ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު ލ. މާމެންދޫ ޝިމާ އަދިވެސް ނުފެނިވާ އިރު، އޭނާއާއެކު ޑިންގީގައި އިން ދަތުރު ކުރި ފިރިހެން މީހާ އެހީ ހޯދަން ދިޔައީ، ޝިމާ އަތަށް ފްލޯޓް ކުރާނެ ހަމަކާއި ފޯނެއް ދީފައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހިއްސާ ކޮށްފައިވާ އިރު، އެއީ ދެމަފިރިން ނޫން ކަމަށ ފުލުހުން ބުނެފައިވެއެވެ. ފުލުހުން މައުލޫމާތު ދީފައި ވަނީ ބަންޑުން ޖަހާލި ޑިންގީއަކީ އިންޖީނުގައި ކުޑަ ޓޭންކެއް ހުންނަ ޑިންގީއެއް ކަމަށާއި، ޕެޓްރޯލް މަދުން އެޅޭތީ އެމީހުން ދިޔައީ 20 ލީޓަރުގެ ޕެޓްރޯލް ހަމެއްވެސް ހިފައިގެން ކަމަށެވެ.

ޑިންގީ ނައްޓާލީ ލ. ފޮނަދޫން މާމެންދޫއަށް ކަމަށާއި، ފިރިހެން މީހާ ދިޔައީ ޝިމާ ޑްރޮޕް ކުރަން ކަމަށާއި، ދިޔަ މަގުމަތީގައި ލ.ގާދުއާއި ސިކްސެންސާ ދޭތެރޭން ޕެޓްރޯލް ހުސްވެ ޑިންގީ ހުއްޓުނު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ދަތުރުކުރި ލ. ގަމުގެ ފިރިހެން މީހާއާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ ޑިންގީއަށް ޕެޓްރޯލް އަޅަން އުޅެނިކޮށް ޖެހި ރާޅެއްގައި ޑިންގީ ބަންޑުން ޖަހާލީ ކަމަށެވެ.

އަންހެން މީހާއަށް ފަތަން ނޭނގޭތީ ފިރިހެން މީހާ ދިޔައީ ހަމަކާއި ފޯނެއް ދިނުމަށްފަހު އެހީ ހޯދަން ކަމަށާއި، އޭނާ ގޮސް ސިކްސް ސެންސް ރިސޯޓަށް އެރި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭރު ފިރިހެން މީހާގެ ހާލުވެސް ރަނގަޅު ނުވުމުން އޭނާ ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަަލަށް ފަރުވާ ދިނުމަށް ގެންދެވިފައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފިރިހެން މީހާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

ފޮނަދޫ ބަނދަރުން އިއްޔެ ހަވީރު 6:00ގައި ދެމީހުން ނައްޓާލި އިރު، މައްސަލަ ރިޕޯޓް ކޮށްފައި ވަނީ ރޭ ގާތް ގަނޑަކަށް 9:30 ހާއިރުއެވެ.

ސިމާ ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރު ވައިގެ މަގުން ހަރަކާތްތެރިވާން ފަށާފައިވާ އިރު، ސީޖީ ޑައިވިން ޓީމެއްވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތު ލިބުނުފަހުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ހުއްޓުމެއް ނެތި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ލޮލް

    ކީއްވެގެންބާ ފޯނު ދިންއިރު ފޯނުން ނުގުޅީ؟ ގުޅާފައި އެހީއަށް ނޭދުނީ؟ ހާދަ ހެއްވާކޮށް ހިނގިކަމެއްތީ؟

    134
    5
  2. ނަނޯ

    އެއީ ފިޔޯރީ ކުއްޖެއް

    11
    4
  3. ޕޮފުބާ

    ތީހާދަ ރަހުމުކުޑަ ފިރިހެނެކޭދޯ އަންހެނަކުއަތަށް ފޯނަކާއި ހަމެއްދީފަ އަމިއްލަ ފުރާނަޔިއިގެން އޭނަ އެއްގަމަށްއެރީ އަހަރެންނަމަކަ އެފަތަންނޭންގޭ ކުއްޖާޔަށް ހަމަކާފޯނެއްދީފަ އެއްގަމަށް ފަތާފަކައެއްނާރާނަމެ އެކުއްޖާޔާއެކު ހަމުގަހިފަހައްޓައިގެން އޮތީހީ ތީއެހާމެފިނޑި ރަހުމުކުޑަ ފިރިހެނެއް އަންހެނަކު އެކަނި ކަނޑަށް ދޫކޮއްލާފަ ރަށަށްއަރަން ހިޔޮވާނެތަ؟ މާތްﷲ އެމައުސޫމް ފުރާނަޔަށް ސުވަރުގޭގެ ދާއިމީއަރާމާއި ނިއުމަތް މިންވަރު ކޮއްދެއްވާށި އާމީން

    168
    10
    • ވާނުވާ އެނގޭ މީހާ

      ކަމުގެ ހަގީގަތް ނޭނގޭ ހާލުގައި ވާހަކަ ނުދައްކުން ބުއްދި ވެރި....ޑިންގިގެ ޕެޓުރޯލް ހުސްވުމުން އަނދިރި ވެފަ އޮތުމާއެކު އަންހެން ކުއްޖާގެ އަތައް ފޯނުދިނީ ޕެޓުރޯލް އަޅާންދެން އަލިކުރަން ،ޕެޓްރޯލް އަޅާފަހުރީ އެހެން ޑިންގީ އެއްގެ ޕެޓުރޯލް އަޅަން ގެންގުޅޭ ޓޭންކަށް، ފިރިހެންކުއްޖާ ކޮޅަށްތެދުވެ ޕެޓުރޮލް އަޅަން ހުއްޓާ ޖެހިރާޅާ އެކު ޑިންގީ ބަންޑުން ޖަހާލީ، އެވަގުތު އަންހެން މަންޖެ އެރުވީ ޑިންގީގެ މަށްޗަށް ، އިރުކޮޅެއް ވީތަނާހެއް ޑިންގީ އެއްކޮށް ދިޔައީ އަޑިއަށް ، ެވަގުތު އަންހެން މަންޖެ ފިރިހެން މީހާގެ ގައި ހިފެހެއްޓި ގޮތުން އެސޮރުވެސް ދިޔައީ ލޮނު ބޮވެމުން، ދެން އެވަގުތު އަތުޖެހުނީ މިބުނި ޓޭންކު ، އެ ޓޭންކު އަންހެން މަންޖެއަތަށް ދީފަ ރަނގަޅަށް ހިފެހެއްޓުމަށް ބުނެ އަންހެން މަންޖެ އަތުގައި ހިފާ ވަކިހިސާބަކަށް ގެންދިޔަ، އޭރު އޮތީ ވަރަށް އަނދިރި ވެފަ، އޭރު ފިރިހެންމީހާގެ ގަަޔަށް ޕެޓުރޯލް އެޅިފައި އޮތުމާއެކު އޭނަވެސް ދިލަނަގާވަރުން ތެޅިބާލަނީ ކަމުގައި ބުނި، އަދި ވަރުބަލި ފިލުވާލަން ޓޭންކުން ދޫކޮށްލީ ދެން ކުރިއަށް ދިމަށް ދެމީހުން މަސައްކަތް ކުރަމުން ދިޔައީ ެވަގުތު ނެގި ރާޅާ އެކު އަންހެންކުއްޖާ ގެންދިޔައީ، ދެން އަނދިރި ކަމުން އެމަންޖެ ހޯދާ ހޯދާ ފެނޭގޮތެއް ނުވި، އެއްމެ ފަހުން އެސޮރު ވަރުބަލިވީމާ ރިސޯޓުގެ ލައިޓު ހުރި ދިމާލަށް ފަތަންފެއްޓި ،ވަރަށް ހިއްވަރުކޮއްގެން ރިސޯޓާ ހިސާބައް ދެވުނީ...އަޅުގަނޑު ހޮސްޕިޓަލަށް ގޮސް އެސޮރުކުރެން ކަން ވީގޮތް އެހުމުން ...ކިޔާދިން ގޮތް، ހަބަރު ތަކުގަ އެ ލިޔަނީ މައުލޫމާތު ރަނގަޅަށް ސާފުނުކޮށް ކަމުގައި ބެލެވެނީ.... އެ ފުރާނަ އަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމައް ދެއްވާން ދޭވެ....

      118
      15
      • އިގޭ

        ބަލާއެއް އެކުއްޖާ މަރުވިކަމެއް އަދި ނޭގެނީސް ކޯންޗެއް ކިޔާކައް. އަހަރެމެންގެ އެކުވެރިޔާ ފެންނާނެ. އެފިރިހެނާ ގަސްދުގަ ޝިމާ އަަށް ދިން އަނިޔާއެއް.

        26
        14
      • ބޮލުރޮދި

        ކޮއްކޯ އެސޮރަ ގާތު އަހާ ފޮނަދޫ އިން މާމެންދު އައް އާދައިގެ މަސްދޯންނެއްގަ ފަންސާހަކައް މިނިޓުން ދެވޭއިރު ޑިންގީ ދުވާލެއް ވަކި މަޑީތޯ، ފޮނަދޫއިން ހައެއް ޖެހިއިރު ފުރިނަމަ ވިއްސަކައް- ފަންސަވީހަކައް މިނީޓުން ގާދޫ ކަންޑައް ދެވޭނެނޯންތޯ! ހުކުރު ދުހު އިރުއޮއްސޭ ގަޑިއަކޫ 22 :6 ވީމާ ޕެޓްރޯލް އަޅާން އަލިކެރާން ހަމަގެހުނުތޯ، އެއީ ރަތްވިލާ ލާގަޑި.....ދެން ކިތައް ހޯސްޕަވަރ އިންޖީނެއްތޯ، ޑިންގީގެ ބޮޑުމިން، ފައިބަރުތޯ، އެލޮމީނިއަމްތޯ، ޑިންގީ ނުހަދާނެ ފެތޭއިރައް އަޑިޔައްދާގޮތައް އެކަކުވެސް ވީއިރު ޑިންގީ ގެ މައުލޫމާތު ހޯދާ.....ދެންމޫދު ތެރޭ ގަޔައް ޕެޓްރޯލް އެޅުނީ ކީއްކުރަނި ކޮއްތޯ، އޮއިވަރު ހުރީ އެތެރެތޯ ބޭރައްތޯ.....ބޭރުއޮއި ހުރިނަމަ ރިސޯޓް އަތުލަން ކިހިނެއްތޯ ހެދީ؟

        36
        2
      • އިބިލީސް

        ޓޭންކުން ދޫކޮށްލާފައި ވަރުބަލި ފިލުވާނީ ކިހިނެއް؟ ފެޓްރޯލް އަޅައިގެން ފެންވެރީތަ ތެޅިފޮޅެން؟ އޮޔާދިޔަ ހަމެއް އަތުނުޖެހުނު މީހަކު އޮޔާ ދެކޮޅަށް ފެތީ ކިހިނެއްތަ؟

      • އަންހެންމީހާ

        މުންޖޭ ކިޔާބަލަ. އޭނަ އަތަށް އަލި ކުރަން ފޯނެއް ދޭން ޖެހުނީ ކީއްވެ؟ ރޭގަނޑު ދަތުރު ކުރާ އެއްޗެއްގަ ބައްތިއެއް ވެސް ނޯވޭތަ؟ އޭނަ ދިލަ ނަގާވަރުން އެކުއްޖާ އަށް ނުވެވުނު؟ އެކަމަކު އެތައް ގަޑި އިރެއް ވަންދެން ފެތިއްޖެ؟ ކަލޭ އޭނަ ކައިރި އަށް އަދި ގޮސް ބުނެލާ މަ ބުންޔޭ އޭނަ އަކަށް ދެން ހަމަ ނިންޖެއް ނުލިބޭނޭ ދުވަހަކުވެސް.

      • ނަން

        މިހާރު ތި ހުރީ ޟިމާ މަރުވި ކަމަށް ނިއްމައިގެންތޯ ؟؟ އެއްވެސް ރަހުމެއް ކުލުނެއް ހުރި މީހެއްނޫނެއްނު ތީ ؟؟
        ދުޢާ ކުރަންވީ ސިމާ އަށް ރަނގަޅު ގޮތެއް މެދުވެރި ވޭތޯ ... ވީ އެންމެ އަވަހަކާ އޭނަ އޭނަގެ އާއިލާ އާ ހަމައަށް އާދެވޭތޯ ... މަރުވި ކަމަކަށް ނޫން ނިއްމަން ވީ އެއް ....

      • މާމެންދޫ މީހެއް

        މިހާރު ސިމާ މަރުވީ ކަމަށް ނިއްމީތޯ ކަލޭ އައް ތި ހުރީ މާ ބޮޑަށް އެނގިފަ ...... އިރާދަ ކުރެއްވިއްޔާ ﷲ އެފަދަ ގޮތެއް ސިމާ އަށް މެދުވެރިއް ނުކުރަށް ވާނެ ....

  4. ސަވީރު

    ސީރިއަސްލީ؟ ދެން މި ވާހަކަ ގަބޫލް ކޮއަލަންވީ؟ ހޫ ނޯޒް ހީ ޑިޑް ނޮޓް ރޭޕް ހަރ އެންޑް ގޮޓް ރިޑް އޮފް ހަރ؟

    70
    25
  5. ކާފަ

    މިސަރުކާރުއައިފަހުން މިފަދަ ކަންކަން ވަރަށްގިނަވެއްޖެ.. އެފިރިހެންމީހާ ހައްޔަރުކުރޭ ފޯނުދީފަ ނުދާނެ... ފޯނުންގުޅަންޖެހޭ ތަންތަނަށް ނުގުޅާ ކީއްވެބާއެދިއައީ....

    55
    34
  6. ހަސަން

    ތިޔަ ބުނާ ފިރހެން މީހާ ތިކަމުގަ ޒިންމާ ނަގަންޖެހޭ

    50
    5
  7. ރިޒޫ

    މިހާ ކުޑަކުއްޖަކު މިގޮތަށް ފިރިހެނަކާ އެކު ދިޔައީ ކީއްކިރަންބާ؟

    49
    5
  8. ކަނޑުފުރޭތަ

    ހަވީރު އިރުއޮއްސި 6 ޖެހީމަތަ މީހުން ޑިންގީގަ ބުރުޖަން ނިކުންނަންވީ؟ އަމިއްލަ އަށް ބިރުކުޑަވެގެން އަދިވެސް ނަމާދު ގަޑީގަ ކަނޑުމައްޗައް ނުކުންނާތި!

    56
    19
  9. ޖަސްޓް ވޮންޑަރިންގ

    ތި ހަމުގަ އެކުއްޖާ ހިފަހައްޓުވައިގެން ފްލޯޓް ކޮއްގެން ފަތާފަ އެކުއްޖާވެސް ގޮވައިގެން ނުދެވުނިސް؟؟

    33
    3
  10. އަލި

    ފޯނުން އޭނަ ކއިްވެތަ ނުގުޅީ އެކުއްޖާ ރޭޕް ކޮއްފަ އެއްލާލީ. ތިކަން ތަހުގީގުކުެރޭ

    46
    9
  11. މުހަންމަދު

    ކަންޑުއޮޅި އައް ނުކުތުމުގެ ކުރިން ނިވަލުގަ ޕެޓްރޯލް އަޅާނެ، ރާއްޖޭގެ އެހިސާބައް ވައިގެ ޑިރެކްސަން ހުރީ އިރުން 15 އާއި 20 މޭލުގެ ބާރުމިނު ކަމުގައި ވެފައި ބޭރުއޮއި ހުރިނަމަ ފިރިހެން މީހާއައް ރައް އަތުވުމަކީ އާދަޔާ ހިލާފައް އުދަގޫ ކަމަކައްވާނެ އެވެ، އަދި އެގަޑީގައި އޮއި ހުރިގޮތް ވެސްބެލޭނެ، އަދި ވައިހުރި ގޮތުން ޑިންގީވެސް ލައްވަން ޖެހޭނީ ރިސޯޓައް، މީގަ ދިމާނުވާ އިތުރައް ބަލަންޖެހޭ ކަންކަން އެބުހުރި .......އިރުއޮއްސުނު ގަޑީގަ މިއޮއްގަދައިގަ ޑިންގީގަ މިދަތުރު ކުރަން ޖެހުނީ ކީއްވެތޯ ފުރަތަމަ.....

    57
    5
  12. ގޯސް

    ފިރިހެންކުއްޖާ އަތުގަ ފޯނުއޮވެ އެއްވެސް ފަރާތަކާ ނުގުޅާ ޝައިމާ އަތަށް ފޯނުދީފަ ކީއްވެބާ ދިޔައީ؟ ސުވާލު އުފެދޭ ކަންތަކެއް އެބަހުރި

    45
    2
  13. ޕްރައިވެޓް

    ބުއްދި އަށް ގަބޫލު ކުރެވޭ ކަހަލަ ވާހަކަ ދައްކާ

    37
    3
  14. މިއަދު

    އެމަންޖެ ދޫކޮށްފައި ދިޔައީ ކީއްވެ ރޭގަނޑު ގަޑީގައި އެވީހަލެއްގައި ވުމަށް ދެމީހުންތިބެގެންވެސް އެކިތަންތަނަށް ގުޅީސްދޯއެހީލިބިގަތުމަށް އޯކޭ ހިކިފަސްތަނެއްގައި އެމަންޖެހުރިނަމަ

    36
    1
  15. އަމާކުންޑި

    ފޯނު އަތުގައޮވެ އެއްވެސް ފަރާތަކައް އެންގުމެއް ނެތި އަންހެން ކުއްޖާއަތައް ފޯނުދީފަ އައުމުން ސުވާލު އުފެދޭ..!

    41
    2
  16. އަހްމަދު

    ތީ ވަރަށް ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި، ފޯނު،ހަން.އަދިވެސް ސުވާލު އުފެދޭ އެތައްކަމެއް. ރަގަޅު އިންވެސްޓިގޭޝަން ކުރުން މުހިންމު.

    32
    1
  17. ސާމީ

    ކީއްވެބާ އަތައް ހުރިހާ އެއްޗެއް ދިންއިރު އަތުގަ ހިފައިގެން ނުދިޔައީ ވާހަކަ ހަމައެއް ނުޖެހޭ..

    27
    1
  18. ޢަލިއާ

    "ވާނުވާ އިނގޭ މީހާ" މިހާރު ތިކޮޅުން އެކުއްޖާ މަރުވި ކަމަށް ނިއްމާފައި ވާތީވެ، ތިހުރީ ރަނގަޅަށް ކަން ހިނގި ގޮތް އެގިފައި.

    21
    5
  19. ޅޮޖިކް

    ތި ފިރިހެން ކުއްޖާގެ އެސްކްއިއުސް ގަބޫލެއް ނުކުރެވޭނެ. ބަންދުކޮއްފަ ތަހުގީގު ކުރަން ފެނޭ.

    21
    1
  20. ޢާދަނު

    މިކަހަލަ ކަންކަމުން ޒުވާންއަންހެންކުދިން އިބްރަތްހާސިލްކުރަންޖެހޭ ތީކީއްކުރަން ކޮންކަމަކު ރޭގަނޑު ޑިންގީއަކު އެހެންރަސަކަށްދާން އެއުޅެނީ ކުއްޖާޔައްބަލާލީމަވެސްވަރަށް ފެސަންކަންއެނގޭ

    25
    6
  21. ސަބަބު

    އިރުއޮއްސުނު ފަހުން ޑިންގީއަކަށްއަރާން ޖެހުން ސަބަބަކީ ކޮބާހޭ ؟

    25
    1
  22. ފްރެންޑް

    އެރަހުމުކުޑަ ފިރިހެނާ ހައްޔަރުކުރަންޖެހޭނެ. ?

    21
    3
  23. މާމެންދޫ ކުއްޖެއް

    ފޮނަދޫ ބަނދަރުން އިއްޔެ ހަވީރު 6:00ގައި ދެމީހުން ނައްޓާލީ... މައްސަލަ ރިޕޯޓް ކޮށްފައި ވަނީ ރޭ ގާތް ގަނޑަކަށް 9:30 ހާއިރު.. ފޮނަދޫން މާމެންދޫ އަށް އަންނާކަށެއް މިހާ ގިނަ އިރެއް ނުނަގާނެ.. 6:00ގައި ފުރިނަމަ 6.40 ވާއިރު ތިޔަ ޑިންގީ އެއް އޮންނަން ވާނީ މާމެންދޫ ބަނދަރުގައި..އަންހެން މީހާއަށް ފަތަން ނޭނގޭތީ ފިރިހެން މީހާ ދިޔައީ ހަމަކާއި ފޯނެއް ދިނުމަށްފަހު.. ފޯނު އޮތްއިރު އެހީ އަކަށް ކަމާބެހޭ ފަރާތްތަކަށް ނުގުޅީ ކީއްވެ.. ތިޔަ ފިރިހެން މީހާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރޭ..

    29
    2
  24. 3ނިރު

    ގަބޫލެއް ނުކުރެވޭ ދަށްކާވާހަކައެއް އެކަމަކު އެކަންއެއޮތީ ވެނިމިފަ ފިރިހެން ކުއްޖާއަކީ ރަހުމްކުޑަ މީހެއް އެކަނިމާއެކަނި އެއަންހެންކުއްޖާގެ އަތަށް ފޯނަކާއި ހަމެއްދީފަ ފިރިހެންކުއްޖާ އެއްގަމަށް އެރުމަކީ ރަހުމެއްނެތްކަމުގެ ވަރަށްބޮޑް ހެއްކެއް ކީއްތަވާނީ އެކުއްޖާޔާއެކު ހަމުގަ ހިފަހައްޓައިގެން މަޑުމަޑުން އެއްގަމަށް އެރިނަމަ ހިއްދަތިވެއޖެ ވަރަށް އެކުއްޖާޔަށް މާތް ﷲ ސުވަރުގެ މިންވަރު ކޮއްދެއްވާށި އާމީން

  25. ޟުހައްޒަބު

    އިންޑިއާ ރާދަރަށް ނައަރާތަ

    9
    9
  26. ޢެސޮރު

    ހާދަނުވިސްނާ ކޮމަންޓް ކޮއްފަ އެބަހުރި. ފޯނު އެމަންޖެ އަތައް ދިނީ ޑިންގީ ބަންޑުން ޖަހާލުމުގެ ކުރިން ޕެޓްރޯލް އަޅަން އަލިކުރުމައް . ޕެޓްރޯލް އަޅަން އުޅެނިކޮއް ނެފި ރާޅެއްގަ ޑިންގީ ބަންޑުން ޖަހާލީ. ޢެއައްފަހު ދެމީހުން އެކުގަ ހިކިފަސް ތަނަކައް ނިސްރާބު ޖެހި ނަމަވެސް އިތުރު ރާޅަކާ ދެމީހުން ވަކިވީ އަދި ފިރިހެން ކުއްޖާ އެމަންޖެ ހޯދަންވެސް އުޅުނު ނަމަވެސް ނުފެނުމުން އަަވަސް ވެގަތީ އެއްގަމައް އަރާ އެހީ ހޯދަން. މައުލޫމާތު ރަނގަޅައް ހޯދާފައި ކޮމެންޓް ކުރުމުން އެ އާއިލާ ވެސް ހިންހަމަ ޖެހެނީ

    1
    1
  27. ބޯހަލާކު

    ބަލަ ކޮންމެ ކަމެއް ވެސް ހިނގަނީ ތަގްދީރުގައި ވާ ގޮތައް. ކިހިނެތްތަ އެނގެނީ އެފޯނު އެވަގުތު ފެން ވަދެ ހަލާކުނުވާ ކަމެއް، އަދި އެދިން ތެޔޮ ޓޭންކް ހުސްކަމެއް. އަދި އެ ފިރެހެން މީހާ އަށް އެ އަންހެން މަންޖެ ގޮވައި ގެން ފެތޭނެކަމެއް؟؟؟؟؟ މާތްﷲ އެންމެ ހެޔޮ ގޮތެއްމިކަމުގާ ދައްކަވާށި އާމީން!

    1
    1
  28. އަބުދުﷲ

    ސަތޭކަ ޕަސެންޓު ފިރިހެންމީހާއިހުމާލު

  29. Anonymous

    މަށަކީ ލޯންޗް ދުއްވާ ކެޕްޓަނެއް 250 ގެ ދެ އިންޖީން ގަ ތިޔަދަތުރަށް 38ލީޓަރ ޕެޓްރޯލް ހަރަދުނުވޭ. ޑިންގީގެ ޕެޓްރޯލް ހުސްވުން ތީ އަޖައިބެއް. 7 މޭލު ޖުމްލަ. އޭނާޔަށް ތިޔަ ދުއްވުނީ ޓޭންގަކުން 3 ނުވަތަ 3.5 މޭލު

  30. އިބިލީސް

    ކޮންކަހަލަ ފޯނެއް؟ ވޯޓާޕުރޫފް ތަ . ބަންޑުން ޖަހާލި ގަޑީގައި އެކުއްޖާ ނުނގެބޭތަ؟ ހަމުގަ ހިފޭނީ އެޔަށްފަހު. ޕޮލިސް ފޯނުގެ ލޮކޭށަން ބެލިތަ އެންމެ ފަހުން އިން ހިސާބު؟ . ﷲ މިކަން ވީގޮތް ވަންހަނާނުކުރަށްވަވާފާންދޭވެ.އާމީން

  31. ޢާސިދާ

    ޟމީނާ ފުރިހަމައައް ޒިންމާ ނަގަންޖެހޭ އެއްގޮތަކައްވެސް ޑައިލޮގު ދެކޮޅު ނުޖެހޭ ފިނޑިއެއް ކަންނޭނގެ މިވަރުމީހުންވެސް އުޅެނީދޯ

  32. މުދިންބެ

    ތިވާނީ އަންހެންކުއްޖާ ރޭޕްކުރަންއުޅެނިކޮށް ޑިންގީ ބަންޑުންޖަހާލީކަމަށް.އަދި އންހެންކުއްޖާ އެކަން ކަމާބެހޭފަރާތައްރިޕޯރޓް ކުރާނެވާހަކަބުނުމުން ދޫކޮށްލާފަދިޔައީ.ފޯނު އަތުގަ އޮތްއިރު ކީއްވެބާ މީހަކަށްނުގުޅީ.މިމައްސަލަ ކަމާބެހޭފަރާތުން ތަހުގީގު ކުރަންޖެހޭ..

  33. ބުރުމާސްޕޭސްމޭން

    ހަމަ އަސްލަށް ވެސް ފުލުހުން މި ހާދިސާ ރަނގަޅަށް ތަހުގީގު ކުރުމަށް ގޮވާލަން. ފިރިހެން ސޮރު ކަންތައް ކޮށްފަ އެވަނީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ގޮތަށް. އެ އަންހެން ކުއްޖާއަށް ހެދި ގޮތެއް ހަދާފަ ކަނޑު ފައްތާފަ ޖަހާ މަޅި އެއްކަމުގަ ވަރަށް ޝައްކު. ފޯނު އޮވެމެ 119 އަށް ވެސް ނުގުޅުނު. އެ އަންހެން ކުއްޖާ ދިރި ހުއްޓާ ފެންނާނެ ކަމަށް އުއްމީދު ކުރަން، އަދި މަރުވެފައި ވާނަމަ ލަސްނުވެ ހަށިގަނޑު ފެންނާނެ ކަމަށް ހީކުރަން. ޕޯސްޓްމޯޓަމް އެއް ހެދުމަށް ފަހު ކަމުގެ ހަގީގަގް ހާމަވާނެ. ގޯހެއް އުޅޭ ނަމަ އަވަހަށް ފިރިހެން ސޮރު ބޭޒާރު ވޭތޯ އެންމެން ހެއްދެވި ފަރާތައް ދަންނަވާ.

  34. ޝީމާ ގެ ފްރެންޑް

    ސުމޭ ގެ ހާދިސާ ހާދާންވަނީ.... ސޭމް ޝިޓް...

  35. ކުޑަ ފަރިއްޓެ

    ރަހުމުކުޑަ ފިރިހެނެކޭދޯ އަންހެނަކުއަތަށް ފޯނަކާއި ހަމެއްދީފަ އަމިއްލަ ފުރާނަޔިއިގެން އޭނަ އެއްގަމަށްއެރީ އަހަރެންނަމަކަ އެފަތަންނޭންގޭ ކުއްޖާޔަށް ހަމަކާފޯނެއްދީފަ އެއްގަމަށް ފަތާފަކައެއްނާރާނަމެ އެކުއްޖާޔާއެކު ހަމުގަހިފަހައްޓައިގެން އޮތީހީ ތީއެހާމެފިނޑި ރަހުމުކުޑަ ފިރިހެނެއް އަންހެނަކު އެކަނި ކަނޑަށް ދޫކޮއްލާފަ ރަށަށްއަރަން ހިޔޮވާނެތަ؟ މާތްﷲ އެމައުސޫމް ފުރާނަޔަށް ސުވަރުގޭގެ ދާއިމީއަރާމާއި ނިއުމަތް މިންވަރު ކޮއްދެއްވާށި އާމީނ

  36. Anonymous

    ބަންޑުންޖަހާލީމާ ކިހިނެތް ފަތަން ނޭންގޭ ކުއްޖަކަށް ފޯނު ދިނީ.
    ކުދިކުދި ޑިންގީގައި ތެޔޮ ހުސްވެގެން އަނބުރާ ނަދެވޭ ދުރުމިނަށް ދަތުރު ކުރުމާ ލައިފް ޖެކެޓް ނާޅާ ދިޔުން ޤާނޫނަކުން މަނާކުރަންވީ.

    ކައްޕި އިހުމާލުން އެކުއްޖާ ގެއްލުނީ. އަދަބު ނުދޭނަމަ އަދިވެސް މިކަހަލަ މީހުން އިހުމާލުވާނެ.