލަބީބު

  40000 ވޯޓުކަރުދާސް އެމްޑީޕީއަށް އެޑްވާންސްކޮށް މިފަހަރުވެސް ދޭންވާނެއެވެ. މަޤާމުގައި ތިޔަ ދެމިހުރެވެނީ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލަދީ އެމްޑީޕީ ނުޙައްޤުން ވެރިކަމަށް ގެނެސްދިނީތީއެވެ. ދެން އިތުރަށް މަޤާމުގައި ދެމިހުރެވޭނީ ޕާލިމެންޓްރީވޯޓުންވެސް އެމީހުންނަށް މޮޅުކޮށްދިނިއްޔާއެވެ.

 7. ވޯޓްވަގު

  ތީގެ ތައްގަނޑެއް އެމްޑީޕީ އަށްވެސް ދޭނެ، މީނަމީ އިތުބާރުނެތްކަމަށް ކަނޑައަޅަންޖެހޭ މީހެކޭ ވޯޓްވަގު ބުނާނީ،

 8. Anonymous

  ހޫނ. އަނެއްކާ އަނެއް ވޯޓް ވެސް އޮޅުވާލަންވީ ދޯ. ޝަރީފު ކަލެއާ ކަލޭގެ އަޣުވާނުންނަށް ހަލާކު ހުރި. މި ނޫނަސް ދުވަހެއް އަންނާނެކަން ކަލެއަށް ހަނދާން ކޮށްދެން. ހަމަ އެގޮތަށް މިކޮމެންޓު ކިޔާ ލާދީނީ ބައިގަނޑަށް ވާގިދޭ އެންމެންނަށްވެސް ހަނދާން ކޮށްދެން.

 9. ޢަހަންމާ

  ވޯޓު ކަރުދާހުގެ އަނެއްފުށުގައި ވޓ ވގ ގެ ފޮޓޯ ޖަހަނިއްޔޯ. ސެކިއުރިޓީ ފީޗާއެއްގެ ގޮތުގައި